Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިލަދޫގެ ތަރައްގީގެ މަޝްރޫއުތައް

ރައީސް، މިލަދޫ ބަނދަރާއި ފެނަކަ އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުއްވައިދެއްވައިފި

މި މަޝްރޫގެ ދަށުން، ބަނދަރާއި ނެރު ފުންކޮށް، ރޭމްޕް ހަދައި، ނެރުބައްތިއާއި ބަނދަރު ބައްތި ޖަހައި، ޕޭވްމަންޓްވަނީ އަޅާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 13 އޯގަސްޓު 2023 | އާދީއްތަ 12:00
މިލަދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މިލަދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ބަނދަރާއި ފެނަކަ އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުއްވައިދެއްވައިފިއެވެ.

ރައީސް، މިލަދޫ ބަނދަރާއި ފެނަކަ އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުއްވައި ދެއްވީ، މިހާރު އެމަނިކުފާނު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އާދިއްތަ ދުވަހު މެންދުރުކުރީގައި އެރަށަށް ވަޑައިގެންނެވެ.

Advertisement - newsAdvertisement

މިލަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫގެ ދަށުން ބަނދަރާއި ނެރު ފުންކޮށް، ރޭމްޕް ހަދައި، ނެރުބައްތިއާއި ބަނދަރު ބައްތި ޖަހައި، ޕޭވްމަންޓްވަނީ އަޅާފައެވެ.

ފެނަކަ އައު އޮފީސް އިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ، ޖާގަ ތަނަވަސް، ޒަމާނީ އޮފީސް އިމާރާތެކެވެ. ފެނަކަ އައު އިންޖީނުގެ ކެޕޭސިޓީއަކީ 1080 ކިލޯވޮޓްއެވެ. މީގެކުރިން ހުރި އޮފީސް އިމާރާތަކީ، 3 މީހުންގެ ޖާގައިގެ އިމާރާތެކެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ވަނީ އަތޮޅުތަކުގެ ރަށްރަށުގައި އުމުރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރައީސް ނޫނަށް

އިތުރަށް ކިޔާލަން

13 އޯގަސްޓު 2023

މިއަދު ޒުވާނުންގެ އުންމީދުގައި ކުލަޖެއްސުމަށް ފައިސާއާ މެދު ހާސްވާކަށް ނުޖެހޭ: އިއާދު

13 އޯގަސްޓު 2023
މިއަދު ޒުވާނުންގެ އުންމީދުގައި ކުލަޖެއްސުމަށް ފައިސާއާ މެދު ހާސްވާކަށް ނުޖެހޭ: އިއާދު
13 އޯގަސްޓު 2023

ނ.ފޮއްދޫގެ އާ އިންޖީނުގެ އާއި އާ އޮފީސް ރަސްމީކޮށް ހުޅުވައިފި

13 އޯގަސްޓު 2023
 ނ.ފޮއްދޫގެ އާ އިންޖީނުގެ އާއި އާ އޮފީސް ރަސްމީކޮށް ހުޅުވައިފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
13 އޯގަސްޓު 2023

ސިޔާސީ ބޭނުމެއްނެތި ކުރީ ސަރުކާރުތަކުން އެއްވެސް ރަށަކަށް އެއްވެސް ކަމެއް ކޮށްދީފައި ނެތް: ރައީސް

13 އޯގަސްޓު 2023
ސިޔާސީ ބޭނުމެއްނެތި ކުރީ ސަރުކާރުތަކުން އެއްވެސް ރަށަކަށް އެއްވެސް ކަމެއް ކޮށްދީފައި ނެތް: ރައީސް
12 އޯގަސްޓު 2023

ކެނދިކުޅުދުއާއި ހެނބަދޫ އައު އިންޖީނުގެ ހުޅުވައިފި

12 އޯގަސްޓު 2023
ކެނދިކުޅުދުއާއި ހެނބަދޫ އައު އިންޖީނުގެ ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު