Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެނިފެސްޓޯ

މެނިފެސްޓޯ ހަގީގަތަކަށް ހެދުމަށްޓަކައި ހުވަދުއަތޮޅު ރައްޔިތުންގެ ދައުރު ބޮޑު - ރައީސް

9 އޯގަސްޓު 2023 | ބުދަ 06:33

އެންމެ މުހިންމު ކަމަކީ އަސާސީ ހިދުމަތްތައް ގާއިމްކޮށްދެއްވުން ކަމަށް ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 އޯގަސްޓު 2023 | ބުދަ 06:33
ރައީސުލްުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވާދޫގައި ވާހަކަފުޅުދައްކަވަނީ

ރައީސުލްުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވާދޫގައި ވާހަކަފުޅުދައްކަވަނީ

މެނިފެސްޓޯ ހަގީގަތަކަށް ހެދުމަށްޓަކައި ހުވަދުއަތޮޅު ރައްޔިތުންގެ ދައުރު ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭނަށް ގދ. ވާދޫއަށް ވަޑައިގެން "ބަނދަރު ބައްދަލުވުން" ގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވި މެނިފެސްޓޯ ހަގީގަތަކަށް ހެދުމަށްޓަކައި ހުވަދުއަތޮޅު ރައްޔިތުންގެ ދައުރު ބޮޑު ކަމަށާއި، އެއަތޮޅުގެ ރައްޔިތުންނަށް އެކަމުގެ ހަގީގަތް ސާފުވާނެ ކަމަށެވެ. ރައީސް މިފަދައިން ވިދާޅުވީ ކޮވިޑްގެ ތެރޭގައި އަދި ސަރުކާރުން ރައްޔިތުންނަށް ކުރާ ކަންކަމުގައި ހުވަދުއަތޮޅަށް ނިސްބަތްވާ ދެ ވަޒީރެއްގެ ދައުރު ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ މަސައްކަތް ބުރަކަމާއި ކުރަން ހުރި މަސައްކަތް ގިނަކަމާއި، ދައުލަތުގެ ފައިސާ ނެތުމާއިއެކުވެސް ކަންކަން ކުރަމުން ވަޑައިގެންނެވި ކަމަށާއި، ނަމަވެސް މި ބޭފުޅުންގެ (ފިނޭންސް މިނިސްޓަރ އިބްްރާހިމް އަމީރު، އަދި ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް) ގެމަސައްކަތާއެކު ދައުރު ނިންމާލަން ކައިރިވެރިވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ އެންމެ މުހިންމު ކަމަކީ އަސާސީ ހިދުމަތްތައް ގާއިމްކޮށްދެއްވުން ކަމަށާއި، އާ ޖީލެއް އުފެއްދުމަށްޓަކައި ފެށި މަސައްކަތް އެއީ މި ރާއްޖެއަށް ސަރުކާރަކުން ކޮށްދެވުނު އެންމެ އަގުހުރި މަސައްކަތް ކަމަށެވެ. އަތޮޅުތަކުގެ މުސްތަގުބަލު އުޖާލާވެ އެ ބަދަލު ރަށްރަށުން ފެނިގެންދާނެ ކަމަށް ރައީސް ވިދާާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުކުންނަވަނީ އުފާވެރި އަމާން ރާއްޖެއެއް ހޯދައިދިނުމަށް ކަމަށެވެ. އަސާސީ ހިދުމަަތްތައް ގާއިމްކޮށްދީ ދެން ހުރި ކަންކަން ކޮށްދިނުމަށްޓަކައި ކަމަށާއި، އުފާވެރި އަމާން ރާއްޖޭގެ އެއް ސިޔާސަތު މިހާރު ހާމަކޮށްފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ މި ދައުރުގައި ކުރާ އެންމެ އަގު ހެޔޮ މަސައްކަތަކީ ތައުލީމީ ދާއިރާ ބިނާކުރެއްވުން ކަމަށާއި، ކުރިއަށް އޮތް ދައުރުގައި ވެސް އެންމެ އިސްކަމެއް ދޭނީ އެ ދާއިރާއަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވަކިން ހާއްސަކޮށް މަތީތައުލީމުގެ ދާއިރާއަށް އިސްކަންދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތައުލީމީ ދާއިރާގެ ކަންކަން ކުރުމަށްޓަކައި ޕްލޭންތަކެއް އެބަހުރި ކަމަށެވެ. ލޭންޑް ޔޫސް ޕްލޭން ހަދާއިރު އިންސާނީ ވަސީލަތްތައް އޭގައި ހިމަނައި ސިޔާސަތު ބަދަލުކުރައްވާނެ ކަމަށެވެ. އެއިރުން އެކަންކަމަށް ބޭނުންވާ ޒުވާނުން އުފެދިގެން އަންނާނެ ކަމަށާއި، ހިލޭ ސްކޯލަރޝިޕްތަކާއި ހިލޭ ޑިގްރީއަށް މިހާރުވެސް ކިޔަވައިދެވޭއިރު އެ ދަރިވަރުންނަށް ބޭނުންވާ ދާއިރާތައް އުފެދިގެން އަންނާނެ ކަމަށެވެ.

އުފާވެރި އަމާން ރާއްޖެރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުގދ. ވާދުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
06 ނޮވެމްބަރު 2025

އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި

06 ނޮވެމްބަރު 2025
އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި
02 ނޮވެމްބަރު 2025

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން
01 ނޮވެމްބަރު 2025

ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި

01 ނޮވެމްބަރު 2025
ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި
01 ނޮވެމްބަރު 2025

ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި

01 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި
31 އޮކްޓޯބަރު 2025

ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''

31 އޮކްޓޯބަރު 2025
ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް