Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަންހެނުންގެ ވޯލްޑްކަޕް

ވިމެންސް ވޯލްޑް ކަޕް: އިންގްލެންޑަށް ގުރޫޕުގެ އެއްވަނަ ލިބުނުއިރު، އެމެރިކާއަށް ދަށް ނަތީޖާއެއް

އިންގްލެންޑު ވަނީ ގުރޫޕުގެ ތިން މެޗުން މޮޅުވެފަ

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 1 އޯގަސްޓު 2023 | އަންގާރަ 14:34
އިންގްލެންޑާއި ޗައިނާ ބައްދަލުކުރި މެޗުގެ ތެރެއިން

އިންގްލެންޑާއި ޗައިނާ ބައްދަލުކުރި މެޗުގެ ތެރެއިން

މިހާރު ކުރިޔަށްދާ ފީފާ ވިމެންސް ވޯލްޑް ކަޕުގެ ގުރޫޕު ޑީ ގެ އެއްވަނަ އިންގްލެންޑުން ހޯދިއިރު، ގުރޫޕު އީ ގައި އެންމެ ފަހުގެ ޗެމްޕިއަން އެމެރިކާއަށް ހޯދުނީ ތާރީޚީ ދަށް ނަތީޖާއެކެވެ.

އިންގްލެންޑުން އެންމެ ފަހު މެޗަށް ނިކުތީ ޗައިނާ އާ ދެކޮޅަށެވެ. އެ މެޗަށް ނިކުތް އިރުވެސް އިންގްލެންޑު ވަނީ ކުޅުނު ދެ މެޗުން މޮޅުވެ، ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފައެވެ. އިންގެލެންޑުން ޗައިނާގެ މައްޗަށް ކުރިހޯދީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ ލޯރެން ޖޭމްސްއެވެ. އޭނާ ވަނީ ދެ ލަނޑު ޖަހާ، ތިން ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. އެ ޓީމުގެ ބާކީ ހަތަރު ލަނޑު ޖަހައިދިނީ ރުސޯ، ހެމްޕް، ކެލީ އަދި ޑަލީ އެވެ. ޗައިނާގެ ހަމައެކަނި ލަނޑަކީ ލިބުނު ޕެނެލްޓީ އަކުން ވޭންގް ކާމިޔާބުކޮށްދިން ލަނޑެކެވެ.

ގުރޫޕު ޑީގެ ދެވަނަ ހޯދީ ޑެންމާކެވެ. އަންގާރަ ދުވަހު ހެއިޓީ އާ ދެކޮޅަށް ކުޅުނު މެޗު ޑެންމާކުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީ އަކުން އެ ޓީމަށް ކުރިހޯދަދިނީ ހާޑާ އެވެ. އަދި މެޗުގެ 90 މިނެޓު ހަމަވެ، އިތުރު ވަގުތުގެ 10 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ ޓްރޯލްސްގާޑެވެ. ތިން މެޗުން މޮޅުވެ އިންގްލެންޑަށް ނުވަ ޕޮއިންޓް ލިބުނުއިރު، ދެ މެޗުން މޮޅުވެ ޑެންމާކަށް ލިބުނީ ހަ ޕޮއިންޓެވެ.

އެންމެ ފަހުގެ ޗެމްޕިއަން އެމެރިކާއަށް މިފަހަރު ހޯދުނީ ތާރީޚީ ދަށް ނަތީޖާއެކެވެ. މިއަހަރުގެ މުބާރާތަކީ، ގުރޫޕު ސްޓޭޖުގައި އެމެރިކާ އެންމެ މެޗަކުން މޮޅުވި ހަމައެކަނި މުބާރާތެވެ. އެ ޓީމަށް މޮޅުވެވުނީ ވިއެޓްނާމް ކައިރިން އެކަންޏެވެ. ނެދަލޭންޑްސް ކައިރިން އެއްވަރު ވެފައިވާއިރު، އެންމެ ފަހު މެޗަށް ނިކުތީ ޕޯޗުގަލް އާ ދެކޮޅަށެވެ. މި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެނެވެ. ފަސް ޕޮއިންޓާއެކު އެމެރިކާއަށް ލިބުނީ ގުރޫޕުގެ ދެވަނަ އެވެ.

ހަތް ޕޮއިންޓާއެކު ގުރޫޕު އީ ގެ އެއްވަނަ ހޯދީ ނެދަލޭންޑްސް އެވެ. އެ ޓީމުން ވަނީ ގުރޫޕުގެ ފަހު މެޗުގައި ވިއެޓްނާމް ކައިރިން ފަސޭހަކަމާއެކު 7-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. ބްރޫގްސް އާއި ރޫޑް އާ ދެކުޅުންތެރިންކުރެ ކޮންމެ ކުޅުންތެރިއެއް ވަނީ ދެ ލަނޑު ޖަހާފައެވެ. އެ ޓީމުގެ ބާކީ ތިން ލަނޑު ޖެހީ މާޓެންސް، ސްނޯޖްސް އަދި ވެން ޑި ޑޮންކެވެ.

އަންހެނުންގެ ވޯލްޑް ކަޕުގެ ގުރޫޕު ސްޓޭޖުގައި ބާކީ އޮތީ ގުރޫޕު އެފް، ޖީ އަދި އެޗުގެ މެޗު ތަކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު