Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީނުގެ ކެންޑިޑެސީ މައްސަލަ

ޔާމީނަށް ކެންޑިޑެސީ ހުށަނޭޅޭ ޙާލަތެއްގައި ޕީޕީއެމްއިން ކެންޑިޑޭޓެއް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް އެދިއްޖެ

4 އޯގަސްޓު 2023 | ހުކުރު 12:16

އިންތިޚާބުގައި ބައިވެރިވުމަކީ ސިޔާސީ ޙަރަކާތެއް ނޫންކަމަށް ޔާމީނުގެ ވަކީލު ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 އޯގަސްޓު 2023 | ހުކުރު 12:16
ޔާމީނުގެ ކެންޑިޑެސީ މައްސަލައިގެ އަޑުއެހުން

ޔާމީނުގެ ކެންޑިޑެސީ މައްސަލައިގެ އަޑުއެހުން

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކެންޑިޑެސީ ހުށަނޭޅޭ ޙާލަތެއްގައި ޕީޕީއެމްއިން ކެންޑިޑޭޓެއް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ޔާމީނު އެދިވަޑައިގެންފިއެވެ.

ޔާމީނުގެ ފަރާތުން އެގޮތަށް އެދިވަޑައިގެންފައިވަނީ ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާ އަޑުއެހުމުގައެވެ.

Advertisement - newsAdvertisement

ކެންޑިޑެސީއާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަން ޖެހިވަޑައިގަންނަވާނީ ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. އެގޮތުން 7 ދުވަހުގެ ތެރޭގައި މި ބާވަތުގެ މައްސަލަތައް ނިންމަން ޖެހެއެވެ.

މި އަޑުއެހުމުގައި މައްސަލަ ހުށައަޅުއްވަމުން ޔާމީނުގެ ވަކީލު ހަމްޒާ ލަތީފް ވިދާޅުވީ، އީސީން ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމާފައިވަނީ ޔާމީނުގެ 11 އަހަރުގެ ޖަލު ޙުކުމެއް އޮއޮތްކަމަށް ބުނެ ކަަމަށެވެ.

އީސީގެ ނިންމުމަކީ ޢައިރު ދުސްތޫރީ ނިންމުމެއްކަމަށް އޭނާ ވިދާޅުވިއެވެ، އެގޮތުން 109 ވަނަ މާއްދާގެ (ޅ) ގުޅިފައިވަނީ ފަރުދެއްގެ ޙައްޤަކާ ކަމަށާއި، ވުމާއެކު، ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތަކުގެ އަލީގައި އެ މާއްދާ މާނަކުރަން ޖެހޭ ކަމަށް ޔާމީނުގެ ވަކީލު ވިދާޅުވިއެވެ.

އެ މާއްދާގައިވާ "ޙުކުމެއް ކުރެވިފައިވުން" މިއީ ދަށު ކޯޓުގެ މަރުޙަލާގައި ކޮށްފައިވާ ޙުކުމުގެ ވާހަކައެއް ނޫންކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ. އެގޮތަށް މާނަކުރާނަމަ، ފަހުން ޙުކުމް ބާތިލުކުރިޔަސް، އިންތިޚާބުގައި ވާދަކުރުމުގެ ޙައްޤު ނެތިގެންދާކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.

ޔާމީނުގެ ވަކީލު ވިދާޅުވީ، އެ މާއްދާގައިވާ "ޚުކުމެއް ކުރެވިފައިވުން" މާނަކުރަންޖެހޭނީ ނިހާއީ ޙުކުމެއްގެ ގޮތުގައި ކަމަށެވެ.

ޙުކުމުގައި ހުރި މީހަކު އިންތިޚާބު ކާމިޔާބު ކުރުމުން ދެން ވާނީ ކިހިނެއްތޯ އުފެދޭ ސުވާލުގެ ޖަވާބުގައި ޔާމީނުގެ ވަކީލުން ވިދާޅުވީ، އެ ނާދިރު ޙާލަތް ދިމާވެއްޖެނަމަ، އެ ޙާލަތުގައިވެސް ޤާނޫނުއަސާސީން ފަރުވާ ލިބިދޭ ކަމަށެވެ. އެގޮތުން އެ ޙާލަތުގައި ނައިބްރައީސެއް ހުންނަ ކަމަށް ޔާމީނުގެ ވަކީލުން ވިދާޅުވިއެވެ. އެ ޙާލަތުގައި އިންތިޚާބު ބޭއްވޭނެ ގޮތް ޤާނޫނުން ބުނެދީފައިވާކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

ޔާމީނުގެ ފަރާތުން އެދިފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ނިންމުމަކީ ބާތިލު ނިންމުމެއްކަމަށް ކަނޑައަޅުއްވައިދެއްވައި، ޔާމީނަކީ ޝަރުތު ހަމަވާ ފަރާތެއްކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ.

އަދި މި ކޯޓުން ނިންމާ ނިންމުމެއްގެ ސަބަބުން ޔާމީނަށް ކެންޑިޑެސީ ހުށަނޭޅޭ ޙާލަތެއްގައި ޕީޕީއެމްއަށް އިތުރު ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް އިލެކްޝަންސްއަށް އެންގުމަށްވެސް ޔާމީނުގެ ފަރާތުން އެދިފައިވެއެވެ.

ޔާމީނުގެ ވެރިކަމުގައި ޖަލުތަކާއި ޕެރޯލް ޤާނޫނަށް ގެނައި އިސްލާޙުގައިވާ ގޮތުން، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާންމު މެމްބަރެއްގެ ޙައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލުވެރި ފަރާތެއްގެ ގޮތުގައި ހުރުމާއި، އެ ތަންތަނުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤުވެސް ޙުކުމެއް ތަންފީޒު ކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ލިބިގެން ނުވާކަމަށް ވަނީ ބަޔާންކޮށްފައެވެ.

އެ ސުވާލު ފަނޑިޔާރު ހުސްނުއްސުއޫދު ކުރެއްވުމުން ޔާމީނުގެ ވަކީލު ވިދާޅުވީ، އެ މާއްދާގައި މާނަކުރާ ސިޔާސީ ޙަރަކާތްތަކަކީ ސިޔާސީ ޕާޓީތަކުގެ އެއްވުންތަކާއި މަގުމަތީ ޙަރަކާތްތައް ކަމަށެވެ. އިންތިޚާބުގައި ބައިވެރިވުމަކީ ސިޔާސީ ޙަރަކާތެއް ނޫންކަމަށް ޔާމީނުގެ ވަކީލު ވިދާޅުވިއެވެ.

ޔާމީނަށް ކެނޑިޑެސީ ހުށަނޭޅޭ ޙާލަތެއްގައި ޕީޕީއެމްއިން ކެންޑިޑޭޓެއް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ޔާމީނުގެ ފަރާތުން އެދިލައްވާފައިވާއިރު، ޔާމީނަށް ކުރިމަތި ނުލެވޭ ޙާލަތެއްގައި "ބެކަޕެއް" ކަމަށް ބުނެ، ޕީޕީއެމްއިން ވަނީ ޕީއެންސީގެ ޓިކެޓު މުއިއްޒަށް ދީފައެވެ. ވުމާއެކު، އެކަމާ މިވަނީ ސުވާލު އުފެދިފައެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

އިތުރަށް ކިޔާލަން

04 މާރިޗު 2017

ފ. އަތޮޅު މައްސަލައިގާ ޔާމީނަށް އިތުބާރު ކުރެވޭކަށް ނެތް: ޝިފާޒް

04 މާރިޗު 2017
ފ. އަތޮޅު މައްސަލައިގާ ޔާމީނަށް އިތުބާރު ކުރެވޭކަށް ނެތް: ޝިފާޒް
02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
27 ފެބުރުއަރީ 2017

ރައީސް ޔާމީނަށް ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނެވޭނެ ގޮތަށް ގާނޫނުތައް ބަދަލުކުރުމުގެ އިޝާރާތެއް!

27 ފެބުރުއަރީ 2017
ރައީސް ޔާމީނަށް ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނެވޭނެ ގޮތަށް ގާނޫނުތައް ބަދަލުކުރުމުގެ އިޝާރާތެއް!
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
28 ޖެނުއަރީ 2017

ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި

28 ޖެނުއަރީ 2017
ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް