Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

ރައީސާއެކު މި ހުންނަނީ އެމަނިކުފާނަކީ ރައްޔިތުންނަށް އުފާވެރި ދުވަހެއް ހޯދައިދެއްވަން މަސައްކަތް ކުރައްވާ ވެރިއަކަށްވާތީ: އާޒިމް

މި ސަރުކާރުން ބަނދަރު ހެދުން ފަދަ މަޝްރޫއުތައް ކުރިއަށްގެންދަނީ ދެމެހެއްޓެނިވި ގޮތެއްގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 15 އޯގަސްޓު 2023 | އަންގާރަ 02:14
އެމްޓީސީސީގެ ހަފްލާއެއްގައި ރައީސް ޞާލިހު އާއި އެމްޓީސީސީގެ ސީއީއޯ އާޒިމް ބައިވެރިވެވަޑައިގަންނަވަނީ

އެމްޓީސީސީގެ ހަފްލާއެއްގައި ރައީސް ޞާލިހު އާއި އެމްޓީސީސީގެ ސީއީއޯ އާޒިމް ބައިވެރިވެވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއެކު ހުންނަވަނީ އެ މަނިކުފާނަކީ ދިވެހި ރައްޔިތުންނަށް ހިތްފަސޭހަ، އުފާވެރި ދުވަހެއް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާ ވެރިއެއް ކަމުގައި ހިތުގެ އަޑިން ގަބޫލު ކުރައްވާތީ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ގެ ފަލަސުރުޚީގައި ވާހަކަފުޅުދައްކަވަމުން އާޒިމް ވިދާޅުވީ މިއަދު ރައީސަކީ ދިވެހިންނަށް އުފާވެރި ދުވަހެއް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާ ވެރިއެއްކަން މިއަދު ބުނަން ނުޖެހޭނެ ކަމަށާއި އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ. އެގޮތުން، އެމްޓީސީސީއަކީ އަބަދުވެސް އެއް މަސައްކަތްތަކެއް ކުރަމުން އައި ކުންފުންޏަކަށްވާއިރު ކުރިން 20 ޕްރޮޖެކްޓު އެއްފަހަރާ ހިންގާއިރު މި ދައުރުގައި އެ ކެޕޭސިޓީ ބޮޑުތަނުން އިތުރުކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ ކުރީ ސަރުކާރުތަކުން ބަނދަރު ހަދާގޮތް ކިޔައިދެއްވަމުން އާޒިމް ވިދާޅުވީ އެ މަސައްކަތް ކުރަމުން އައީ ބައިތަކަށް ބަހައިގެން ވަކިވަކި ޕްރޮޖެކްޓުތަކުގެ ގޮތުގައި ކަމަށެވެ. މީގެ ސަބަބުން ބަނދަރެއްގެ މަސައްކަތް އެއްކޮށް ނިމޭއިރު ދެތިން ދައުރު ހޭދަވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މި ސަރުކާރުން ބަނދަރު ހެދުން ފަދަ މަޝްރޫއުތައް ކުރިއަށްގެންދަނީ ދެމެހެއްޓެނިވި ގޮތެއްގައި ކަމަށާއި އެގޮތަށް އެކަން ކުރަން އިރުޝާދު ދެއްވަނީ ރައީސް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިހާރުވެސް އެމްޓީސީސީން 55 ބަނދަރަށްވުރެ ގިނަ ބަނދަރުގެ އަމަލީ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި ބަނދަރުތައް ހަދާއިރު ރަށުގެ ރައްޔިތުންނާއި ކައުންސިލްތަކުން އެދޭގޮތަށް އެ މަސައްކަތް ކުރިއަށްގެންދިއުމަށް ރައީސް އިރުޝާދު ދެއްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ދައުރުގައި އެމްޓީސީސީން ނިންމާފައިވާ ބަނދަރުތަކަކީ ރައްޔިތުން ބޭނުންވާ ގޮތަށް ހަދާފައިވާ ބަނދަރެއް ނޫން ކަމަށް އެއްވެސް ރަށެއްގެ ރައްޔިތުންނަށް ނުބުނެވޭނެކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން އެފަދަ މަޝްރޫއުތައް ކުރިއަށްގެންދިޔައީ ރައްޔިތުންގެ ޚިޔާލު ނުހޯދައި، ހުދުމުޚުތާރުގޮތެއްގައި ކަމަށެވެ.

މިހާތަނަށް ވެރިކަންކުރި ރައީސުންގެ ތެރެއިން އެއް ދައުރެއްގެ ތެރޭގައި އެންމެ ގިނަ ރަށްތަކަށް ދަތުރު ކުރެއްވި ވެރިއަކީ ރައީސް ޞާލިހުކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ކައުންސިލްތަކުން ވެސް އެކަން ފާހަގަކޮށް އުފާކުރާ ކަމަށެވެ. އަދި މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ސިޔާސީ ގޮތުން ޚިޔާލު ތަފާތު ކައުންސިލްތަކުގެ ޚިޔާލު ހޯއްދަވައި މަޝްވަރާ ކުރައްވާތީ އެ ކައުންސިލްތަކުން ވެސް އެކަން ފާހަގަކުރާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

މަސީހު ބޭރުކުރެވޭ ހިސާބުން އުފާވެރިކަމާ އެކު ޤައުމުގެ ހުރިހާ ކަމެއް ހަމައަކަށް އެޅެން ފަށާނެ: ޤާސިމް

23 މާރިޗު 2017
މަސީހު ބޭރުކުރެވޭ ހިސާބުން އުފާވެރިކަމާ އެކު ޤައުމުގެ ހުރިހާ ކަމެއް ހަމައަކަށް އެޅެން ފަށާނެ: ޤާސިމް
22 މާރިޗު 2017

"މިއީ އުފާވެރި ވަގުތެއް، މަސީހުގެ އިތުބާރުގެ މައްސަލަ މިއޮތީ ނިމިފައި"

22 މާރިޗު 2017
 "މިއީ އުފާވެރި ވަގުތެއް، މަސީހުގެ އިތުބާރުގެ މައްސަލަ މިއޮތީ ނިމިފައި"
02 މާރިޗު 2017

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު