Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަންހެނުންގެ ވޯލްޑްކަޕް

އަންހެނުންގެ ވޯލްޑްކަޕުގެ ގަދަ އަށެއްގެ ކުޅުން މާދަމާ ފަށަނީ

އޭޝިޔާއިން ކޮލިފައިވީ ޖަޕާނާއި އޮސްޓްރޭލިޔާ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 10 އޯގަސްޓު 2023 | ބުރާސްފަތި 06:53
އަންހެނުންގެ ވޯލްޑްކަޕުގައި މޮރޮކޯ ކުޅުންތެރިއަކު ގޯލް ޖަހާފައި އުފާފާޅު ކުރަނީ

އަންހެނުންގެ ވޯލްޑްކަޕުގައި މޮރޮކޯ ކުޅުންތެރިއަކު ގޯލް ޖަހާފައި އުފާފާޅު ކުރަނީ

އޮސްޓްރޭލިޔާ އާއި ނިއުޒީލޭންޑްގައި މިހާރު ކުރިއަށްދާ އަންހެން ވޯލްޑްކަޕުގެ ގަދަ އަށް ޓީމު ކުއާޓަރ ފައިނަލް މެޗުތަކަށް ތައްޔާރުވެއްޖެ އެވެ.

މުބާރާތުގެ ގަދަ އަށަކަށް ދަތުރުކޮށްފައިވަނީ އޭޝިޔާގެ ދެ ޓީމާއި ދެކުނު އެމެރިކާއިން ކޮލަމްބިއާ އާއި ޔޫރަޕުގެ ފަސް ގައުމެވެ. އޭޝިޔާއިން ކޮލިފައިވީ ޖަޕާނާއި އޮސްޓްރޭލިޔާ އެވެ. ޔޫރަޕުގެ ފަސް ގައުމަކީ ނެދަލޭންޑް އަދި ސްޕޭނާއި ސްވިޑްންގެ އިތުރުން އޮސްޓްރޭލިޔާ އާއި ފްރާންސް އަދި އިންގްލޭންޑް އެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ދިއުމުގެ ކުރިން ކުޅޭ މެޗުތައް ފަށާނީ މިއަދު މެންދުރު ފަހު އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސްޕޭނާއި ނެދަލޭންޑްސް އެވެ. ދެވަނަ މެޗުގައި މިރޭ 8:30ގައި ކުޅޭނީ ސްޕޭނާއި ސްވިޑްން އެވެ. ފަހު ދެ މެޗުގެ ތެރެއިން މާދަމާ މެންދުރު ފަހު ކުޅޭނީ ފްރާންސް އާއި އޮސްޓްރޭލިޔާ އެވެ. ފަހު މެޗުގައި މާދަމާ ރޭ ބައްދަލުކުރާނީ އިންގްލޭންޑާއި ކޮލަމްބިއާ އެވެ.

ޖުމުލަ 32 ގައުމު ގްރޫޕް ސްޓޭޖުގައި ވާދަކުރި މުބާރާތުގެ ކުއާޓާ ފައިނަލަށް ޖަޕާން ދަތުރުކުރީ ނޯވޭ 3-1އިން ބަލިކޮށްފަ އެވެ. ސްޕޭން ކުއާޓާ ފައިނަލަށް ދަތުރުކުރީ ސްވިޒަލޭންޑް 5-1އިން ބަލިކޮށްގެންނެވެ. ނެދަލޭންޑްސް ގަދަ އަށަކަށް ދިޔައީ ސައުތު އެފްރިކާ 2-0އިން ބަލިކޮށްފަ އެވެ. ސްވިޑްން ގަދަ އަށަކަށް ދިޔައީ އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތުގެ އެންމެ ކާމިޔާބު ގައުމު އެމެރިކާ ޕެނަލްޓީ ޖަހައިގެން 5-4އިން ބަލިކޮށްގެންނެވެ.

ޕެނަލްޓީ ޝޫޓެއް ފެނިގެންދިޔަ އަނެއް މެޗަކީ އިންގްލޭންޑް އާއި ނައިޖީރިއާ ކުޅުނު މެޗެވެ. މި މެޗުން އިންގްލޭންޑް މޮޅުވީ 4-2އިންނެވެ. އޮސްޓްރޭލިޔާ މޮޅުވީ ޑެންމާކް އަތުން 2-0އިންނެވެ. ކޮލަމްބިއާ ބަލިކުރީ 1-0ން ޖެމެއިކާ އެވެ. ޖެމެއިކާ އަކީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުން ބްރެޒިލް ކަޓުވާލި ގައުމެވެ. ފްރާންސް މޮޅުވީ މޮރޮކޯ އަތުން 4-0އިންނެވެ.

ވިމެންސް ވޯލްޑް ކަޕު

އިތުރަށް ކިޔާލަން

10 އޯގަސްޓު 2023

ޓާގެޓް ހާސިލްވެއްޖެ، އޮސްޓްރޭލިޔާ ބަލިކުރަން ފަސޭހަ ނުވާނެ" ރެނާޑް

10 އޯގަސްޓު 2023
ޓާގެޓް ހާސިލްވެއްޖެ، އޮސްޓްރޭލިޔާ ބަލިކުރަން ފަސޭހަ ނުވާނެ" ރެނާޑް
06 އޯގަސްޓު 2023

ޗެމްޕިއަން އެމެރިކާ ކަޓުވާލައި، ސްވިޑްން ކުއާޓާއަށް

06 އޯގަސްޓު 2023
ޗެމްޕިއަން އެމެރިކާ ކަޓުވާލައި، ސްވިޑްން ކުއާޓާއަށް
05 އޯގަސްޓު 2023

ވިމެންސް ވޯލްޑް ކަޕް: ކުއާޓަރގެ ފުރަތަމަ ޖާގަތައް ސްޕެއިން އާއި ޖަޕާނަށް

05 އޯގަސްޓު 2023
ވިމެންސް ވޯލްޑް ކަޕް: ކުއާޓަރގެ ފުރަތަމަ ޖާގަތައް ސްޕެއިން އާއި ޖަޕާނަށް
30 ޖުލައި 2023

އަންހެނުންގެ ވޯލްޑްކަޕުގެ ނުދައްކާ ވާހަކަތައް

30 ޖުލައި 2023
އަންހެނުންގެ ވޯލްޑްކަޕުގެ ނުދައްކާ ވާހަކަތައް
21 ޖުލައި 2023

ސޭމް ކާ: ވޯލްޑްކަޕުގައި އޮސްޓްރޭލިޔާގެ ބަތަލާ

21 ޖުލައި 2023
ސޭމް ކާ: ވޯލްޑްކަޕުގައި އޮސްޓްރޭލިޔާގެ ބަތަލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު