Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިޚާބު 2023

ރީ ރަޖިސްޓްރޭޝަނަށް ހުށަހެޅީ 42،867 ފޯމު!

35،849 ފޯމު ވަނީ ރީ ރަޖިސްޓްރީކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 8 އޯގަސްޓު 2023 | އަންގާރަ 01:00
އިލެކްޝަންސް ކޮމިޝަންގެ އޯޕަން ޑޭ ގެ ތެރެއިން

އިލެކްޝަންސް ކޮމިޝަންގެ އޯޕަން ޑޭ ގެ ތެރެއިން

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލުމަށް ބޭނުންވާ މީހުން ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި ހުށަހަޅާފައިވަނީ 42،867 ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

އީސީން ހޯމަ ދުވަހުގެ ރޭ އާއްމުކޮށްފައިވާ ގޮތުގައި ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތުގެ ތެރޭގައި އޮންލައިންކޮށް 22،882 ފޯމު ވަނީ ހުށަހަޅައިފައެވެ. އަދި ކަރުދާސް ފޯމު މެދުވެރިކޮށް ހުށަހަޅާފައިވަނީ 19،985 ފޯމެވެ.

ރީ ރަޖިސްޓްރީވާން ހުށަހެޅި ފަރާތްތަކުގެ ތެރެއިން 35،849 ފޯމު ރީ ރަޖިސްޓްރީކޮށްފައިވާ ކަމަށް އީސީން ބުންޏެވެ. އޭގެ ތެރޭގައި އޮންލައިންކޮށް ހުށަހެޅި 18،088 ފޯމާއި 17،761 ކަރުދާސް ފޯމު ހިމެނެއެވެ.

ރިޔާސީ އިންތިހާބުގައި އަށް ގައުމެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރި ނަމަވެސް ރީ ރަޖިސްޓްރޭޝަނުގެ މުއްދަތު ހަމަވިއިރު ބޭނުންވާ ވަރަށް ރީ ރަޖިސްޓްރީ ކޮށްފައިވަނީ ފަސް ޤައުމެއްގައި ކަމަށް އީސީން ވަނީ ބުނެފައެވެ. އެއީ އިންޑިއާ އާއި މެލޭޝިއާ އާއި އިނގިރޭސިވިލާތާއި ސްރީލަންކާ އަދި ޔޫއޭއީގައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރީ ރަޖިސްޓްރީވުމުގެ ފުރުސަތު އީސީން ހުޅުވާލީ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ. މި ފުރުސަތު މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލިއިރު އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު އޮގަސްޓް 2ގެ ނިޔަލަށް ހުޅުވާލިއެވެ.

އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ރީ ރަޖިސްޓްރޭޝަނަށް ފުރުސަތު ހުޅުވާލިއިރު މާލޭގައި ވޯޓުލާ ފަރާތްތަކަށް އީސީން ލުއިތަކެއް ދިނެވެ. އެގޮތުން، މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގައި ވޯޓުލުމަށް ރީ ރަޖިސްޓޤރީ ކުރި ފަރާތްތައް މިއަހަރުގެ އިންތިޚާބުގައި ވެސް ރަޖިސްޓްރީ ވެފައިވަނީ މާލެއަށެވެ. އެހެންކަމުން އެ ފަރާތްތަކުން އަލުން ރީ ރަޖިސްޓްރީ ކުރާކަށް ނުޖެހެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި 282،755 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވެއެވެ.

2023 ރިޔާސީ އިންތިޚާބުއިލެކްޝަންސް ކޮމިޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު