Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިމްރާން ޚާންގެ ސިޔާސީ ކެރިއަރު

އިމްރާން ޚާނަށް ފަސް އަހަރު ވަންދެން ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރިވެވަޑަނުގެންނެވޭ ގޮތަށް ކަނޑައަޅައިފި

މީގެ ތިން ދުވަސް ކުރިން އިމްރާން ޚާންގެ މައްޗަށް ވަނީ ކޮރަޕްޝަންގެ ކުށް ސާބިތުވެ، 3 އަހަރުގެ ޖަލުހުކުމެއްވެސް އިއްވާފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 9 އޯގަސްޓު 2023 | ބުދަ 10:18
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، އިމްރާން ޚާން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، އިމްރާން ޚާން

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ފަސް އަހަރުވަންދެން ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރިވެ ވަޑައިނުގެންނެވޭނެ ކަމަށް، އެގައުމުގެ އިލެކްޓޮރަލް އޮތޯރިޓީޒްއިން ކަނޑައަޅައިފިއެވެ. މިކަން އިއުލާންކޮށްފައިވަނީ އެގައުމުގެ އިލެކްޝަންސް ކޮމިޝަނުންނެވެ. މީގެ މާނައަކީ އިމްރާންގެ މަޖިލީސް ގޮނޑިވެސް އޭނާއަށް ގެއްލިވަޑައިގަތުމެވެ.

މީގެ ތިން ދުވަސް ކުރިން އިމްރާން ޚާންގެ މައްޗަށް ވަނީ ކޮރަޕްޝަންގެ ކުށް ސާބިތުވެ، 3 އަހަރުގެ ޖަލުހުކުމެއް އިއްވާފައެވެ. އިމްރާން ޚާން ވިދާޅުވަނީ އެއީ ސިޔާސީ މަގްސަދެއްގައި ހިންގި ޝަރީއަތެއް ކަމަށާއި، އޭނާ އެއްވެސް ކަމެއް ގޯހުން ނުކުރައްވާކަމަށެވެ. ނަމަވެސް ޕާކިސްތާން ސަރުކާރުން އެކަން ގަބޫލެއް ނުކުރެއެވެ. ޕާކިސްތާނުގެ މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ، މަރިޔަމް އައުރަންގޒަބް ވިދާޅުވީ އެމީހަކު ކުރާ ކުށަކަށް ދެވޭ ގާނޫނީ އަދަބު ބަލައިގަންނަން ޖެހޭނެ ކަމަށާއި، މިއީ ސިޔާސީ ކަމެއް ނޫން ކަމުގައެވެ. ކޯޓަކުން އެމީހެއްގެ ކުށް ސާބިތުކޮށްފިނަމަ ބަންދުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

އުމުރުން 70 އަހަރުގެ އިމްރާމް ޚާން، މަގާމުގައި ހުންނެވިއިރު ނުފޫޒުގަދަ އަސްކަރިއްޔާއާ ޚިޔާލު ތަފާތުވިއެވެ. އެއަށްފަހު މަޖިލީހުގައި ނެގުނު އިތުބާރު ނެތްކަމުގެ ވޯޓަކާއެކު މަގާމުން ދުރުކުރެއްވުނެވެ.

އިމްރާން ޚާންގެ މައްޗަށް ކުށް ސާބިތުކޮށް، ހޮނިހިރު ދުވަހު ހުކުމް އިއްވާފައިވަނީ ލިބިވަޑައިގެންނެވި ބައެއް އަގުބޮޑު ހަދިޔާ ޑިކްލެއަރ ނުކުރައްވައި ހުރުމާއި، އަދި ބައެއް ތަކެތި ވިއްކަވައި އޭގެ ފައިސާ ބޭނުންކުރެއްވި ކަމުގެ ކުށުގައެވެ. ލިބި ވަޑައިގެންނެވި އަގުބޮޑު ހަދިޔާތަކުގެ އަގު 635،000 ޔޫއެސް ޑޮލަރަށް އަރާއިރު، އޭގެތެރޭގައި ރޮލެކްސް ގަޑިތަކާއި، އަނގޮޓިއަކާއި، ޓައީގައި ބޭނުންކުރާ ކަފްލިންސް ތަކެއް ހިމެނެއެވެ.

ޕާކިސްތާނުގެ ގާނޫނު އޮންނަ ގޮތުން، ގާނޫނީ ކުށެއް ސާބިތުވެ ހުކުމެއް އައިސްފައިވާ މީހަކަށް، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ މުއްދަތަކަށް ސިޔާސީ ކަންކަމުގައި ބައިވެރި ނުވެވޭނެއެވެ.

އިމްރާން ޚާންގެ ލީގަލް ޓީމުން ވަނީ އިލެކްޝަން ކޮމިޝަނުގެ އިއްޔެގެ ނިންމުން ބަލައިނުގަންނަ ކަމަށް ބުނެފައެވެ. އަދި ބުދަ ދުވަހު ވަނީ ހައިކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

އިމްރާން ޚާން މިވަގުތު ހުންނެވީ ވެރިރަށް އިސްލާމް އާބާދް ކައިރީގައި ހުންނަ ޖަލެއްގައެވެ.

ޕާކިސްތާންޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންދުނިޔެ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު