Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އުރީދޫ މޯލްޑިވްސްގެ އޮފަރތައް

އުރީދޫގެ 18 ވަނަ އަހަރީ ދުވަހާ ގުޅިގެން ޚާއްސަ އޮފަރތަކެއް

ތުރޮޓްލް ނުވާ، އަންލިމިޓެޑް ސުޕަރނެޓް ޕްލޭނެއް ތައާރަފުކޮށްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 3 އޯގަސްޓު 2023 | ބުރާސްފަތި 10:44
އުރީދޫ

އުރީދޫ

އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަހާ ގުޅިގެން ޚާއްސަ އޮފަރތަކެއް ތައާރަފުކޮށްފިއެވެ.

އުރީދޫގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އާލް ހަމާދީއާއި ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒާއި ހެޑް އޮފް ބްރޭންޑް އެންޑް މާކޮމްސް ނޫރާ އިބްރާހީމް ޒާހިރު ވަނީ އެ ކުންފުނީގެ ސްޓްރެޓެޖިކް އަޕްޑޭޓްތައް ހިއްސާކުރައްވައި، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ވަރަށް ޚާއްސަ އޮފަރތަކެއް ތައާރަފުކުރައްވާފައެވެ.

Advertisement - businessAdvertisement

އެގޮތުން ތައާރަފުކޮށްފައިވާ އޮފަރތަކަކީ:

ތުރޮޓްލް ނުވާ، އަންލިމިޓެޑް ސުޕަރނެޓް ޕްލޭން

އައު ފައިބަރ ސުޕަރނެޓް ޕްލޭނަކީ ތުރޮޓްލް ނުވާ އަންލިމިޓެޑް ސުޕަރނެޓް ޕްލޭނެކެވެ. މުޅި މަހު 18 އެމްބީޕީއެސް ސްޕީޑާއެކު މެދުނުކެނޑި އިންޓަނެޓް ޚިދުމަތް ލިބޭއިރު މި ޕްލޭނަށް މަހަކު ދައްކަން ޖެހެނީ އެންމެ 599 ރުފިޔާއެވެ. އުރީދޫގެ އަހަރީ ދުވަހާ ގުޅުވައިގެން ތައާރަފްކުރެވުނު މި އައު ޕްލޭން ފަރުމާކޮށްފައި ވަނީ މެދުކެނޑުމެއްނެތި، އިންޓަނެޓް ބްރައުޒްކޮށް، ސްޓްރީމްކޮށް އަދި ގޭމު ކުޅޭ ފަރާތްތަކަށްވެސް އެކަށޭނަ ގޮތަކަށެވެ. މި ޕްލޭން އެކްޓިވޭޓްކޮށްލުމަށްhttp://ore.do/supernetunlimitedޒިޔާރަތްކޮށްލާށެވެ.

އެއްފަހަރާ ގިނަ މަސްތަކަށް އުރީދޫ ޕޯސްޓްޕެއިޑް ބިލް ދައްކައިގެން ބޮޑު ޑިސްކައުންޓެއް!

އެއްފަހަރާ ގިނަ މަސްތަކަށް އުރީދޫ ޕޯސްޓްޕެއިޑް ބިލް ދައްކާލުމުން ކޮންމެ މަހަކު ބިލް ދައްކަން ނުޖެހުމުގެ ލުއިފަސޭހައިގެ އިތުރުން، ބޮޑެތި ޑިސްކައުންޓާއި ބޯނަސް ޑޭޓާ ކަސްޓަމަރުންނަށް ލިބިގެންދެއެވެ. ދުނިޔޭގައި ކުރިއަރާފައިވާ ކުންފުނިތަކަށާއި ޕްލެޓްފޯމްތަކަށް ބަލައިލިނަމަވެސް އެއްފަހަރާ ދިގު މުއްދަތަކަށް ސަބްސްކްރައިބްކުރާ ނުވަތަ ފައިސާ ދައްކާ ކަސްޓަމަރުންނަށް ޚާއްސަ ރޭޓްތަކުގެ އިތުރު ފައިދާތައް ލިބެއެވެ. ހަމަ އެފަދައިން އުރީދޫ އާޗާ ޕޯސްޓްޕެއިޑާއި ނެޓުހެޔޮ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މިހާރު އެއްފަހަރާ 3 މަހަށް، 6 މަހާ 12 މަހަށް، ނުވަތަ 24 މަސް ދުވަހަށް ޕޯސްޓްޕެއިޑް ބިލް އެއްފަހަރާ ދެއްކުމަށް ޚިޔާރުކުރާ ކަސްޓަމަރުންނަށް މެދުކެނޑުމެއް ނެތި އިންޓަނެޓް ޚިދުމަތް ލިބުމުގެ އިތުރުން ބިލުން ބޮޑު ޑިސްކައުންޓެއްވެސް ލިބިގެންދެއެވެ.

އެގޮތުން ލިބޭ ޑިސްކައުންޓަށް ބަލާއިރު:

·3 މަސް ދުވަހަށް ބިލް ދައްކާ ފަރާތްތަކަށް %5 ޑިސްކައުންޓް

· 6 މަސް ދުވަހަށް ބިލް ދައްކާ ފަރާތްތަކަށް %10 ޑިސްކައުންޓް

·12 މަސް ދުވަހަށް ބިލް ދައްކާ ފަރާތްތަކަށް %15 ޑިސްކައުންޓް

· 24 މަސް ދުވަހަށް ބިލް ދައްކާ ފަރާތްތަކަށް %20 ޑިސްކައުންޓް

މީގެ އިތުރުން މި ޕޭމަންޓް ޕްލޭން ޚިޔާރުކުރާ ކަސްޓަމަރުންނަށް ތިން މަސް ދުވަހަށް ކޮންމެ މަހަކު 18 ޖީބީ ބޯނަސް ޑޭޓާއާއެކު އިންޓަނެޓް ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެއެވެ. އުރީދޫ ޕޯސްޓްޕެއިޑް ޕެކޭޖްތައް ބަލާލެއްވުމަށްhttp://ore.do/paylessޒިޔާރަތްކޮށްލާށެވެ.

މުޅި މަހަށް 1ޓީބީ ޑޭޓާ، 100އެމްބީޕީއެސް ސްޕީޑާއެކު 5ޖީ އެއަރފައިބަރގެ އައު ޕްލޭނެއް

5ޖީ އެއަރފައިބަރ މެދުވެރިކޮށް 100 އެމްބީޕީއެސް ސްޕީޑާއެކު 250 ޖީބީ ލިބޭ މި ޕްލޭނަކީ، ކޮންމެ ހަފުތާއަކު 250 ރުފިޔާއަށް އެކްޓިވޭޓްކުރެވޭ ޕްލޭނެކެވެ. ގޭމިންގ ކޮމިއުނިޓީއަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މި ގޭމިން ޕެކް މެދުވެރިކޮށް ޕެކޭޖް އިންކްލޫސިވް ޑޭޓާ އެއްކޮށް ބޭނުން ކުރުމަށް ފަހުވެސް އިންޓަނެޓްގެ ޚިދުމަތް މެދުނުކެނޑި ލިބިގެންދެއެވެ. އުރީދޫ 5ޖީ އަދި 4ޖީ ނެޓްވޯކްގެ ހަލުވި ސްޕީޑާއެކު ކަސްޓަމަރުންނަށް ހަފުތާއަކު 250 ރުފިޔާ ޓޮޕްއަޕްކޮށް މުޅި މަހަށް 1 ޓީބީ ޑޭޓާ ލިބޭނެއެވެ. މި ޕްލޭން އެކްޓިވޭޓްކޮށްލުމަށްhttp://ore.do/5gamersޒިޔާރަތްކޮށްލާށެވެ.

އުރީދޫ ނޭޝަން ގޭމްސް ކްލަބް

ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކާ ދިވެހި މުޖުތަމައި ގުޅާލުމަށް އުރީދޫއިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، އުރީދޫ ނޭޝަން ކްލަބް ތައާރަފްކޮށްފައި ވެއެވެ. އުރީދޫ ނޭޝަން ވެބްސައިޓް މެދުވެރިކޮށް ވަދެވޭ މި ގޭމް ކުލަބްގައި ޑިޒްނީ ބްރޭންޑްގެ ގޭމްތަކުގެ ހިތްގައިމު ކަލެކްޝަނަކާއެކު 100އަށްވުރެ ގިނަ ގޭމުތައް ހިމެނެއެވެ. ވަރަށް ހެޔޮ އަގެއްގައި މި ޚިދުމަތް ލިބޭއިރު ކަސްޓަމަރުންނަށް ޑެއިލީ، ވީކްލީ އަދި މަންތުލީ މި ޕްލޭންތައް ނެގޭނެއެވެ.

·ޑެއިލީ ސަބްސްކްރިޕްޝަނަށް: 24 ގަޑިއިރަށް 2 ރުފިޔާ

·ވީކްލީ ސަބްސްކްރިޕްޝަނަށް: 7 ދުވަހަށް 10 ރުފިޔާ

·މަންތުލީ ސަބްސްކްރިޕްޝަނަށ: 30 ދުވަހަށް 20 ރުފިޔާ

ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ސަބްސްކްރިޕްޝަން ފީ ދެއްކޭއިރު، ސަބްސްކްރިޕްޝަން ފީ ޕޯސްޓްޕެއިޑް ބިލަށްވެސް އެއްކޮށްލެވޭނެއެވެ. މި ޕެލެޓްފޯމަށް ސަބްސްކްރިބްކުރާ ފަރާތްތަކަށް އޮޓޯއިން ސަބްސްކްރިޕްޝަން އައުވާ ގޮތަށްވެސް ހެދޭނެއެވެ.

އުރީދޫ މޯލްޑިވްސްއިން ދިވެހި ރައްޔިތުންނަށް ދޭ އަހައްމިއްޔަތުކަމުގެ ޔަގީންކަން ދީ، ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީތަކާއި، ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް، އާ ފުރުސަތުތަކަކަށް މީހުން ގުޅުވައިދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް ހިނިތުންވުން ގެނެސްދިނުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން އުރީދޫ މޯލްޑިވްސްއިން ވަނީ ދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯދަ މަހަށް ޚާއްސަކޮށް ވަގުތީ ދަތުރުވެރިންގެ މާރުކޭޓެއް ޤާއިމުކުރަނީ

ރޯދަ މަހަށް ޚާއްސަކޮށް ވަގުތީ ދަތުރުވެރިންގެ މާރުކޭޓެއް ޤާއިމުކުރަނީ

15 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި

އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި

01 މެއި 2017
ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

27 އެޕްރީލު 2017
ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ

ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ

20 އެޕްރީލު 2017
ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި

ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި

19 އެޕްރީލު 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު