Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގެވެށި އަނިޔާ

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން މާލީ ފުދުންތެރިކަން ނެތް މީހުންނަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި

1 އޯގަސްޓު 2023 | އަންގާރަ 03:01

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރުދުންނަށް އަދުލު އިންސާފާ ހިސާބަށް ވާސިލްވުމަށް އަދިވެސްގިނަ ގޮންޖެހުންތަކެއް އެބަހުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 އޯގަސްޓު 2023 | އަންގާރަ 03:01
ގެވެށި އަނިޔާ ލިބޭ މީހުންނަށް ގާނޫނީ ވަކީލުން ހަމަޖައްސައިދޭން ވަނީ ފަށާފައި

ގެވެށި އަނިޔާ ލިބޭ މީހުންނަށް ގާނޫނީ ވަކީލުން ހަމަޖައްސައިދޭން ވަނީ ފަށާފައި

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން މާލީ ފުދުންތެރިކަން ނެތް މީހުންނަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މި ހިދުމަތް ފޯރުކޮށްދޭން ފަށާފައިވަނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ. ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓިން ބުނީ މި ގާނޫނުގެ އެންމެ މުހިންމު އެއް މަގްސަދަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހުންނަަށް ޚަރަދުކުޑަކޮށް، އަވަސްމިނެއްގައި އަލި ލުއިފަސޭހަ މަރުހަލާއެއްގެ ތެރެއިން އިންސާފު ހޯދައިދިނުން ކަމަށެވެ. އަދި ފާއިތުވި 11 އަހަރު ދުވަހުގެ ތެރޭގައި ފުދުންތެރިކަން ނެތް ފަރާތްތަކަށް ދައުލަތުގެ ފަރާތުން ގާނޫނި ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރެވިފައިވާ މަސައްކަތްތައް މަދު ކަމަށެވެ.

Advertisement - newsAdvertisement

އަދި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރުދުންނަށް އަދުލު އިންސާފާ ހިސާބަށް ވާސިލްވުމަށް އަދިވެސް ގިނަ ގޮންޖެހުންތަކެއް ހުރިކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.

މީގެ އިތުރުން ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ގާނޫނުން ލިބިދޭ ރައްކާތެރިކަން ފޯރުކޮށްދީ، މުޖްތަމައުގައި، އަމާންކަމާއެކު އެފަދަ ފަރާތްތައް ދިރިއުޅުމަށް މަގުފަހިކުރުމުގެ ގޮތުން އެކަށީގެންވާ އަވަސްމިނެއްގައި އަދުލު އިންސާފު ހޯދޭނެ މަގު ތަނަވަސްކުރުމަކީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ދައުލަތުގެ މައްޗަށް މަތިކުރެވިފައިވާ ޒިންމާއެއް ކަމަށެވެ.

އަދި ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަކީ ޖިސްމާނީގޮތުންނާއި ނަފްސާނީ ގޮތުން ފުންއަސަރުތަކެއް ތަހައްމަލުކުރަމުންދާ ބަޔަކަށްވީހިނދު، އެކަށީގެންވާ އަވަސްމިނެއްގައި އެފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ލިބެންޖެހޭ ގާނޫނި ލަފާ އަދި އެހީތެރިކަން ލިބިދިނުމަކީ މުހިންމުކަމަކަށްވާތީ، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ފުދުންތެރިކަން ނެތް މީހުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދެފިނަމަ އެފަރާތްތަކަށް ގާނޫނުގައިވާގޮތުގެ މަތިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހިދުމަތް އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެން ލިބޭނެކަމަށެވެ.

އަދި އެ އޮތޯރިޓީން އެކުލަވާލާފައިވާ "ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހުންގެ ތެރެއިން މާލީ ފުދުންތެރިކަން ނެތް މީހުނަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގަވާއިދު" އާއި އެއްގޮތްވާ ގޮތުގެ މަތިންނަށް ހިދުމަތް ފޯރުކޮށްދޭނެކަމަށް ބުނެފައިވެއެވެ. އަދި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، އެކަމަށް ޚާއްސަކުރެވިފައިވާ ފޯމު އެ އޮތޯރިޓީންނާއި ވެބްސައިޓުން ލިބެން ހުންނާނެކަމަށް ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް