Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަންހެނުންގެ ވޯލްޑްކަޕް

އެޑާ ހެގަބާގް: ބެލޮންޑީއޯ ހޯދި ފުރަތަމަ އަންހެން ކުޅުންތެރިޔާ

20 ޖުލައި 2023 | ބުރާސްފަތި 02:11

އަންހެން ފުޓްބޯޅައިގެ ސްޕޮންސާޝިޕްގެ ޑިމާންޑް ބޮޑު އެއް ކުޅުންތެރިއަކީ އޭނާ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 20 ޖުލައި 2023 | ބުރާސްފަތި 02:11
އެޑާ ހެގަބާގް

އެޑާ ހެގަބާގް

ނޯވޭގެ އެޑާ ހެގަބާގަކީ ފަހަކަށް އައިސް ފެނިގެންދިޔަ އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ ވަނީ ގައުމީ ޓީމަށް 76 މެޗު ކުޅެ 43 ގޯލު ޖަހައިދީފަ އެވެ.

އޭނާ އަކީ ބެލޮންޑީއޯ އެވޯޑް ހާސިލްކުރި ފުރަތަމަ އަންހެން ކުޅުންތެރިޔާ އެވެ. އެއީ 2018 ވަނަ އަހަރު އެވެ. ފްރާންސްގެ ލިއޯން އަށް ކުޅެމުން އަންނަ ކުޅުންތެރިޔާ ވަނީ އަށް ފަހަރު ފްރާންސް ލީގު ކާމިޔާބުކޮށް ހަ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އޭނާ އަށް ކުޅުން ގިނަ ދުވަހު އެއް ފެންވަރެއްގައި ނުހިފެހެއްޓެނީ ގާތްގާތުގައި ދިމާވާ އަނިޔާތަކުގެ ސަބަބުންނެވެ. އަދި މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ގައުމީ ޓީމަށް އަލުން ކުޅެން ފެށުމުގެ ކުރިން އޭނާ ހުރީ އޭގެ ކުރީ ފަސް އަހަރު އަމިއްލަ އަށް ގައުމީ ޓީމު ބޮއިކޮޓްކޮށްގެންނެވެ. ސަބަބަކީ ނޯވޭއިން އަންހެން ގައުމީ ޓީމާމެދު ފަރުވާކުޑަކޮށް އަމަލުކުރާ ކަމަށްބުނެ އެވެ.

ހެގަބާގް އަކީ ޔޫއޭފާ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ވެސްމެ އެވެ. އޭނާ ޖަހާފައިވަނީ 15 ގޯލެވެ. އޭނާ ވަނީ ފްރާންސްގެ ލިއޯން އަށް 139 މެޗުން 158 ގޯލު ޖަހައިދީފަ އެވެ. މިހެންވެ ގޯލް ކުރިމަތީގައި އޭނާ ފަދަ ފޯވަޑެއް އަންހެން ފުޓްބޯޅައިން ނުފެންނަ ކަމަށް ގިނަ ކޯޗުން އިއްތިފާގުވެ އެވެ. މީގެ އިތުރުން އޭނާ އަކީ ސްޕޮންސަރޝިޕަށް ބަލާއިރު އަންހެން ފުޓްބޯޅައިގައި އެންމެ ޑިމާންޑްބޮޑު އެއް ކުޅުންތެރިޔާ އެވެ. ހާއްސަކޮށް ބެލޮންޑީއޯ އެވޯޑަށް ފަހު ގަޑި ތައްޔާރުކުރާ ހުބްލޮޓް ކުންފުންޏާއި ފައިނޭންޝަލް ޓެކްނޮލޮޖީ ކުންފުނި މާސްޓަރ ކާޑުގެ އެމްބެސެޑަރުކަން އޭނާ އަށް ލިބުނެވެ.

ހެގަބާގަކީ މި ފަހަރުގެ ވޯލްޑްކަޕުގައި ނޯވޭގެ އުއްމީދުތަކާ ގުޅިފައިވާ ކުޅުންތެރިޔާ އެވެ.

ވިމެންސް ވޯލްޑް ކަޕު

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

10 އޯގަސްޓު 2023

ޓާގެޓް ހާސިލްވެއްޖެ، އޮސްޓްރޭލިޔާ ބަލިކުރަން ފަސޭހަ ނުވާނެ" ރެނާޑް

10 އޯގަސްޓު 2023
ޓާގެޓް ހާސިލްވެއްޖެ، އޮސްޓްރޭލިޔާ ބަލިކުރަން ފަސޭހަ ނުވާނެ" ރެނާޑް
10 އޯގަސްޓު 2023

އަންހެނުންގެ ވޯލްޑްކަޕުގެ ގަދަ އަށެއްގެ ކުޅުން މާދަމާ ފަށަނީ

10 އޯގަސްޓު 2023
އަންހެނުންގެ ވޯލްޑްކަޕުގެ ގަދަ އަށެއްގެ ކުޅުން މާދަމާ ފަށަނީ
06 އޯގަސްޓު 2023

ޗެމްޕިއަން އެމެރިކާ ކަޓުވާލައި، ސްވިޑްން ކުއާޓާއަށް

06 އޯގަސްޓު 2023
ޗެމްޕިއަން އެމެރިކާ ކަޓުވާލައި، ސްވިޑްން ކުއާޓާއަށް
05 އޯގަސްޓު 2023

ވިމެންސް ވޯލްޑް ކަޕް: ކުއާޓަރގެ ފުރަތަމަ ޖާގަތައް ސްޕެއިން އާއި ޖަޕާނަށް

05 އޯގަސްޓު 2023
ވިމެންސް ވޯލްޑް ކަޕް: ކުއާޓަރގެ ފުރަތަމަ ޖާގަތައް ސްޕެއިން އާއި ޖަޕާނަށް
30 ޖުލައި 2023

އަންހެނުންގެ ވޯލްޑްކަޕުގެ ނުދައްކާ ވާހަކަތައް

30 ޖުލައި 2023
އަންހެނުންގެ ވޯލްޑްކަޕުގެ ނުދައްކާ ވާހަކަތައް
21 ޖުލައި 2023

ސޭމް ކާ: ވޯލްޑްކަޕުގައި އޮސްޓްރޭލިޔާގެ ބަތަލާ

21 ޖުލައި 2023
ސޭމް ކާ: ވޯލްޑްކަޕުގައި އޮސްޓްރޭލިޔާގެ ބަތަލާ
20 ޖުލައި 2023

އަންހެނުންގެ ވޯލްޑްކަޕް: ދެ ބިލިއަން މީހުން ބަލާނެ، މުސްތަޤްބަލަކީ މިއީ: އިންފަންޓީނޯ

20 ޖުލައި 2023
އަންހެނުންގެ ވޯލްޑްކަޕް: ދެ ބިލިއަން މީހުން ބަލާނެ، މުސްތަޤްބަލަކީ މިއީ: އިންފަންޓީނޯ
20 ޖުލައި 2023

އެލެކްޒިއާ ޕުޓެޔާސް: ދުނިޔޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ

20 ޖުލައި 2023
އެލެކްޒިއާ ޕުޓެޔާސް: ދުނިޔޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ
19 ޖުލައި 2023

އަންހެނުންގެ ވޯލްޑްކަޕުގެ ގަދަ ތަރިން: އެލެކްސް މޯގަން 18 މެޗުން ނުވަ ގޯލު ޖެހި

19 ޖުލައި 2023
އަންހެނުންގެ ވޯލްޑްކަޕުގެ ގަދަ ތަރިން: އެލެކްސް މޯގަން 18 މެޗުން ނުވަ ގޯލު ޖެހި
19 ޖުލައި 2023

އަންހެނުންގެ ވޯލްޑްކަޕުގެ ގަދަ ތަރިން: ކެއިރާ ވޮލްޝް ވަރެއްނެތް

19 ޖުލައި 2023
އަންހެނުންގެ ވޯލްޑްކަޕުގެ ގަދަ ތަރިން: ކެއިރާ ވޮލްޝް ވަރެއްނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް