Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަންހެނުންގެ ވޯލްޑްކަޕް

ވިމެންސް ވޯލްޑް ކަޕް: ދެކުނު އެފްރިކާއާއި ސްވިޑްން ދެވަނަ ބުރަށް

2 އޯގަސްޓު 2023 | ބުދަ 10:54

ދެވަނަ ބުރުގައި ސްވިޑްން ކުޅެން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން އެމެރިކާއާ

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 2 އޯގަސްޓު 2023 | ބުދަ 10:54
ސްވިޑްންއާއި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން

ސްވިޑްންއާއި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން

ފީފާ ވިމެންސް ވޯލްޑް ކަޕުގެ ދެވަނަ ބުރުން ސްވިޑްންއާއި ދެކުނު އެފްރިކާ ޖާގަ ހޯދައިފިއެވެ.

ސްވިޑްން ދެވަނަ ބުރުން ޖާގަ ހޯދީ ގުރޫޕު ޖީގައި ކުޅުނު ތިން މެޗުން މޮޅުވެ، ނުވަ ޕޮއިންޓާއެކު އެއްވަނަ ހޯދައިގެންނެވެ. ބުދަ ދުވަހު ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ސްވިޑްން ނިކުތީ އާޖެންޓީނާއާ ދެކޮޅަށެވެ. މި މެޗު ސްވިޑްންއިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.

އާޖެންޓީނާ މެޗަށް ނިކުތްއިރުވެސް ސްވިޑްންއަށް ވަނީ ގުރޫޕުގެ އެއްވަނަ ޔަގީންވެފައެވެ. ސްވިޑްންގެ ފުރަތަމަ ލަނޑު ޖަހައިދިނީ ރެބެކާ ބްލޮމްކްވިސްޓެވެ. އޭގެފަހުން، މެޗުގެ 90 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްދިނީ ރުބެންސަންއެވެ. މެޗުން ބަލިވި އާޖެންޓީނާއަށް، އެއް ޕޮއިންޓާއެކު ލިބުނީ ތާވަލުގެ ހަތަރުވަނައެވެ.

ދެކުނު އެފްރިކާއިން ވަނީ 3-2ގެ ނަތީޖާއަކުން އިޓަލީ ބަލިކޮށް، ވޯލްޑް ކަޕުގެ ފުރަތަމަ މޮޅު ހޯދާފައެވެ. މީގެކުރިން އެ ޓީމު ވޯލްޑް ކަޕުގައި ކުޅެފައިވަނީ ހަމައެކަނި 2019 ވަނަ އަހަރުއެވެ. އެ އަހަރުގެ މުބާރާތުގައި ކުޅުނު ތިން މެޗުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ.

މެޗުގެ ކުރީކޮޅު ފުރަތަމަ ލީޑު ނެގީ އިޓަލީންނެވެ. އެ ލަނޑު ޖަހައިދިނީ އަރިއާނާ ކަރުސޯއެވެ. ދެކުނު އެފްރިކާގެ ފުރަތަމަ ލަނޑަކީ އިޓަލީގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ދެވަނަ ހާފުގައި ދެކުނު އެފްރިކާގެ ހިލްދާ މަގާޔާ ލަނޑެއް ޖަހައި އެ ޓީމަށް ފުރަތަމަ ފަހަރަށް ކުރިހޯދައިދިނެވެ. ނަމަވެސް ކަރުސޯ ވަނީ އިތުރު ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ 92 ވަނަ މިނެޓުގައި ދެކުނު އެފްރިކާ މޮޅުކޮށްދިން ލަނޑު ޖެހީ ތެމްބީ ކަގަޓްލާނާއެވެ. ހަތަރު ޕޮއިންޓާއެކު ދެކުނު އެފްރިކާ ވަނީ ގުރޫޕުގެ ދެވަނަ ޖާގަ ހޯދާފައެވެ. މިއީ މުބާރާތުގެ ދެވަނަ ބުރަށް ދެކުނު އެފްރިކާ ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ދެވަނަ ބުރުގައި ސްވިޑްން ކުޅެންޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން އެމެރިކާއާއެވެ. އަދި ދެކުނު އެފްރިކާ ނިކުންނާނީ ގުރޫޕު އީގެ އެއްވަނަ، ނެދަލޭންޑްސްއާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް