Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަންހެނުންގެ ވޯލްޑް ކަޕް

ވިމެންސް ވޯލްޑް ކަޕް: ކުއާޓަރގެ ފުރަތަމަ ޖާގަތައް ސްޕެއިން އާއި ޖަޕާނަށް

5 އޯގަސްޓު 2023 | ހޮނިހިރު 14:34

ސްޕެއިން އާއި ޖަޕާނަކީ ގުރޫޕު ސީގެ ދެ ޓީމު

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 5 އޯގަސްޓު 2023 | ހޮނިހިރު 14:34
ޖަޕާން ޓީމު އުފާ ފާޅުކުރަނީ

ޖަޕާން ޓީމު އުފާ ފާޅުކުރަނީ

މިހާރު ކުރިޔަށްދާ ފީފާ ވިމެންސް ވޯލްޑް ކަޕުގެ ކުއާޓަރ ފައިނަލުގެ ފުރަތަމަ ޖާގަތައް ސްޕެއިން އާއި ޖަޕާނުން ހޯދައިފިއެވެ.

ޖަޕާނާއި ސްޕެއިން އަކީ މި މުބާރާތުގެ ގުރޫޕު ސީ ގައި ހިމެނުނު ދެ ޓީމެވެ. ގުރޫޕުގެ އެއްވަަނަ ޖަޕާނުން ހޯދިއިރު، ދެވަނަ ލިބުނީ ސްޕެއިން އަށެވެ. ދެވަނަ ބުރުގައި ސްޕެއިން ނިކުތީ ގުރޫޕު އޭ ގެ އެއްވަނަ ސްވިޒަލޭންޑާ ދެކޮޅަށެވެ. އަދި ޖަޕާނު ނިކުތީ ނޯވޭ އާ ދެކޮޅަށެވެ.

ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗު ސްޕެއިން އިން ވަނީ ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފައެވެ. ގުރޫޕު ސްޓޭޖުގައި ސްވިޒަލޭންޑު ކޮޅަށް ލަނޑެއް ވަދެފައެއް ނުވެއެވެ. ނަމަވެސް ސްޕެއިން އިންވަނީ އެ ޓީމު ކޮޅަށް ފަސް ލަނޑު ޖަހާފައެވެ. މެޗު ނިމުނީ 5-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ސްޕެއިންގެ ބޮންމަޓީ ވަނީ ދެ ލަނޑު ޖަހާފައެވެ. އެ ޓީމުގެ ބާކީ ލަނޑުތައް ޖަހައިދިނީ ރެޑޮންޑޯ އާއި ކޮޑީނާގެ އިތުރުން ހަރމޯސޯ އެވެ. ސްވިޒަލޭންޑުގެ ހަމައެކަނި ލަނޑަކީ ސްޕެއިންގެ ކޮޑީނާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މިއީ ކުއާޓަރ ފައިނަލުން ސްޕެއިން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

ޖަޕާނުން ނޯވޭގެ މައްޗަށް ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. ޖަޕާނުގެ ފުރަތަމަ ލަނޑަކީ ނޯވޭގެ އެންގެން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ނަމަވެސް އޭގެ ފަސް މިނެޓު ފަހުން ރެއިޓެން ވަނީ ނޯވޭ އަށް ލަނޑެއް ޖަހައިދީ، ނަތީޖާ ހަމަހަމަކޮށްފައެވެ. ދެވަނަ ހާފުގައި ޖަޕާން މޮޅުކޮށްދިން ލަނޑުތައް ޖަހައިދިނީ ޝިމިޒޫ އާއު މިއާޒާވާ އެވެ. ފަސް ލަނޑާއެކު، މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ޖަޕާނުގެ މިޔަޒާވާ އެވެ.

ކުއާޓަރ ފައިނަލުގައި ޖަޕާން ކުޅެން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން އެމެރިކާ ނުވަތަ ސްވިޑްން އާއެވެ. ސްޕެއިން ކުޅެން ޖެހޭނީ ނެދަލޭންޑްސް ނުވަތަ ދެކުނު އެފްރިކާ އާއެވެ.

ވިމެންސް ވޯލްޑް ކަޕު

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

އިތުރަށް ކިޔާލަން

10 އޯގަސްޓު 2023

ޓާގެޓް ހާސިލްވެއްޖެ، އޮސްޓްރޭލިޔާ ބަލިކުރަން ފަސޭހަ ނުވާނެ" ރެނާޑް

10 އޯގަސްޓު 2023
ޓާގެޓް ހާސިލްވެއްޖެ، އޮސްޓްރޭލިޔާ ބަލިކުރަން ފަސޭހަ ނުވާނެ" ރެނާޑް
10 އޯގަސްޓު 2023

އަންހެނުންގެ ވޯލްޑްކަޕުގެ ގަދަ އަށެއްގެ ކުޅުން މާދަމާ ފަށަނީ

10 އޯގަސްޓު 2023
އަންހެނުންގެ ވޯލްޑްކަޕުގެ ގަދަ އަށެއްގެ ކުޅުން މާދަމާ ފަށަނީ
06 އޯގަސްޓު 2023

ޗެމްޕިއަން އެމެރިކާ ކަޓުވާލައި، ސްވިޑްން ކުއާޓާއަށް

06 އޯގަސްޓު 2023
ޗެމްޕިއަން އެމެރިކާ ކަޓުވާލައި، ސްވިޑްން ކުއާޓާއަށް
30 ޖުލައި 2023

އަންހެނުންގެ ވޯލްޑްކަޕުގެ ނުދައްކާ ވާހަކަތައް

30 ޖުލައި 2023
އަންހެނުންގެ ވޯލްޑްކަޕުގެ ނުދައްކާ ވާހަކަތައް
21 ޖުލައި 2023

ސޭމް ކާ: ވޯލްޑްކަޕުގައި އޮސްޓްރޭލިޔާގެ ބަތަލާ

21 ޖުލައި 2023
ސޭމް ކާ: ވޯލްޑްކަޕުގައި އޮސްޓްރޭލިޔާގެ ބަތަލާ
20 ޖުލައި 2023

އަންހެނުންގެ ވޯލްޑްކަޕް: ދެ ބިލިއަން މީހުން ބަލާނެ، މުސްތަޤްބަލަކީ މިއީ: އިންފަންޓީނޯ

20 ޖުލައި 2023
އަންހެނުންގެ ވޯލްޑްކަޕް: ދެ ބިލިއަން މީހުން ބަލާނެ، މުސްތަޤްބަލަކީ މިއީ: އިންފަންޓީނޯ
20 ޖުލައި 2023

އެލެކްޒިއާ ޕުޓެޔާސް: ދުނިޔޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ

20 ޖުލައި 2023
އެލެކްޒިއާ ޕުޓެޔާސް: ދުނިޔޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ
20 ޖުލައި 2023

އެޑާ ހެގަބާގް: ބެލޮންޑީއޯ ހޯދި ފުރަތަމަ އަންހެން ކުޅުންތެރިޔާ

20 ޖުލައި 2023
އެޑާ ހެގަބާގް: ބެލޮންޑީއޯ ހޯދި ފުރަތަމަ އަންހެން ކުޅުންތެރިޔާ
19 ޖުލައި 2023

އަންހެނުންގެ ވޯލްޑްކަޕުގެ ގަދަ ތަރިން: އެލެކްސް މޯގަން 18 މެޗުން ނުވަ ގޯލު ޖެހި

19 ޖުލައި 2023
އަންހެނުންގެ ވޯލްޑްކަޕުގެ ގަދަ ތަރިން: އެލެކްސް މޯގަން 18 މެޗުން ނުވަ ގޯލު ޖެހި
19 ޖުލައި 2023

އަންހެނުންގެ ވޯލްޑްކަޕުގެ ގަދަ ތަރިން: ކެއިރާ ވޮލްޝް ވަރެއްނެތް

19 ޖުލައި 2023
އަންހެނުންގެ ވޯލްޑްކަޕުގެ ގަދަ ތަރިން: ކެއިރާ ވޮލްޝް ވަރެއްނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް