Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތައުލީމީ ސިއްހީ ދާއިރާގެ ދަތިތައް

ސްކޫލުތަކުގައި މުދައްރިސުންނަށް އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ނެތް: މެންބަރު ޒިޔާދު

ތައުލީމީ އަދި ސިއްހީ ދާއިރާގެ ގިނަ މައްސަލަތަކެއް އެބަހުރި، ރަނގަޅު ކުރުމަށް ވަގުތު ނަގާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 30 ޖޫން 2025 | ހޯމަ 07:28
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދިނުމަށް މަސައްކަތް ކުރާ މުދައްރިސުންނަށް އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ސްކޫލުތަކުގައި ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރައްޔިތުން މަޖިލީހުގައި ތައުލީމީ ދާއިރާގެ މަސައްކަތްތެރިންނާއި ސިއްހީ މަސައްކަތްތެރިން އިތުރުގަޑީގައި ކުރާ މަސައްކަތަށް ފައިސާދޭ އުސޫލުތަކާއި އަދުލުވެރި މަސައްކަތު މާހައުލެއް ގާއިމުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން މެންބަރު ޒިޔާދު ވިދާޅުވީ ތައުލީމީ އަދި ސިއްހީ ދާއިރާގެ ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި، ރަނގަޅު ކުރުމަށް ވަގުތު ނަގާނެ ކަމަށެވެ.

މެންބަރު ޒިޔާދު ވިދާޅުވީ މުވައްޒަފުންގެ ދަތިކަމުގެ އިތުރުން ވަސީލަތްތައް ވެސް މަދު ކަމަށެވެ. އަދި ވިދާޅުވީ ގޮނޑިއާ މޭޒު ވެސް ނެތް ކަމަށާއި، މުދައްރިސުންނަށް މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ސްކޫލުތަކުގައި ނެތް ކަމަށެވެ.

ބައެއް ސްކޫލުތަކުގައި ދެ ދަންފަޅިއަށް ކިޔަވާއިރުގައި 8 ގަޑިއިރު ހަމަކޮށްފައި މަޖުބޫރުވޭ އަނެއްޓީޗަރުންނަށް އެތަނުން ނުކުމެގެންދާން. އެސްޓާފް ރޫމްގައި ނޯވޭ ޖާގައެއް. އެއް މޭޒެއް އެއްގޮޑިއެއް ޝެއަރކޮށްގެން މިއަދު ރާއްޖޭގެ ގިނަ ސްކޫލުތައް މިހާރު ވެސް ހިނގަމުންދަނީ. އެހެންވީމަ ޓީޗަރުންނަށް އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ވެސް ސްކޫލުތަކުގައި ނެތް.
ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ސިއްހީ ދާއިރާއަށް އިޝާރާތް ކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ ކުރީ ސަރުކާރުގައި ސިއްހީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ އިމާރާތްތައް ބޮޑުކުރުމާއި، މުވައްޒަފުން އިތުރު ކުރުމުގެ އިތުރުން ޚިދުމަތްތައް ވެސް ގާއިމްކުރަމުން ދިޔަ ކަމަށެވެ. ސިއްހީ ޚިދުމަތް ހޯދުމަށް މާލެއަށް އައުން މަޖުބޫރުވެފައިވާ އޮތުން ބަދަލު ކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރި ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

އެގޮތުން ސަރަހައްދީ ގިނަ ހޮސްޕިޓަލްތަކެއް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިޔަ ކަމަށާއި، ނަމަވެސް މިހާރު އެމަސައްކަތްތައް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މެންބަަރު ޒިޔާދު ވިދާޅުވީ މި ސަރުކާރުން ވެސް އެގޮތަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި، އަތޮޅުތެރޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރަންޖެހޭ ކަމަށެވެ.

ޓީޗަރުންސުކޫލުތައްމަސައްކަތު މާހައުލުހުސެއިން ޒިޔާދު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
01 ނޮވެމްބަރު 2025

ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި

01 ނޮވެމްބަރު 2025
ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި
05 އޮކްޓޯބަރު 2025

މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

05 އޮކްޓޯބަރު 2025
މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ
09 ޖުލައި 2025

ރައްޔިތުން މިއަދު މިތިބި ގޮތަށް ތިބެގެން އަދުލު އިންސާފެއް ނާންނާނެ، މެންބަރުން މިއަދު ތިބި ހާލަތުން ވެސް ރަނގަޅު ގާނޫނެއް ނުހެދޭނެ: މެންބަރު ޒިޔާދު

09 ޖުލައި 2025
ރައްޔިތުން މިއަދު މިތިބި ގޮތަށް ތިބެގެން އަދުލު އިންސާފެއް ނާންނާނެ، މެންބަރުން މިއަދު ތިބި ހާލަތުން ވެސް ރަނގަޅު ގާނޫނެއް ނުހެދޭނެ: މެންބަރު ޒިޔާދު
08 ޖުލައި 2025

ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޮންފެޝަން ޕޭޖްތައް ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފި

08 ޖުލައި 2025
ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޮންފެޝަން ޕޭޖްތައް ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފި
02 ޖުލައި 2025

ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނުވުމުން މަޖިލީހަށް ކުއްލި މައްސަލައެއް

02 ޖުލައި 2025
ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނުވުމުން މަޖިލީހަށް ކުއްލި މައްސަލައެއް
30 ޖޫން 2025

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
27 ޖޫން 2025

ފައިނު އެކްސިޑެންޓް: އަނިޔާވި ކުޑަ ދެކުދިންނާއި ޓީޗަރުގެ ހާލު ސީރިއަސް، އިތުރު ފަރުވާއަށް މާލެއަށް

27 ޖޫން 2025
ފައިނު އެކްސިޑެންޓް: އަނިޔާވި ކުޑަ ދެކުދިންނާއި ޓީޗަރުގެ ހާލު ސީރިއަސް، އިތުރު ފަރުވާއަށް މާލެއަށް
25 ޖޫން 2025

މި ސަރުކާރު ކުރިއަށް ނުދަނީ ގަރަނބު ގިނަވުމުން: މެންބަރު ޒިޔާދު

25 ޖޫން 2025
މި ސަރުކާރު ކުރިއަށް ނުދަނީ ގަރަނބު ގިނަވުމުން: މެންބަރު ޒިޔާދު
02 މެއި 2025

ރާއްޖޭގެ މަސައްކަތްތެރިންނަށް މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމެއް ނެތް: މެންބަރު މައުރޫފް

02 މެއި 2025
ރާއްޖޭގެ މަސައްކަތްތެރިންނަށް މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމެއް ނެތް: މެންބަރު މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު