Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުފާވެރި ދިރިއުޅުން ސިޔާސަތު

އެމްޑީޕީއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އުފާވެރި ދިރިއުޅުން ސިޔާސަތު ލޯންޗްކޮށްފި

7 އޯގަސްޓު 2023 | ހޯމަ 19:16

އުފާވެރި ދިރިއުޅުން ސިޔާސަތުގައި ހިމެނެނީ 3 ބައެއް

މަޚްތޫމް
މަޚްތޫމް | 7 އޯގަސްޓު 2023 | ހޯމަ 19:16
ރައީސް ޞާލިހް އުފާވެރި ދިރިއުޅުން ސިޔާސަތު ލޯންޗްކޮށްދެއްވަނީ

ރައީސް ޞާލިހް އުފާވެރި ދިރިއުޅުން ސިޔާސަތު ލޯންޗްކޮށްދެއްވަނީ | އެމްޑީޕީ

އުފާވެރި އަމާން ރާއްޖޭގެ މެނިފެސްޓޯގައި ހިމެނޭ އުފާވެރި ދިރިއުޅުން ސިޔާސަތު ލޯންޗްކޮށްފިއެވެ.

އުފާވެރި ދިރިއުޅުން ސިޔާސަތު ލޯންޗްކޮށްދެއްވީ، "އުފާވެރި އަމާން ރާއްޖެ" ކުޑަހުވަދޫ ކެމްޕޭން ޖަލްސާގައި، އެމްޑީޕީއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

Advertisement - newsAdvertisement

މި ސިޔާސަތު އެކުލަވާލާފައިވަނީ ރައްޔިތުންގެ ބަައިވެރިވުމާއި މަޝްވަރާ އަދި ކަމާބެހޭ މާހިރުންގެ އިރުޝާދާއެކުއެވެ. މިކަމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް ރައްޔިތުން ބައިވެރިކޮށް ރައްޔިތުންގެ އަޑު އަހައިގެންނެވެ.

އުފާވެރި ދިރިއުޅުން ސިޔާސަތުގައި ހިމެނެނީ 3 ބައެކެވެ.

1 - ދުޅަހެޔޮ ބަދަހި މުޖްތަމައު

2 - އުފެއްދުންތެރި ފުދުންތެރި ޖީލު

3 - ޝާމިލް އޯގާތެރި ރައްޔިތުން

އުފާވެރި ދިރިއުޅުމުގެ ސިޔާސަތުގައި، އެމްޑީޕީއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސިޔާސަތުގައި ބުނެފައިވަނީ، އުފާވެރި ދިރިއުޅުމެއްގެ ފެށުމަކީ އުފާވެރި އާއިލާއެކެވެ. އިންސާނާ ގަރުބަގަތީއްސުރެ ދުނިޔެ ދޫކުރުމާހަމައަށް އެމީހެއްގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ބޭނުންވާ ހިދުމަތްތައް އެމީހަކާ ގާތުން، ތަކުލީފެއްނެތި ފުރިހަމައަށް ލިބެންޖެހެއެވެ. ދުނިޔެއަށް އައުމަށްފަހު އެ ދޫކުރާ ނޭވާއަކީ ހަމަނޭވާލެވޭފަދަ މާހައުލަކަށް ދޫކުރާ ނޭވާއަކަށްވުމަކީ އަސާސީ ހައްގެކެވެ.

ދުޅަހެޔޮ ހަށިހެޔޮކަމަށް ބަލިން ރައްކާތެރިވުމާއި، ބަލިން ސަލާމަތްވުމަކީ ހަޔާތުގެ ހުރިހާ މަރުހަލާއެއްގައިވެސް ތަނަވަސްވެފައިވާ ފުރުސަތަކަށް ވާންޖެހެއެވެ. ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން މުޖުތަމައުގައި އެހެން ފަރުދުންނެކޭ އެއްފަދައިން ކަންކަމުގައި ޝާމިލުވެއުޅުމަށް އެފަރާތްތަކަށް އެއްވެސް ހުރަހެއް އޮވެގެންނުވާނެއެވެ.

ކުޑަކުދިންނާ ގުޅޭ ކަންކަމުގެ ގޮތް ނިންމުމުގައި އެ ކުދިންގެ އަޑު އަހާ، ޝާމިލުކުރާ ވެއްޓެއްގައި, އެންމެންގެ ލޯތްބާއި އަޅާލުމާއި ހިމާޔަތާއިއެކު ބޮޑުވެ، ކިޔެވުމާއި ކަސްރަތާއި ކުޅިވަރުގެ ފުރުސަތު މުޖުތަމައުގައި ތަންމިނަށް ހުޅުވާލެވިފައި އޮވެ، އޭގެ ހެޔޮ ފައިދާ ލިބުމަކީ ހަމަ ކޮންމެ ކުޑަކުއްޖެއްގެވެސް ހައްގެކެވެ.

މިގޮތުގައި އިބްތިދާއީ އަދި މެދު މަދަރުސީ ތައުލީމު ފުރިހަމަ ކުރުމުން ވިލުންތެރި މުޖުތަމައުއެއްގެ ހެދިހުރި ޒުވާނަކަށް ވުމުގެ ބިންގާ އެވަނީ އަޅާދެވިފައެވެ. މި ބިންގާގެ މަތީގައި ދިރިއުޅުމުގެ ހުރިހާ މަރުހަލާއެއްގައިވެސް އިސްލާމީ ސައްހަ އަގީދާ އިސްކޮށް، އިންސާނީ ކަރާމާތް ރައްކާތެރިކޮށް، އިޖްތިމާއީ އިންސާފު ގާއިމުކޮށް، ދިވެހިންނަށްވީތީ ފަހުރުވެރިވާ ޖީލެއް ބިނާކުރުމަށް ބާރުއަޅަންޖެހެއެވެ.

ފެންވަރު ރަނގަޅު ޒަމާނީ އިލްމާއި ހުނަރުން ހަމަ ކޮންމެ ދުވަހަކުވެސް ކުދިން ތާޒާވާންޖެހެއެވެ. ފެންވަރު ރަނގަޅު މުދައްރިސުންގެ ބެލުމުގެ ދަށުން ކުދިން ތަރުބިއްޔަތުކުރުމަށްޓަކައި ކުޑަ ސްކޫލެއް ބޮޑު ސްކޫލެއް ތަފާތުނުކޮށް ވަސީލަތްތައް ފުރިހަމަވާންޖެހެއެވެ.

ގައުމަށް ބޭނުންވާ ދާއިރާތަކުން ރާއްޖެއާއި ރާއްޖެއިން ބޭރުން، ފެންވަރު ރަނގަޅު ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައިދޭންޖެހެއެވެ. ފަންނީ ތަފާތު ހުނަރުތަކާއި ކުޅިވަރުން ކުރިއަށްދާނެ މަގު ތަނަވަސްކޮށްދީ، އަތޮޅު ދުނީގެ އެތެރެއިންނާއި ރާއްޖޭގެ އަސްދަނޑީގެ ބޭރަށް ފަންނުވެރިކަމާއި ހުނަރުވެރިކަން ނެރެދޭންޖެހެއެވެ.

މުޖުތަމައުގައި ކުރިއަށްދިއުމަށް ހުންނަ މިފަދަ ފުރުސަތުތައް ހޯދުމުގައި އަދި އެފުރުސަތުތަކުގެ ބޭނުންހިފުމުގައި ވަކި ޖިންސަކަށްވީތީ ހުރި ހުރިހާ ހުރަހެއް ނައްތާލަންޖެހެއެވެ. މި މަގުން ކުރިއަށްދާ ކޮންމެ ޒުވާނަކީވެސް މުޖުތަމައުއަށް ފައިދާހުރި މަސައްކަތެއްގައި ޝާމިލުވާ، ކުރިމަގު ބައްޓަންކުރެވޭނެ މަގު ކޮށައިދީފައިވާ، ފުދުންތެރި ދިރިއުޅުމެއް އުޅުމުގެ މަގު ތަނަވަސްވެފައިވާ ފަރާތެއްކަން ޔަގީންކުރަންޖެހެއެވެ.

އަމާން ރައްކާތެރި މުޖުތަމައުއެއް ބިނާކުރެވޭނީ ކުށުގެ ވެއްޓަށް ހުށަހެޅޭ ސަބަބުތައް ދެނެގަނެ، އެ ސަބަބުތައް ނައްތާލާ ކުށުގެ ވެއްޓަށް ފާރަވެރިވެގެންނެވެ. މުޖުތަމައުއިން ހަވާސާވެފައިވާ ޒުވާނުންނާއި، އެކި ސަބަބުތަކަށްޓަކައި އަނބުރާ އާއްމު ހާލަތަށް ރުޖޫއަވެ، އަމިއްލަ ފައިމައްޗަށް ތެދުވުމަށް އިތުރު އެހީ ބޭނުންވާ ފަރާތްތަކަށް، ވަށައިގެން އެހީއާއި ވަށާޖެހޭ ފަރުވާ ހުޅުވާލަންޖެހެއެވެ.

މި މޭރުމުން މުޖުތަމައު ބިނާކުރުމަށް ކުރެވޭ މަސައްކަތުގައި، އިތުރު އެހީ ބޭނުންވާ ފަރާތްތަކަށް އިޖްތިމާއީ ރައްކާތެރިކަމާއި ސިއްހީ ރައްކާތެރިކަމުގެ ދިގު އަތް ފޯރަންޖެހެއެވެ. ދިރިއުޅުމުގެ އެކި މަރުހަލާތައް ކަޑައްތުކުރުމަށްފަހު އިސްރަށްވެހިކަމާ ކުރިމަތިލާއިރު، އެ ފަރާތްތަކަކީވެސް މުޖުތަމައުގައި ގަދަރުވެރިކަމާއެކު ދިރިއުޅޭ، އަދި އެ ފަރާތްތަކަށް ލިބިފައިވާ އިލްމާއި ހިލްމާއި ހުނަރާއި ތަޖުރިބާގެ ބޭނުން މުޖުތަމައުގައި ފަހިވެފައިވާ ފަރާތްތަކަކަށްވާންޖެހެއެވެ. އުފާވެރި މުޖުތަމައުއަކީ ވަކި ވަކި ފަރުދުންނާއި، އާއިލާތަކާއި، އެ ގުޅުންތަކުގެ މެދުގައި އޮންނަ ބަދަހިކަމެވެ.

އުފާވެރި ދިރިއުޅުން ސިޔާސަތުއުފާވެރި އަމާން ރާއްޖެއިބްރާހީމް މުޙައްމަދު ސޯލިޙުދ.ކުޑަހުވަދޫމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

18 އޯގަސްޓު 2026

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 40،000 އަށް ވުރެ ގިނަ މުވައްޒަފުން، މިނިސްޓަރު ވިދާޅުވީ ވަކިކުރަނީ ވަކި ކުލައަކަށް ބަލައިގެން ނޫން ކަމަށް

18 އޯގަސްޓު 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 40،000 އަށް ވުރެ ގިނަ މުވައްޒަފުން، މިނިސްޓަރު ވިދާޅުވީ ވަކިކުރަނީ ވަކި ކުލައަކަށް ބަލައިގެން ނޫން ކަމަށް
17 އޯގަސްޓު 2026

ވެރިކަން ކުރުމަކީ ޕީއެޗްޑީ އާއި މަތީ ފާސް އޮވެގެން ކުރެވޭ ކަމެއް ނޫން: ޑރ. ޑީޑީ

17 އޯގަސްޓު 2026
ވެރިކަން ކުރުމަކީ ޕީއެޗްޑީ އާއި މަތީ ފާސް އޮވެގެން ކުރެވޭ ކަމެއް ނޫން: ޑރ. ޑީޑީ
15 އޯގަސްޓު 2026

މި ސަރުކާރުން މިހާތަނަށް ނިންމި ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ 590 މަޝްރޫއުތަކުގެ ތެރޭގައި ކުޑަހުވަދޫގެ އެއްވެސް މަޝްރޫއެއް ނުހިމެނޭ: ކައުންސިލްގެ ރައީސް

15 އޯގަސްޓު 2026
މި ސަރުކާރުން މިހާތަނަށް ނިންމި ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ 590 މަޝްރޫއުތަކުގެ ތެރޭގައި ކުޑަހުވަދޫގެ އެއްވެސް މަޝްރޫއެއް ނުހިމެނޭ: ކައުންސިލްގެ ރައީސް
12 އޯގަސްޓު 2026

ހޯމް މިނިސްޓަރު ފުލުހުންގެ ބަހާ ހިލާފުވެވަޑައިގެން، މަޖީދީ މަގުގައި މުޒާހަރާ ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވުމުން އެމްޑީޕީ އިން އެކަން ކުށްވެރިކޮށްފި

12 އޯގަސްޓު 2026
ހޯމް މިނިސްޓަރު ފުލުހުންގެ ބަހާ ހިލާފުވެވަޑައިގެން، މަޖީދީ މަގުގައި މުޒާހަރާ ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވުމުން އެމްޑީޕީ އިން އެކަން ކުށްވެރިކޮށްފި
12 އޯގަސްޓު 2026

ރާއްޖޭގެ އިޤްތިސާދު މި ދަނީ ކަންބޮޑުވާ މިސްރާބަކަށް: ރައީސް ނަޝީދު

12 އޯގަސްޓު 2026
ރާއްޖޭގެ އިޤްތިސާދު މި ދަނީ ކަންބޮޑުވާ މިސްރާބަކަށް: ރައީސް ނަޝީދު
11 އޯގަސްޓު 2026

ބުއްދިވެރިގޮތަކީ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ އިސްލާހުގެ ބިލު އަނބުރާ ގެންދިޔުން: ރައީސް ނަޝީދު

11 އޯގަސްޓު 2026
ބުއްދިވެރިގޮތަކީ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ އިސްލާހުގެ ބިލު އަނބުރާ ގެންދިޔުން: ރައީސް ނަޝީދު
09 އޯގަސްޓު 2026

އެމްޑީޕީ އިން މުޒާހަރާ ބާއްވާ ވާހަކަ އިއުލާާން ކުރުމުން، މިނިސްޓަރުން ޓިކްޓޮކް ކުޅެން ފަށައިފި: ރާއީ

09 އޯގަސްޓު 2026
އެމްޑީޕީ އިން މުޒާހަރާ ބާއްވާ ވާހަކަ އިއުލާާން ކުރުމުން، މިނިސްޓަރުން ޓިކްޓޮކް ކުޅެން ފަށައިފި: ރާއީ
02 އޯގަސްޓު 2026

އޯގަސްޓު 12 ގައި އެމްޑީޕީ އިން މުޒާހަރާ އަށް ނުކުންނަނީ

02 އޯގަސްޓު 2026
އޯގަސްޓު 12 ގައި އެމްޑީޕީ އިން މުޒާހަރާ އަށް ނުކުންނަނީ
02 އޯގަސްޓު 2026

އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހުގެ 19 ގައި ބޭއްވުމަށް ފާސްކޮށްފި

02 އޯގަސްޓު 2026
އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހުގެ 19 ގައި ބޭއްވުމަށް ފާސްކޮށްފި
29 ޖުލައި 2026

މިސަރުކާރު 2028 އާ ހަމައަށް ދެމިއޮވެވިދާނެތޯ ސުވާލު އުފެދޭ، އެއީ މިހާރު ރައްޔިތުން ތިބީ ފާލުން ނެއްޓި މަގުމައްޗަށް ނުކުންނަ ހިސާބުގައި: ނަޝީދު

29 ޖުލައި 2026
މިސަރުކާރު 2028 އާ ހަމައަށް ދެމިއޮވެވިދާނެތޯ ސުވާލު އުފެދޭ، އެއީ މިހާރު ރައްޔިތުން ތިބީ ފާލުން ނެއްޓި މަގުމައްޗަށް ނުކުންނަ ހިސާބުގައި: ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް