Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޅ. ހިންނަވަރު ބަނދަރު

ޅ. ހިންނަވަރު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އިތުރު މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކޮށްފި

3 އޯގަސްޓު 2023 | ބުރާސްފަތި 14:31

މި މަޝްރޫއުގެ އިތުރު މަސައްކަތްތަކުގެ ދަށުން، 244 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 3 އޯގަސްޓު 2023 | ބުރާސްފަތި 14:31
ޅ. ހިންނަވަރު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އިތުރު މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކުރުން

ޅ. ހިންނަވަރު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އިތުރު މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކުރުން

ޅ. ހިންނަވަރު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އިތުރު މަސައްކަތްތައް ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް ބުރާސްފަތި ދުވަހު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު ސޮއިކުރެވުނު މި މަޝްރޫއަކީ އެ ކުންފުންޏާ ހަވާލުކުރެވިފައިވާ ޅ. ހިންނަވަރު ބަނދަރު ތަރައްގީކުރުމުގެ މައި މަޝްރޫއުގެ މަސައްކަތުގެ ތެރެއަށް އިތުރުކުރެވުނު މަސައްކަތްތަކެކެވެ. އެ އެއްބަސްވުމުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތުގެ ތެރޭގައި؛ މިހާރު ލާފައިވާ ބޭރުތޮށި ރީޕްރޮފައިލް ކުރުމާއި، 270 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 24.32 މިލިއަން ރުފިޔާއަށް، 270 ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

ތަނަވަސް ބަނދަރެއް އޮތުމަކީ ހިންނަވަރާއި އަދި އެ ރަށަށް ދާ ގިނަ އުޅަނދުފަހަރަށް ވެސް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެ ކަމެއްގެގޮތުގައި އެމްޓީސީސީން ގަބޫލުކުރެއެވެ. ހަމައެހެންމެ އެ ރަށު ރައްޔިތުންގެ އެންމެ ދެކެން ބޭނުންވަނީވެސް ޖާގަ ތަނަވަސް، ޒަމާނީ ބަނދަރެއް ލިބޭނެ ދުވަހެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެހެންކަމުން ބުރާސްފަތި ދުވަހު ސޮއިކުރި ޅ. ހިންނަވަރު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އިތުރު މަސައްކަތް ނިމުމާއެކު، ރައްޔިތުން އަހަރުތަކެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ، ލަފައިފުރުމުގެ ދަތިކަން އެއްކޮށް ނިމި އެކަށީގެންވާ ރަނގަޅު ހައްލެއް ލިބިގެން ދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ހިންނަވަރު ބަނދަރު ތަރައްގީކުރުމުގެ މައި މަޝްރޫއު ސަރުކާރުން އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. އެ މަޝްރޫއު ހަވާލުކޮށްފައިވަނީ ކޮވިޑުގެ އާލަމީ ވަބާގެ ތެރޭގައި އޮތް ދުވަސްކޮޅުގައި ނަމަވެސް، އެ ކުންފުނިން އަމާޒު ހިފީ މި މަޝްރޫއު، ދީފައިވާ މުއްދަތަށް ނިންމައި ހަވާލުކުރުމަށް ކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން 104.68 މިލިއަން ރުފިޔާއަށް، ޕްލޭނިންގ މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ %98 މަސައްކަތް އެއްކޮށް ނިމިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

ޅ. ހިންނަވަރު ބަނދަރު ތަރައްގީކުރުމުގެ މައި މަޝްރޫއުގެ ދަށުން، 269.53 މީޓަރުގެ ޝީޓް ޕައިލްކުރުމާއި، 422 މީޓަރުގެ އެލް ބްލޮކް ހަރުކުރުމާއި، 32,585.38 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 169.92 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 88 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 72.29 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 3,998.56 ސްކޮޔަރ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި، ބޮލާރޑް އަދި މޫރިންގ ބްލޮކް ހަރުކުރުމާއި، 121 ސްކޮޔަރ މީޓަރުގެ ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް