Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

ތިއާގޯވެސް ވިއްކާލަން ލިވަޕޫލުން ތައްޔާރު

5 އޯގަސްޓު 2023 | ހޮނިހިރު 02:26

އޭނާގެ ކޮންޓްރެކްޓުގައި ބާކީ އޮތީ އެއް އަހަރު

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 5 އޯގަސްޓު 2023 | ހޮނިހިރު 02:26
ތިއާގޯ އަލްސަންޓާރާ

ތިއާގޯ އަލްސަންޓާރާ

ލިވަޕޫލަށް ކުޅެމުން އަންނަ ސްޕޭނުގެ މިޑްފީލްޑަރު ތިއާގޯ އަލްސަންޓާރާވެސް ވިއްކާލަން އެ ކުލަބުން ތައްޔާރުވެއްޖެއެވެ.

ލިވަޕޫލުން ވަނީ މިދިޔަ ސީޒަނަށްފަހު ހަ ކުޅުންތެރިއަކު ދޫކޮށްލާފައެވެ. މީގެ ތެރޭގައި ގިނައީ މިޑްފީލްޑަރުންނެވެ. ކޯޗު ޔާގަން ކްލޮޕް މަސައްކަތް ކުރަމުންދަނީ އަންނަ ހަފުތާގައި ފަށާ އާ ސީޒަނަށް ޓީމުގެ މެދުތެރެ މުޅިން ބަދަލުކޮށްލުމަށެވެ. މި ގޮތުން މިހާތަނަށް ވަނީ ބްރައިޓަންއަށް ކުޅުނު އާޖެންޓީނާގެ އެލެކްސިސް މެކްއަލިސްޓާއާއި ޖަރުމަނު ލީގުގައި ކުޅެމުންދިޔަ ޑޮމިނިކް އެސްޒޮބޮސްލާއީ ގެނެސްފައެވެ. ދެން ތިބީ ޒުވާން މިޑްފީލްޑަރުންނެވެ. ގެންނަން މިހާރު މަސައްކަތްކުރަނީ ސައުތެމްޓަންގެ މިޑްފީލްޑަރު ރޮމެއޫ ލެވިއާއެވެ. ނަމަވެސް އޭނާއަށް ލިވަޕޫލުން ހުށަހެޅި 42 މިލިއަނުގެ ބަދަލުގައި ސައުތެމްޓަނުން ވަނީ 50 މިލިއަނަށް ޑިމާންޑްކޮށްފައެވެ.

އިނގިރޭސި ނޫސްތަކުން ބުނަނީ ލިވަޕޫލުން އިތުރު މިޑްފީލްޑަރަކު ހޯދަން ބިޑްކުރާނީ ތިއާގޯއަށް ވާ ގޮތަކުންނެވެ. އޭނާ އެންމެ ބޭނުންވަނީ ކުރީގެ ކުލަބު ބާސެލޯނާއަށް ބަދަލުވާށެވެ. ނަމަވެސް އެކުލަބުން އޭނާ ގަތުމަށް މާބޮޑު ޝައުގެއް އަދި ނުގެންގުޅެއެވެ

އުމުރުން 32 އަހަރުގެ ތިއާގޯ ވިއްކާލަން ލިވަޕޫލުން ބޭނުންވާ އެއް ސަބަބަކީ، އަންނަ ސީޒަނަށްފަހު އޭނާގެ ކޮންޓްރެކްޓް ހަމަވާތީއެވެ. މީގެ ދެ އަހަރު ކުރިން، ތިން އަހަރުގެ އެއްބަސްވުމެއްގައި އޭނާ ލިވަޕޫލާ ގުޅުނީ ޖަރުމަނުގެ ބަޔާން މިއުނިކުންނެވެ.

ލިވަޕޫލް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
04 ނޮވެމްބަރު 2025

ސްލޮޓް އެދުނީ ސަޕޯޓަރުން ލިވަޕޫލް އާއެކު ތިބުމަށް

04 ނޮވެމްބަރު 2025
ސްލޮޓް އެދުނީ ސަޕޯޓަރުން ލިވަޕޫލް އާއެކު ތިބުމަށް
30 އޮކްޓޯބަރު 2025

ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި

30 އޮކްޓޯބަރު 2025
ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި
21 އޮކްޓޯބަރު 2025

ސްލޮޓް ބުނީ، ލިވަޕޫލް އަށް ބަހަނާ ދެއްކެން ނެތް ކަމަށް

21 އޮކްޓޯބަރު 2025
ސްލޮޓް ބުނީ، ލިވަޕޫލް އަށް ބަހަނާ ދެއްކެން ނެތް ކަމަށް
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް