Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަންހެނުންގެ ވޯލްޑްކަޕް

ސޭމް ކާ: ވޯލްޑްކަޕުގައި އޮސްޓްރޭލިޔާގެ ބަތަލާ

21 ޖުލައި 2023 | ހުކުރު 02:20

އޮސްޓްރޭލިޔާގެ އެންމެ މަގުބޫލު އަންހެން އެތުލީޓަކީ އޭނާ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 21 ޖުލައި 2023 | ހުކުރު 02:20
އޮސްޓްރޭލިޔާގެ ސޭމް ކާ

އޮސްޓްރޭލިޔާގެ ސޭމް ކާ

އަންހެނުންގެ ވޯލްޑްކަޕަކީ ހޮލީވުޑްގެ ފިލްމެއްނަމަ ސޭމް ކާ ވެގެންދާނީ މި ފިލްމުގެ ބަތަލާ އަށެވެ. އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ އަކީ އޮސްޓްރޭލިޔާ ޓީމުގެ ކެޕްޓަނެވެ. އެންމެ އިސް ފޯވަޑެވެ. މުޅި ޓީމުގައި ހުރި އެންމެން ދަންނަ ފަރިތަ މޫނެވެ. ސޭމް އަކީ އޮސްޓްރޭލިޔާގެ ޓޮޕް ސްކޯރަރު ވެސްމެ އެވެ. އިނގިރޭސި ތަހުތަށް ރަސްގެފާނު ޗާލްސް އަށް ކޮލިލުމުގެ ރަސްމިއްޔާތުގައި އޮސްޓްރޭލިޔާގެ ގައުމީ ދިދަ އުފުލުމުގެ ޝަރަފުވެރިއަކީ ވެސް އޭނާ އެވެ.

ސޭމްގެ ކުލަބަކީ އިނގިރޭސިވިލާތުގެ ޗެލްސީ އެވެ. އެކުލަބުގެ ކޯޗު އެމާ ހަޔޭސް ބުނީ ސޭމް އަކީ މެޗެއް ކާމިޔާބުކުރަން ލިބޭނެ އެންމެ ވަރުގަދަ އެއް ހުނަރު ކަމަށެވެ. އޭނާގެ އުއްމީދަކީ މިފަހަރުގެ ވޯލްޑްކަޕް އޮސްޓްރޭލިޔާ އަށް ކާމިޔާބުކޮށްދިނުމެވެ. އެކަމަކު އިއްޔެ އަޔަލޭންޑް މެޗުގެ ކުރިން ބޭއްވި އެންމެ ފަހުގެ ފަރިތަކުރުންތަކުގައި ކުޑަކަޅުވާ އަށް ލިބުނު އަނިޔާގެ ސަަބަބުން އޭނާ އަށް ފުރަތަމަ ދެ މެޗު ގެއްލޭނެ އެވެ. ކާބުނީ އެހެން ނަމަވެސް އޭނާ ހުރީ ޓީމާއެކުގައި ކަމަށާއި އުއްމީދަކީ އަވަހަށް ކުޅެން ނުކުމެ ކާމިޔާބު ހޯދުން ކަމަށެވެ.

ގޯލް ޖެހުމުގެ ހުނަރު ފުރިހަމަކަމުން އޭނާ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ފޯވަޑް ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. ސޭމް ކާ ވަނީ ގައުމީ ޓީމަށް 120 މެޗުން 63 ގޯލު ޖަހައިދީފަ އެވެ. މިއާއެކު ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތީ ވެސް އޭނާގެ އަތުގަ އެވެ. ކުލަބު ފުޓްބޯޅަ އަށް ބަލާއިރު ޗެލްސީ އަށް 67 މެޗުން 54 ގޯލު ވަނީ ޖަހައިދީފަ އެވެ. އޭނާ އަކީ ދުވެލިބާރު ހުނަރުގެ ގޮތުން މޮޅު ފޯވަޑެކެވެ.

އޭނާ އަކީ ކީލިއަން އެމްބާޕޭއާއެކު ފީފާ 2023ގެ ކަވަރަށް އިހްތިޔާރުކުރި އަންހެން ކުޅުންތެރިޔާ އެވެ. އޮސްޓްރޭލިޔާ އާއި ދުނިޔޭގައި އޭނާ އަށް ގިނަ ސްޕޮންސަރޝިޕް ޑީލްތަކެއް ލިބިފައިވެ އެވެ. މީގެ ތެރޭގައި މަޝްހޫރު ނައިކީ ކުންފުނިވެސް ހިމެނެ އެވެ.

ވިމެންސް ވޯލްޑް ކަޕު

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

10 އޯގަސްޓު 2023

ޓާގެޓް ހާސިލްވެއްޖެ، އޮސްޓްރޭލިޔާ ބަލިކުރަން ފަސޭހަ ނުވާނެ" ރެނާޑް

10 އޯގަސްޓު 2023
ޓާގެޓް ހާސިލްވެއްޖެ، އޮސްޓްރޭލިޔާ ބަލިކުރަން ފަސޭހަ ނުވާނެ" ރެނާޑް
10 އޯގަސްޓު 2023

އަންހެނުންގެ ވޯލްޑްކަޕުގެ ގަދަ އަށެއްގެ ކުޅުން މާދަމާ ފަށަނީ

10 އޯގަސްޓު 2023
އަންހެނުންގެ ވޯލްޑްކަޕުގެ ގަދަ އަށެއްގެ ކުޅުން މާދަމާ ފަށަނީ
06 އޯގަސްޓު 2023

ޗެމްޕިއަން އެމެރިކާ ކަޓުވާލައި، ސްވިޑްން ކުއާޓާއަށް

06 އޯގަސްޓު 2023
ޗެމްޕިއަން އެމެރިކާ ކަޓުވާލައި، ސްވިޑްން ކުއާޓާއަށް
05 އޯގަސްޓު 2023

ވިމެންސް ވޯލްޑް ކަޕް: ކުއާޓަރގެ ފުރަތަމަ ޖާގަތައް ސްޕެއިން އާއި ޖަޕާނަށް

05 އޯގަސްޓު 2023
ވިމެންސް ވޯލްޑް ކަޕް: ކުއާޓަރގެ ފުރަތަމަ ޖާގަތައް ސްޕެއިން އާއި ޖަޕާނަށް
30 ޖުލައި 2023

އަންހެނުންގެ ވޯލްޑްކަޕުގެ ނުދައްކާ ވާހަކަތައް

30 ޖުލައި 2023
އަންހެނުންގެ ވޯލްޑްކަޕުގެ ނުދައްކާ ވާހަކަތައް
20 ޖުލައި 2023

އަންހެނުންގެ ވޯލްޑްކަޕް: ދެ ބިލިއަން މީހުން ބަލާނެ، މުސްތަޤްބަލަކީ މިއީ: އިންފަންޓީނޯ

20 ޖުލައި 2023
އަންހެނުންގެ ވޯލްޑްކަޕް: ދެ ބިލިއަން މީހުން ބަލާނެ، މުސްތަޤްބަލަކީ މިއީ: އިންފަންޓީނޯ
20 ޖުލައި 2023

އެލެކްޒިއާ ޕުޓެޔާސް: ދުނިޔޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ

20 ޖުލައި 2023
އެލެކްޒިއާ ޕުޓެޔާސް: ދުނިޔޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ
20 ޖުލައި 2023

އެޑާ ހެގަބާގް: ބެލޮންޑީއޯ ހޯދި ފުރަތަމަ އަންހެން ކުޅުންތެރިޔާ

20 ޖުލައި 2023
އެޑާ ހެގަބާގް: ބެލޮންޑީއޯ ހޯދި ފުރަތަމަ އަންހެން ކުޅުންތެރިޔާ
19 ޖުލައި 2023

އަންހެނުންގެ ވޯލްޑްކަޕުގެ ގަދަ ތަރިން: އެލެކްސް މޯގަން 18 މެޗުން ނުވަ ގޯލު ޖެހި

19 ޖުލައި 2023
އަންހެނުންގެ ވޯލްޑްކަޕުގެ ގަދަ ތަރިން: އެލެކްސް މޯގަން 18 މެޗުން ނުވަ ގޯލު ޖެހި
19 ޖުލައި 2023

އަންހެނުންގެ ވޯލްޑްކަޕުގެ ގަދަ ތަރިން: ކެއިރާ ވޮލްޝް ވަރެއްނެތް

19 ޖުލައި 2023
އަންހެނުންގެ ވޯލްޑްކަޕުގެ ގަދަ ތަރިން: ކެއިރާ ވޮލްޝް ވަރެއްނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް