Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެސްޓަން ވިލާ

ރަނގަޅު ހުށަހެޅުމެއް ލިބިއްޖެ ނަމަ ކުޓީނިއޯ އެސްޓަން ވިލާ ދޫކޮށްލާނެ

އެސްޓަން ވިލާ އާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 އޯގަސްޓު 2023 | އާދީއްތަ 03:33
އެސްޓަން ވިލާ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފިލިއްޕޭ ކުޓީނިއޯ

އެސްޓަން ވިލާ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފިލިއްޕޭ ކުޓީނިއޯ

އެސްޓަން ވިލާ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފިލިއްޕޭ ކުޓީނިއޯ އެ ކުލަބު ދޫކޮށްލަން ބޭނުންވާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

ބާސެލޯނާގައި ހުރުމަށްފަހު ކުޓީނިއޯ އެންމެ ފުރަތަމަ އެސްޓަން ވިލާ އަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން 2022 ވަނަ އަހަރު އެވެ. އެއީ އޭރު ކުރިއަށް ދިޔަ ސީޒަންގެ ނިޔަލަށެވެ. ނަމަވެސް އެ އަހަރުގެ މެއި މަހު އޭނާ ވަނީ އެ ކުލަބާއެކު ދާއިމީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. 17 މިލިއަން ޕައުންޑުގެ އަގަކަށް އޭނާ ސޮއި ކުރީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް މިހާރު ކުޓީނިއޯ ބޭނުންވަނީ އެ ކުލަބު ދޫކޮށްލަން ކަމަށް މީޑިއާތަކުން ބުނެ އެވެ.

ކުޓީނިއޯ އަށް ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ސައުދީ ޕްރޯ ލީގުގެ ހުށަހެޅުމެއް ވެސް ލިބިފަ އެވެ. ނަމަވެސް އޭނާ އެ ލީގުގެ ކުލަބަކަށް ބަދަލުވާން އޭރު ވިސްނުން ނުގެންގުޅޭ ކަމަށް މީޑިއާތަކުން ބުނެ އެވެ. ނަމަވެސް މިހާރު ކުޓީނިއޯ ހުރީ ރަނގަޅު ހުށަހެޅުމެއް ލިބިއްޖެ ނަމަ ކުލަބު ބަދަލުކުރަން ބޭނުންވެފަ އެވެ. މިވަގުތަށް ބަލާއިރު ޤަތަރުގެ ބައެއް ކުލަބުތަކުން ކުޓީނިއޯ ހޯދަން ބޭނުންވާ ކަމަށް މީޑިއާ ތަކުން ބުނެ އެވެ. ނަމަވެސް މިހާތަނަށް އެއްވެސް ކުލަބަކުން ރަސްމީކޮށް އެކަމަށް ހުށަހެޅުމެއް ހުށަހަޅާފައެއް ނުވެ އެވެ.

އެސްޓަން ވިލާ އަށް ބަދަލުވުމުގެ ކުރިން ކުޓީނިއޯ ވަނީ ޖަރުމަނުގެ ބަޔާން މިއުނިކަށް ވެސް ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅެފަ އެވެ. އެސްޓަން ވިލާ އަށް ކުޅެދިން 41 މެޗުގައި ކުޓީނިއޯ ވަނީ ހަ ލަނޑު ޖަހައިފަ އެވެ. އިންޓަ މިލާނުން ސީނިއާ ކެރިއަރު ފެށި ކުޓީނިއޯ ވަނީ ސްޕެއިންގެ ބާސެލޯނާ އަދި އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލަށް ވެސް ކުޅެފަ އެވެ. އުމުރުން 31 އަހަރުގެ ކުޓީނިއޯ އަންނަނީ 2010 ވަނަ އަހަރުން ފެށިގެން ބްރެޒިލް ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ.

އެސްޓަން ވިލާ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ފެބުރުއަރީ 2025

ލޯނު އެއްބަސްވުމެއްގެ ދަށުން ރަޝްފޯޑު އެސްޓަން ވިލާ އަށް

04 ފެބުރުއަރީ 2025
ލޯނު އެއްބަސްވުމެއްގެ ދަށުން ރަޝްފޯޑު އެސްޓަން ވިލާ އަށް
22 ޑިސެމްބަރު 2024

އެސްޓަން ވިލާ އަތުން ވެސް ބަލިވެ، ސިޓީގެ ޙާލަތު ގޯހަށް

22 ޑިސެމްބަރު 2024
އެސްޓަން ވިލާ އަތުން ވެސް ބަލިވެ، ސިޓީގެ ޙާލަތު ގޯހަށް
03 އޮކްޓޯބަރު 2024

އެސްޓަން ވިލާ އިން ބަޔާން ބަލިކޮށްފި

03 އޮކްޓޯބަރު 2024
އެސްޓަން ވިލާ އިން ބަޔާން ބަލިކޮށްފި
14 މެއި 2024

ފަހު ވަގުތު ތިން މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހައިގެން ލިވަޕޫލް އަތުން އެސްޓަން ވިލާއަށް މުހިއްމު ޕޮއިންޓެއް

14 މެއި 2024
ފަހު ވަގުތު ތިން މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހައިގެން ލިވަޕޫލް އަތުން އެސްޓަން ވިލާއަށް މުހިއްމު ޕޮއިންޓެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު