Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އަންހެނުންގެ ވޯލްޑްކަޕް

އަންހެނުންގެ ވޯލްޑްކަޕުގެ ނުދައްކާ ވާހަކަތައް

މުބާރާތުގެ ފުރަތަމަ ނަމަކީ ފަސްޓް ފީފާ ވޯލްޑް ޗެމްޕިއަންޝިޕް ފޯ ވުމެންސް ފުޓްބޯޅަ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 30 ޖުލައި 2023 | އާދީއްތަ 04:23
އެމެރިކާ އާއި ސްވިޑްން 1991 ވަނަ އަހަރުގެ މުބާރާތުގައި ކުޅެނީ

އެމެރިކާ އާއި ސްވިޑްން 1991 ވަނަ އަހަރުގެ މުބާރާތުގައި ކުޅެނީ

އޯވަނައިޓަކުން އައި ޚިޔާލެއްގެ ތެރެއިން އުފަންކުރި ފީފާ އަންހެނުންގެ ވޯލްޑްކަޕަށް މިހާރު 32 އަހަރުވެއްޖެ އެވެ. މި މުބާރާތް ވަރަށް ގިނަ ބަދަލުތަކާކު މި ހަފުތާގައި އަލުން ފަށާނީ އޮސްޓްރޭލިޔާ އާއި ނިއުޒީލޭންޑްގަ އެވެ. އޭޝިޔާގައި ފަށާ މި މުބާރާތާ ހިސާބަށް މި މުބާރާތް ދަތުރުކުރީ ވަރަށް ގިނަ ގޮންޖެހުންތަކާއި ބަދަލުތަކެއްގެ ތެރެއިންނެވެ.

އަންހެނުންގެ ވޯލްޑްކަޕް ފުރަތަމަ ބޭއްވީ 1991 ވަނަ އަހަރު އެވެ. މި މުބާރާތުގެ ރަސްމީ ނަމަކީ ފަސްޓް ފީފާ ވޯލްޑް ޗެމްޕިއަންޝިޕް ފޯ ވުމެންސް ފުޓްބޯޅަ އެވެ. މި ނަން ދިގުވެގެން މިހާރު ކިޔަނީ ވޯލްޑްކަޕް އެކަންޏެވެ. ފުރަތަމަ މުބާރާތުގައި މެޗެއްގެ ދިދުމިނަކީ 80 މިނެޓެވެ. 90 މިނެޓަށް މެޗެއްގެ ދިގުމިން ބަދަލުކުރީ 1995 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އެކަމަކު ބުންވަރު ހިފެހެއްޓުމަށްޓަކައި މެޗެއްގައި ދެ ފަހަރު ޓައިމްއައުޓް ދީފައިވެ އެވެ. ޓައިމްއައުޓެއްގެ ދިގު މިނަކީ ދެ މިނެޓެވެ. އެކަމަކު ޖަރުމަނުވިލާތުން ތަށި ދިފާއުކުރަން ފައިނަލަށް ދިޔައީ ޓައިމްއައުޓްގެ ބޭނުން ކުރުމެއްނެތި އެވެ.

އަންހެނުންގެ ވޯލްޑްކަޕުގައި ފުރަތަމަކޮޅު އެންމެ އުނދަގޫވީ އެކި ބައްރުތަކުގެ ކުޅުންތެރިންނަށް މުބާރާތް ބާއްވާ ގައުމުގެ ކެއިންބުއިމަށް ހޭނުމުގެ މައްސަލަ އެވެ. މިހެންވެ އެއް ހޮޓަލެއްގައި ތިބި ބައެއް ޓީމުތަކުން އެކުއެކީގައި ކައްކައިގެން ކައިބޮއި ހެދި އެވެ. 91 ވަނަ އަހަރު ޗައިނާގެ ކެއުން ނުކެވިގެން ޖަރުމަނު މީހުން ފިހާ ޕާނާއި މަސްއެތެރެކޮށްގެން ކެއުން ހަމަޖެއްސި އެވެ. މިކަން އެނގުމުން ޑެންމާކުން ވެސް ޖަރުމަނު މީހުންނާ ބައިވެރިވި އެވެ. ޗައިނާއަށް ކުރި ދަތުރުތަކުގައި ކެއުމުގެ މައްސަލަ ދިމާވުމުން ވޯލްޑްކަޕަށް އެމެރިކާގެ ކޯޗު ދިޔައީ ކުޅުންތެރިންނަށް ކައްކައިދޭން އޭނާގެ ބޭބެ ގޮވައިގެންނެވެ. އަދި ފަހުން ކައްކައި ކައިބޮއި އުޅުނީ އެމެރިކާ އާއި ސްވިޑްން މީހުން ގުޅިގެން ބޮޑު މަޖާގަނޑަކަށް ކެއުމުގެ ކަންކަން ބަދަލުކޮށްލައިގެންނެވެ.

މުބާރާތުގެ ތަށި ފުރަތަމަ ކާމިޔާބުކުރީ އެމެރިކާ އެވެ. ގުއަންޒޫގައި 63000 މީހުންގެ ކުރިމަތީގައި ނޯވޭ ބަލިކޮށް ޖަރުމަނުން ތަށި ހޯދިއިރު އެންމެ ފާހަގަ ކުރެވުނީ ތައްޓާއެކު އުފާ ފާޅުކުރުމުގައި ތިން ވަނަ ހޯދި ސްވިޑްން ކުޅުންތެރިން ބައިވެރިވުމެވެ. އަދި ތައްޓާއެކު އެމެރިކާ ޓީމު ހޮޓަލަށް އައިއިރު އެމީހުންނަށް ސްވިޑްން ކުޅުންތެރިން މަރުހަބާ ކިޔާފައިވަނީ އެމީހުންގެ ރަންކުލައިގެ އިސްޓާކީނު ބޭނުންކޮށްގެންނެވެ. ލިފްޓްގެ ބޭރުގައި ޔޫއެސްއޭ ގޯލްޑް ރަމްޒުވާގޮތަށް އަކުރުއަޅައިފައި އޮތީ އިސްޓާކީނުންނެވެ. އަދި އެމެރިކާ އަށް މަރުހަބާ ކިއުމަށް ސްވިޑްންގެ ކެޕްޓަން ލަވަކިޔައިދީ ވެސް އުޅުނެވެ.

މި މުބާރާތަށް ބައެއް ގައުމުތަކުން ފުރަތަމަ ދަތުރުކުރީ ދިގު ޓްރޭން ދަތުރުތަކުގަ އެވެ. އަންހެނުންގެ މުބާރާތަކަށްވުމުން މާބޮޑު ފަރުވާތެރިކަމެއް ނުބަހައްޓަ އެވެ. އެކަމަކު އެމެރިކާ ފަދަ ކުރިއަރާފައިވާ ގައުމުތަކުން ކަންކުރާގޮތް ދެނެގަނެ ފަހުން ހުރިހާ ގައުމުތަކުން މުބާރާތުގެ ތައްޔާރީތައް ފުރިހަމަކުރަން ފެށި އެވެ.

91 ވަނަ އަހަރު އެމެރިކާ އުފުލާލި އަންހެނުންގެ ވޯލްޑްކަޕުގެ ތައްޓަށް އެމީހުން ދީފައިވާ ވަނަމަކީ ދަ ސްޕައިޑާ ނުވަތަ ފައިދިގު މަނުކެވެ. މިއީ ތަށީގެ ބައްޓަމަށް ބަލާފައި ކިޔައި އުޅުނު ނަމެކެވެ. އެއީ ކަޅުކުލައިގެ ބުޑެއްގައި ތަށި ތައްޔާރުކޮށްފައިވަނީ ހަ ފައި އެކުލެވޭހެން ކަމަށްވުމުންނެވެ. މި ތަށި 95 ވަނަ އަހަރު ނޯވޭ ވެސް އުފުލާލި އެވެ. ތަށި އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ބަލުމުގެ ދަށުގައި ހުއްޓައި ވަގަށް ނެގިއެވެ. ނަމަވެސް ފަހުން އެނގުނީ އަސްލު ތަށި ވީ ފީފާގެ ދާރުލްއާސާރުގައި ކަމަށެވެ. ފިރިހެނުންގެ ވޯލްޑްކަޕުގައި އަމަލުކުރާ ގޮތަށް ފައިނަލް މެޗަށް ފަހު އޮޖިނަލް ޓްރޯފީ ކުޑަވަގުތުކޮޅަކަށް ދިނުމަށްފަހު ރަމްޒީ ތައްޓެއް ޗެމްޕިއަން ޓީމަށް ދޭން ނިންމީ މި ހިސާބުންނެވެ.

އަންހެނުންގެ ވޯލްޑްކަޕުގައި ރޮނގު ބެލެހެއްޓި ރެފްރީންނަށް ފުރަތަމަ ކިޔައި އުޅުނު ނަމަކީ ލައިންސްވުމަން އެވެ. އެކަމަކު ފިރިހެނުންގެ މުބާރާތުގައި އޮންނަ ގޮތަށް މި ރެފްރީންނަށް އެމީހުންގެ ދަރަޖަ ދައްކުވައިދޭ ބެޖް ޖެހުމުގެ ފުރުސަތު ނުލިބުނެވެ. 95 ވަނަ އަހަރުގެ ރޮނގު ބެލެހެއްޓި ރެފްރީންގެ ޖާޒީގައި ޖަހާފައި އޮތީ ލައިންސްވުމަން ފީފާ 95 އެވެ. އެކަމަކު މިބެޖްތައް ފީފާގެ ދާރުލްއާސާރަށްލައި ފިރިހެނުންނެކޭ އެއްފަދައިން އަންހެންން ރެފްރީން ދަރަޖަކުރީ 1999 ވަނަ އަހަރުގެ މުބާރާތުން ފެށިގެންނެވެ. މި މުބާރާތަކީ ފިރިހެނުންނާއި ނުލައި އަންހެން ރެފްރީން އެކަނި ރެފްރީކަން ކުރި ފުރަތަމަ މުބާރާތެވެ. އަންހެނުންގެ މުބާރާތުގައި ފުރަތަމަ ފަހަރަށް ރެފްރީކަންކުރި އަންހެނާގެ ޝަރަފު ލިބުނީ ބްރެޒިލްގެ ކްލައުޑިއާ ވަސްކޮންސެލޯސް އަށެވެ.

އަންހެނުންގެ ވޯލްޑްކަޕަކީ ފީފާގެ ގޯލްޑަންގޯލަށް އަމަލުކުރުން ނިމުމަކަށް ގެނައި މުބާރާތެވެ.

ވިމެންސް ވޯލްޑް ކަޕު

ކޮމެންޓް

އިތުރަށް ކިޔާލަން

ޓާގެޓް ހާސިލްވެއްޖެ، އޮސްޓްރޭލިޔާ ބަލިކުރަން ފަސޭހަ ނުވާނެ" ރެނާޑް

ޓާގެޓް ހާސިލްވެއްޖެ، އޮސްޓްރޭލިޔާ ބަލިކުރަން ފަސޭހަ ނުވާނެ" ރެނާޑް

10 އޯގަސްޓު 2023
އަންހެނުންގެ ވޯލްޑްކަޕުގެ ގަދަ އަށެއްގެ ކުޅުން މާދަމާ ފަށަނީ

އަންހެނުންގެ ވޯލްޑްކަޕުގެ ގަދަ އަށެއްގެ ކުޅުން މާދަމާ ފަށަނީ

10 އޯގަސްޓު 2023
ޗެމްޕިއަން އެމެރިކާ ކަޓުވާލައި، ސްވިޑްން ކުއާޓާއަށް

ޗެމްޕިއަން އެމެރިކާ ކަޓުވާލައި، ސްވިޑްން ކުއާޓާއަށް

06 އޯގަސްޓު 2023
ވިމެންސް ވޯލްޑް ކަޕް: ކުއާޓަރގެ ފުރަތަމަ ޖާގަތައް ސްޕެއިން އާއި ޖަޕާނަށް

ވިމެންސް ވޯލްޑް ކަޕް: ކުއާޓަރގެ ފުރަތަމަ ޖާގަތައް ސްޕެއިން އާއި ޖަޕާނަށް

05 އޯގަސްޓު 2023
ސޭމް ކާ: ވޯލްޑްކަޕުގައި އޮސްޓްރޭލިޔާގެ ބަތަލާ

ސޭމް ކާ: ވޯލްޑްކަޕުގައި އޮސްޓްރޭލިޔާގެ ބަތަލާ

21 ޖުލައި 2023

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު