Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މުޞްޙަފް އެންދި މައްސަލަ

މުޞްޙަފް އެންދުމާއި ދެކޮޅަށް ފިޔަވަޅުނާޅާ ދޫކޮށްލެވިގެން ދިއުމަކީ އެއްވެސް ހާލެއްގައި ޤަބޫލުކުރެވޭނެކަމެއްނޫން - ސަރުކާރު

އެފަދަ އަމަލުތަކަކީ ހަރުކަށި ފިކުރުތައް ފެތުރުމަށް ބާރުއަޅާ އަމަލުތަކެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 1 އޯގަސްޓު 2023 | އަންގާރަ 02:57
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އިންސާނީ ހައްޤުގެ ނަމުގައި ދީނުގެ އަސާސްތަކުގެ ޚިލާފަށް ހިންގާ މިފަދަ އަމަލުތަކާ ދެކޮޅަށް ފިޔަވަޅުނާޅާ ދޫކޮށްލެވިގެން ދިއުމަކީ އެއްވެސް ހާލެއްގައި ޤަބޫލުކުރެވޭނެކަމެއްނޫން ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން މިހެން ބުނެފައިވަނީ ސްވީޑަން އަދި ޑެންމާކްގައި މުޞްޙަފް އެންދުމާއި އަލް-އަޤްސާ މިސްކިތުގެ ހަރިންމަ ތެރެއަށް އިސްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު ވަނުމާ ގުޅިގެން އޯ.އައި.ސީ. އިން ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި ބައްދަލުވުމުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަން ދެއްވި ތަގުރީރުގައެވެ.

Advertisement - newsAdvertisement

ދާދިފަހުން ސްވީޑަން އަދި ޑެންމާކްގައި ހުންނަ އިރާޤްގެ އެމްބަސީ ކުރިމަތީގައި މުޞްޙަފް އަންދާލި މައްސަލަ ކުށްވެރިކޮށް އެފަދަ އަމަލުތައް ތަކުރާރުވިޔަނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންނާއި އަލް-އަޤްސާ މިސްކިތުގެ ހަރިންމަ ތެރެއަށް އިސްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު ވަދެފައިވާތީ، އެކަން ކުށްވެރިކޮށް، ސައުދީ އަރަބިއްޔާ އަދި އިރާޤުގެ ސަރުކާރުތަކުން އިސްވެ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ (އޯ.އައި.ސީ.) ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ވަރޗުއަލްކޮށް އެކްސްޓްރާ-އޯޑިނަރީ ބައްދަލުވުމެއް ބާއްވާފައިވެއެވެ.

މި ބައްދަލުވުމުގައި ތަޤްރީރުކުރައްވަމުން މިނިސްޓަރު ޝާހިދު ވަނީ މުސްޙަފް އެންދުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ، އެފަދަ އަމަލުތަކަކީ ހަރުކަށި ފިކުރުތައް ފެތުރުމަށް ބާރުއަޅާ އަމަލުތަކެއްކަމަށް ވިދާޅުވެފައެވެ. އަދި، އެ އަމަލުތަކަކީ މުސްލިމް އުންމަތައް ލިބޭ ހިތާމައެއްގެ އިތުރުން، މުޖުތަމުޢު ބައިބައިކޮށް ފިތުނަ ފަސާދަ އުފެއްދުމަށް މަގުފަހިކޮށްދޭ ދަށުދަރަޖައިގެ ޢަމަލެއް ގޮތުގައިވެސް މިނިސްޓަރު ޝާހިދުގެ ތަޤްރީރުގައި ވަނީ ސިފަކުރައްވާފައެވެ. ހަމައެއާއެކު، އިންސާނީ ހައްޤުގެ ނަމުގައި ދީނުގެ އަސާސްތަކުގެ ޚިލާފަށް ހިންގާ މިފަދަ އަމަލުތަކާ ދެކޮޅަށް ފިޔަވަޅުނާޅާ ދޫކޮށްލެވިގެން ދިއުމަކީ އެއްވެސް ހާލެއްގައި ޤަބޫލުކުރެވޭނެކަމެއްނޫން ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

އެގޮތުން، އ.ދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން މި ހިނގާ ޖުލައި މަހު ފާސްކުރި ޤަރާރަކީ އެކުގައި މަސައްކަތްކޮށްގެން ލިބޭ ކާމިޔާބީއެއްގެ ދަލީލެއް ގޮތުގައިވެސް ފާހަގަކުރެއްވިއެވެ. އަދި، މިފަދަ އަމަލުތައް ހުއްޓުމަށް ސުލްހަމަސަލަސްކަން ދެމެހެއްޓުމަށާއި އިޚްތިރާމްކުރުމަށް ބާރުއެޅުމުގެ މުހިންމުކަންވެސް ތަޤްރީރުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އަލް-އަޤްސާ މިސްކިތަށް އިސްރާއީލުން މެދުނުކެނޑި ދެމުންގެންދާ ހަމަލާތަކާއި، ހަރިންމަ ތެރެއަށް ހުއްޓުމެއްނެތި ވަނުންވެސް ކުށްވެރިކުރެއްވިއެވެ. މިފަދަ އަމަލުތަކަކީ މެދުއިރުމަތީގެ ސުލްހަމަސަލަސްކަން ގެއްލުވާލަފަދަ އަމަލެއްކަން ވެސް ފާހަގަކުރެއްވިއެވެ. އަދި، އެ މަނިކުފާނުގެ ތަޤްރީރުގައި ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުމެހެން ފަލަސްތީނުގެ ރައްޔިތުންނާއެކު ވާނެކަމުގައި ވިދާޅުވެ، ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަތުން ނިމުމަކަށް ގެނެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރާ ހިސާބަށް އިސްރާއީލުން ފަހަތަށް ޖެހުމަށް ބާރުއަޅާ، ފަލަސްތީނުގެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އޮންނަން ޖެހޭ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުވުން ނިމިގެންދިޔައީ އޯ.އައި.ސީ.ގެ މެންބަރު ޤައުމުތަކުގެ މެދުގައި މި ދެ އަމަލުތައް ކުށްވެރިކޮށް، މެދުކެނޑުމެއްނެތި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ހާމަކޮށް، ދެ ޤަރާރެއްވެސް ފާސްކޮށްގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

26 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ

ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު