Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއަރ ލީގު

ލީގުގެ ފުރަތަމަ ބުރާއި ބަލާފަ ނަތީޖާ ގޯހެއް ނޫން: ނިޒާމްބެ

2 އޯގަސްޓު 2023 | ބުދަ 12:52

ސަސް އާއި ބުރު ބައްދަލުކުރާ މެޗު ކުޅޭނީ ބުރާސްފަތި ދުވަހު

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 2 އޯގަސްޓު 2023 | ބުދަ 12:52
ބުރުގެ ކޯޗު ނިޒާމްބެ

ބުރުގެ ކޯޗު ނިޒާމްބެ

ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރު ނިމެން ކައިރިވެފައިވާއިރު، ފުރަތަމަ ބުރާއި ބަލާފަ ޓީމުގެ ކުޅުމާއި ނަތީޖާ ގޯސް ނޫން ކަމަށް ބުރު ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ އެންމެ ހިތްހަމަޖެހޭވަރު ނުވިނަމަވެސް، ނަތީޖާ ގޯސްނޫން ކަމަށެވެ. އެންމެ ހިތްހަމަޖެހޭވަރު ނުވުމަށް ދިމާވި މައިގަނޑު އެއް ސަބަބަކީ ޓީމުގެ ސްކޮޑް އެކުލަވާލަން ދިމާވި ދަތިތައް ކަމަށް ނިޒާމްބެ ބުންޏެވެ.

މިވަގުތު ޓީމުގެ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ، މެޗަކަށްވުރެ މެޗެއް، ޓީމުގެ ކުޅުން ރަނގަޅުވާކަމަށެވެ. އަދި އިންޖަރީ އެއް ނެތިއްޔާ ހުރިހާ ކުޅުންތެރިންވެސް ބަރާބަރަށް ޕްރެކްޓިހަށް ދާކަން ފާހަގަކުރިއެވެ. ނިޒާމްބެ އިތުރަށް ބުނީ، ޓްރާންސްފާ މާކެޓުގައި އިތުރަށް ކުޅުންތެރިން ގެންނަން ބޭނުންވާ ކަމަށާއި، ޓީމުގެ ބެންޗު އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އަދި ޓީމު ތެރޭގައި ކޮމްޕެޓިޝަން ހައިކުރަން ޖެހޭކަމަށް ނިޒާމްބެ ފާހަގަކުރިއެވެ. އޭނާ އިތުރަށް ބުނީ، މެނޭޖްމަންޓުން ދިން ޓާގެޓަކީ ގަދަ ހަތަރެއްގައި ނިންމުން ކަމުގައިވިނަމަވެސް، މުބާރާތެއް ވެއްޖެއްޔާ އަބަދުވެސް ވިސްނާނީ ޗެމްޕިއަންކަން ހޯދުމަށް ކަމަށެވެ.

ނިޒާމްބެ ވަނީ ބުރުގެ މެނޭޖްމެންޓަށްވެސް ތައުރީފްކޮށްފައެވެ. ފެށުނީއްސުރެ މެނޭޖްމެންޓުގެ އެއްބާރުލުން ލިބޭކަމަށާއި، ނުވާ ވަރުން ކަންކަން ކުރަން ނޫޅޭކަމަށް ނިޒާމްބެ ބުންޏެވެ. ޓީމުގައި ބިދޭސީ ހަ ކުޅުންތެރިން ޖެހުނު ނަމަވެސް، ކުރިޔަށް އޮތް ސީޒަނަށްދާއިރު ފައިނޭންޝިއަލް ބެކްލޮގެއް ބާއްވަން ބޭނުން ނުވާކަމަށް ބުންޏެވެ.

ބުރު ދޫކޮށްލުމާ މެދު އެއްވެސް ވިސްނުމެއް ހުރިތޯ ސުވާލުކުރުމުން ނިޒާމްބެ ބުނީ، އެފަދަ ވިސްނުމެއް އަދި ނެތްކަމަށާއި، މެނޭޖްމެންޓުން ލިބޭ ސަޕޯޓާއެކު ބުރުގައި ކުރިޔަށް ދާނެ ކަމަށެވެ.

ބުރާސްފަތި ދުވަހު ބުރު ނުކުންނާނީ ތާވަލުގެ ތިން ވަނައިގައިވާ ސަސް އާ ދެކޮޅަށެވެ. ދެ ޓީމުވެސް ވަނީ ޕޮއިންޓު ގޮތުން އެއްވަރު ވެފައެވެ. އެހެންކަމުން މި މެޗު ވެގެންދާނީ ދެ ޓީމަށްވެސް މުހިންމު މެޗަކަށެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް