Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު

ރައީސް ޕީޕީއެމް މެންބަރުންނަށް؛ އަޅުގަނޑުމެންނާ އެކީ ވަޑައިގަންނަވާ

ވާދަވެރި ސިޔާސީ ހަރަކާތް ހިންގޭނީ ވަދަވެރިކަމާއެކީގައި ހުރިހާ ސިޔާސީ ޕާޓީއަކުން މަސައްކަތް ކޮށްގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 7 އޯގަސްޓު 2023 | ހޯމަ 06:24
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ދ. މީދޫގައި ވާހަކަފުޅުދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ދ. މީދޫގައި ވާހަކަފުޅުދައްކަވަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް 33 ދުވަހަށް ވެއްޖެ ކަމަށާއި، ސިޔާސީ މަސްރަހު ބަދަލުވަމުންދާ ގޮތާއި މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދ. މީދޫގައި ވާހަކަފުޅުދައްކަވަމުންނެވެ. ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ އަދި އެމްޑީޕީއާއި އިދިކޮޅު ސިިޔާސީ ޕާޓީ އެންމެ ފަހުވަގުތާ ޖެހޭ އިރުވެސް ކެންޑިޑޭޓަކު ކަނޑަނާޅާ އޮތުމަކީ އެ ޕާޓީގެ މެންބަރުންނަށް އަދި މުޅި ގައުމަށް ވެސް ލިބިގެންދާނެ ދެރައެއް ކަމަށް ވިދަޅުވެފައި ވެއެވެ.

ރައީސް ވިދާޅުވީ ވާދަވެރި ސިޔާސީ ހަރަކާތް ހިންގޭނީ ވަދަވެރިކަމާއެކީގައި ހުރިހާ ސިޔާސީ ޕާޓީއަކުން މަސައްކަތް ކޮށްގެން ކަމަށެވެ. ނަމަވެސް މިއަދު މަސައްކަތް ކުރަމުން އެ ގެންދަވަނީ އިންތިހާބު ބޮއިކޮޓް ކުރައްވަން ކަމަށާއި، ވަކި މީހެއްގެ މަސްލަހަތު ހިމާޔަތްކޮށް، ވަކި މީހެއްގެ ފަހަތުގަައި އެނބުރޭ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ފެނިގެންދާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ އެމްޑީޕީން ވެސް އެކަން ކަނޑައްތުކޮށްފި ކަމަށެވެ. 2018 ވަނަ އަހަރާ ޖެހިގެން އައިއިރުވެސް އެކަން އޮތީ އެގޮތަށް ކަމަށާއި، އެހެންނަމަވެސް ޕާޓީގައި އެއިރު ތިއްބެވި އިސް ފަރާތްތައް ނުކުމެ އެކަމުން އަރައިގަނެވުނު ކަމަށެވެ. އެމްޑީޕީއަކީ ހަމަހަމަ ފުރުސަތު އެންމެނަށް އޮތް ޕާޓީއެއް ކަމަށާއި، އެދިވަޑައިގެންނަވަނީ ވާދަވެރި ޕީޕީއެމުން ވަކި މީހެއްގެ ފަހަތުގައި ނުތިއްބަވާ ކެންޑިޑޭޓަކު ނެރެގެން ކުރިއަށް ގެންދެވުން ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ކެންޑިޑެންސީ ވަނީ ގަބޫލުކުރައްވާފައި ކަމަށާއި، އެންމެ ފުރަތަމަ ކެންޑިޑަސީ ގަބޫލުކުރި ދެބޭފުޅުންނަކީ އެމަނިކުފާނާއި އަސްލަމް ކަމުން، އެއީ ހެޔޮފާލެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައީ ސިޔާސަތުތަކާއެކީގައި ކަމަށާއި، އެއިރު ބުނަމުން ދިޔައީ އެކަމެއް ނުވާނެކަމަށެވެ. މިނިވަން ވޭޖާއި ސަރުކާރުގެ މުވައްޒަފުންގެ މުސާރައާއި ފެނާރުދަމާ، ދަތުރުފަތުރުގެ ވާހަކަ ދެއްކުމުން ބުނީ ނުވާނެ ކަމަށެވެ. އަދި ކޮވިޑް ކޮންޓްރޯލް ނުކުރެވޭނޭ ކަމަށާއި، ޓުއަރިޒަމް ހަލާކުވާނެކަމަށް ބުނި ނަމަވެސް ކޮވިޑް ކޮންޓްރޯލްކޮށް ބޯޑަރު ހުޅުވާ ރިސޯޓް ހުޅުވާ މީހުން އައިސް އިގްތިސާުދު ރަނގަޅުވެއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މުސާރައިގެކަންކަމާ ފެނާއި ނަރުދަމާ އަދި ދަތުރުފަތުރު ގެ ކަންކަންވެސް ނިމެމުންދާ ކަމަށެވެ.

އުފާވެރި އަމާން ރާއްޖެރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުދ. މީދޫމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)2023 ރިޔާސީ އިންތިޚާބު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު