Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނެދަރލޭންޑްސް

އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކެބިނެޓުގެ ތާއީދު ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބު ވުމާ ގުޅިގެން ނެދަރލޭންޑްސް ގެ ޚާރިޖީ ވަޒީރު އިސްތިއުފާ ދެއްވައިފި

ޑަޗް ޚާރިޖީ ވަޒީރު ކަސްޕަރ ވެލްޑްކޭމްޕް ގެ އިސްތިއުފާއާ ގުޅިގެން އެނާގެ ޕާޓީގެ އެހެން ވަޒީރުންނާއި އޭނާގެ ޕާޓީ އަށް ނިސްބަތްވާ ދައުލަތުގެ ސެކްރެޓަރީން ވެސް އެއްބައިވަންތަކަމުގެ ގޮތުން އިސްތިއުފާ ދިނުމުން، ނެދަލޭންޑްސްގެ ސިޔާސީ މަޝްރަހު ވަނީ ހަލަބޮލިވެފައެވެ.

ރާއްޖެ އެމްވީ | 24 އޯގަސްޓު 2025 | އާދީއްތަ 01:55
ޑަޗް ފޮރިން މިނިސްޓަރު ކަސްޕާ ވެލްޑްކޭމްޕް

ޑަޗް ފޮރިން މިނިސްޓަރު ކަސްޕާ ވެލްޑްކޭމްޕް

ޣައްޒާ ގައި ހިނގަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތަކާ ގުޅިގެން އިސްރާއީލާ ދެކޮޅަށް ފިޔަވަޅުތަކެއް އެޅުމަށް ކެބިނެޓުގެ ތާއީދު ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމާ ގުޅިގެން ނެދަރލޭންޑްސް ގެ ޚާރިޖީ ވަޒީރު އިސްތިއުފާ ދެއްވައިފިއެވެ.

ޑަޗް ޚާރިޖީ ވަޒީރު ކަސްޕަރ ވެލްޑްކޭމްޕް އިސްތިއުފާ ދެއްވީ ހުކުރު ދުވަހު އެވެ.

މެދުމިނުގެ ކަނާތުފިޔައިގެ ޕާޓީއެއް ކަމަށްވާ "ނިއު ސޯޝަލް ކޮންޓްރެކްޓް" ޕާޓީގެ މެންބަރެއް ކަމަށްވާ ވެލްޑްކޭމްޕް، ޣައްޒާ ސިޓީ އާއި ހިސޯރު ކޮށްފައިވާ ސަރަޙައްދުތަކަށް ހަމަލާ ދިނުމަށް އިސްރާއީލުން ރާވާފައިވާ ރޭވުންތަކާ ގުޅިގެން އައު ފިޔަވަޅުތަކެއް އަޅަން ގަސްދު ކުރާކަން އެ ޤައުމުގެ ޕާލިމަންޓަށް އަންގާފައިވެއެވެ.

ނަމަވެސް ހުކުރު ދުވަހު އޭނާ ވިދާޅުވީ "މާނަހުރި ފިޔަވަޅުތަކެއް" އެޅުމަށް އެއްބަސްވުމަކަށް ނާދެވުނު ކަމަށާއި، މިހާރު ވެސް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން އޭނާގެ ބައިވެރިންގެ ފަރާތުން ތަކުރާރުކޮށް އިދިކޮޅު ހެދުމާ ކުރިމަތިލާންޖެހުނު ކަމަށެވެ.

އޭނާގެ ހުށަހެޅުންތަކުގެ ތެރޭގައި ހިމެނެނީ ފަލަސްޠީނުގެ އޮކިއުޕައިޑް ޓެރިޓަރީ ތަކުގައި އިސްރާއީލުން އުފައްދާ ތަކެތި އެ ގައުމަށް އެތެރެ ކުރުން މަނާ ކުރުމެވެ.

ވެލްޑްކެމްޕް ވަނީ ޣައްޒާ ގެ ހާލަތު ގޯސްވަމުން ދާ ކަމަށް ވިދާޅުވެ އިސްރާއީލަށް ކަނޑުބޯޓުގެ ބައިތައް އެކްސްޕޯޓް ކުރާ ތިން ހުއްދައެއް ބާޠިލު ކޮށްފައެވެ.

"އަޅުގަނޑުމެންނަށް ޣައްޒާގައި ހިނގަމުންދާ ކަންތައްތަކާ، ޣައްޒާ ސިޓީ އަށް ދެވޭ ހަމަލާތަކާ، އަދި ވެސްޓް ބޭންކުގައި ހިނގަމުންދާ ކަންތައްތަކާ، އިރުމަތީ ޖެރޫސަލަމްގައި ގަވައިދާ ޚިލާފަށް ޢިމާރާތް ކުރަން ނިންމުން ވެސް ފެނޭ،" ވެލްޑްކެމްޕް ނޫސްވެރިންނަށް ވިދާޅުވިއެވެ.

އޭނާ ވަނީ އިސްރާއީލުގެ ހައްދުފަހަނަ އެޅި ވަޒީރުން ކަމަށްވާ ބެޒަލެލް ސްމޮޓްރިޗް އަދި އިތަމާރު ބެން-ގްވިރް ނެދަރލޭންޑްސް އަށް ވަނުން މަނާ ކުރުމަށް ވެސް މަސައްކަތް ކުރައްވާފައެވެ.

އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެން ނެދަލޭންޑްސް ގައި މި ވަގުތައް ޚާރިޖީ ވަޒީރަކު ނުހުންނާނެ އެވެ.

އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެން، "ނިއު ސޯޝަލް ކޮންޓްރެކްޓް" ޕާޓީގެ ހުރިހާ ވަޒީރުންނާއި ދައުލަތުގެ ސެކްރެޓަރީން ވެލްޑްކެމްޕް އަށް ތާއީދު ކުރާކަން ޔަޤީންކޮށްދީ، އެއްބައިވަންތަ ކަމުގެ ގޮތުން ވަގުތީ ސަރުކާރުން އިސްތިއުފާ ދީފައިވެއެވެ. މިކަމުގެ ސަބަބުން ސިޔާސީ ހަލަބޮލިކަމެއް އުފެދިފައިވެއެވެ.

ނެދަލޭންޑްސްގެ ޕާލިމަންޓުން އިސްރާއީލާ ދެކޮޅަށް އަޅާ ފިޔަވަޅުތަކާ ބެހޭ ބަހުސް ތަކުރާރުކޮށް ފަސްކޮށްފައިވެއެވެ. ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ބަހުސް ވަނީ ހުކުރު ދުވަހުގެ މެންދުރުފަހު ބޭއްވުނު ކެބިނެޓް ބައްދަލުވުން ދިގުލައިގެން ދިއުމާ ގުޅިގެން ފަސްކޮށްފައެވެ.

އިދިކޮޅު ޕާޓީތަކުގެ ޕާލިމަންޓް މެންބަރުން ވަނީ އިސްރާއީލާ ދެކޮޅަށް ފިޔަވަޅު ނާޅާތީ ކުރިން ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ބައެއް މެންބަރުން ބޮޑު ވަޒީރާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލާފައިވެއެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު