Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭސީ މިލާން

ވެލެންސިއާއަށް ކުޅެމުންއައި އެމެރިކާގެ ޔޫނުސް މޫސާ، އޭސީ މިލާނަށް ބަދަލުވެއްޖެ

އުމުރުން 20 އަހަރުގެ ކުޅުންތެރިޔާ މިލާނަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 އޯގަސްޓު 2023 | ހޮނިހިރު 03:17
މޫސާ، އޭސީ މިލާނަށް ސޮއިކުރުމަށްފަހު

މޫސާ، އޭސީ މިލާނަށް ސޮއިކުރުމަށްފަހު

ވެލެންސިއާއަށް ކުޅެމުން އައި އެމެރިކާގެ މިޑްފީލްޑަރު ޔޫނުސް މޫސާ، އެ ކުލަބު ދޫކޮށް އިޓަލީގެ އޭސީ މިލާނަށް ބަދަލުވެއްޖެއެވެ.

އުމުރުން 20 އަހަރުގެ ކުޅުންތެރިޔާ މިލާނަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކުލަބާއެކު އޭނާ ސޮއިކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މިލާނުގައި އޭނާ ބޭނުންކުރާނީ 80 ނަންބަރު ޖާޒީއެވެ. އޭނާ ހޯދުމަށް މިލާނުން ވަނީ 20 މިލިއަން ޔޫރޯ ޚަރަދުކޮށްފައި ކަމަށް އިޓަލީގެ މީޑިއާތަކުން ބުނެއެވެ. މިލާނުން އޭނާ ހޯދީ ވެލެންސިއާގެ މެދުތެރޭގައި ދައްކަމުން އައި ހުނަރުވެރި، މޮޅު ކުޅުމުގެ ސަބަބުންނެވެ.

މިލާނަށް ސޮއިކުރުމަށްފަހު ވާހަކަ ދައްކަމުން މޫސާ ބުނީ، މިލާނަށް ބަދަލުވެވުމުން ވަރަށް އުފާވާ ކަމަށެވެ. އޭނާ ބުނީ އެކަމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ އެންމެހައި ފަރާތްތަކަށް ޚާއްސަ ޝުކުރެއް އަދާކުރަން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ މިލާނަކީ ވަރަށް ގިނަ ލެޖެންޑަރީ ކުޅުންތެރިން ކުޅެފައިވާ ކުލަބެއް ކަމަށެވެ. ޚާއްސަކޮށް ސީޑޮފް، ޕޭޓޯ އަދި ރޮނާލްޑީނިއޯގެ ނަން އޭނާ ވަނީ ފާހަގަކޮށްފައެވެ. މިލާނުގައި 80 ނަންބަރު ޖާޒީ ބޭނުން ކުރަން ނިންމި ސަބަބެއްގެ ގޮތުގައި މޫސާ ބުނީ، ރޮނާލްޑީނިއޯ ވެސް އެ ނަންބަރުގައި ކުޅެފައިވާތީ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ މިލާންގެ ޖާޒީގައި ދަނޑަށް އަރައި ކުޅެލަން ކެތްމަދުވެފައި ހުރިކަމަށެވެ. އޭނާ ބުނީ މިލާނުގެ ސަޕޯޓަރުންގެ ކިބައިން ވެސް އެދެނީ އޭނާއަށް އިތުބާރު ކުރުމަށް ކަމަށާއި، މިލާނުގައި އޭނާ ބޭނުވަނީ މޮޅު ކުޅުންތެރިޔަކަށް ވާން ކަމަށެވެ. ހަމައެއާއެކު މިލާނާއެކު ހުރިހާ ކާމިޔާބީއެއް ހޯދުމަށް ބޭނުންވާ ކަމަށާއި، ކުރިއަށް އޮތް ސީޒަނަކީ ކާމިޔާބު ސީޒަނަކަށް ވާނެކަމުގެ އުންމީދު ބޮޑު ކަމަށްވެސް މޫސާ ވަނީ ބުނެފައެވެ.

އެމެރިކާ ގައުމީ ޓީމަށް ކުޅެމުން އަންނަ މޫސާއަށް، ގައުމީ ޓީމުން ޖާގަ ލިބުނީ 2020 ވަނަ އަހަރުއެވެ. އޭގެ ފަހުން މިހާތަނަށް އޭނާ ވަނީ ގައުމީ ޓީމަށް 27 މެޗު ކުޅެދީފައެވެ. އެންމެ ފަހުން މިދިޔަ އަހަރު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގައި އޭނާ ވަނީ އެެމެރިކާ ޓީމުގައި ހިމެނިގެން ކުޅެފައެވެ.

ވެލެންސިއާއޭސީ މިލާންޔޫނުސް މޫސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި

ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި

08 ނޮވެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

19 ފެބުރުއަރީ 2025
ވެލެންސިއާ އަތުން ބާސެލޯނާ އަށް ހަތް ލަނޑުގެ މޮޅެއް

ވެލެންސިއާ އަތުން ބާސެލޯނާ އަށް ހަތް ލަނޑުގެ މޮޅެއް

27 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު