Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފައްޔާޒްގެ މެސެޖު އިދިކޮޅަށް

ވާދަވެރިންނަށް ފައްޔާޒްގެ ނަސޭހަތްޕުޅު - ކެމްޕެއިނަށް ހުރަސްނާޅައި، ކެނޑިޑޭޓެއް ދައްކާ

ފައްޔާޒް ވަނީ އެމްޑީޕީގެ އަޒުމް ނުގުޑާނެ ކަމަށާއި، އެ ޕާޓީ ރޫޅައިނުލެވޭނެ ކަމަށްވެސް ވިދާޅުވެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 30 ޖުލައި 2023 | އާދީއްތަ 23:43
ފައްޔާޒް އިސްމާއީލް

ފައްޔާޒް އިސްމާއީލް

ވާދަވެރިންނަށް ދެއްވާނެ ނަސޭހަތްޕުޅަކީ، އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިނަށް ހުރަސްނާޅައި، ކެނޑިޑޭޓެއް ދެއްކުންކަަމަށް، އެމްޑީޕީގެ ޗެއަރޕަރސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ފުވައްމުލައް ސިޓީގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ކެމްޕެއިނަށް ހުރަސް އަޅަން މަސައްކަތްކުރާކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ، އެފަދަ ކަންކަން ކުރަމުން ދަނީ ރައީސް ސާލިހާ ވާދަކުރެވޭނެ ވަރުގެ ކެނޑިޑޭޓެއް ނެތުމުން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަކީ ހިތްޕުޅުތިރި ބޭފުޅެއް ކަމަށް ވީނަމަވެސް، އެމަނިކުފާނަކީ ހިތްޕުޅުތިރި ބޭފުޅެއް ނޫންކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. ފައްޔާޒް ވިދާޅުވީ ކެމްޕެއިނަށް ހުރަސްއަޅާނަމަ އިދިކޮޅު ފަރާތްތަކަށް އެއްވެސް ރަށެއްގައި ކެމްޕެއިން ނުކުރެވޭނެ ކަމަށެވެ.

ފައްޔާޒް ވަކި ޕާޓީއެއްގެ ނަން ވިދާޅުވެފައި ނުވިނަމަވެސް އެ ވާހަކަތައް އަމާޒުކުރެއްވީ އިދިކޮޅު ޕީޕީއެމަށް ކަމަށް ބެލެވެއެވެ. ޕީޕީއެމުން ދަނީ ރައީސް ސާލިހުގެ ކެމްޕެއިން ދަތުރުތައް އޮންނަ ރަށްރަށުގައި، އެ މަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތައް އޮންނަ ސަރަހައްދުތަކަށް އެއްވެ, އެ ހަރަކާތްތަކަށް ހުރަސްއަޅައި އަޑުގަދަކުރުމަށް މަސައްކަތް ކުރަމުންނެވެ. ފައްޔާޒް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރު އެމްޑީޕީން ކެމްޕެއިންނަށް ނުކުތީ ރައްކާތެރި މާހައުލެއްގައި ނޫން ކަމަށް ވިދާޅުވެފައެވެ. އޭރު ކެމްޕެއިންނަށް ނުކުންނައިރު ދެން ވާނެ ގޮތެއް ނޭނގި ބިރުވެރިކަމެއްގައި ތިބެން ޖެހުނު ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ނަމަވެސް މިއަދު އިދިކޮޅު ފަރާތްތަކަށް ވެސް ކެމްޕެއިން ކުރުމަށް ފުރުސަތު އޮތްކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވަނީ އެމްޑީޕީގެ އަޒުމް ނުގުޑާނެކަމަށާއި އެ ޕާޓީ ރޫޅައިނުލެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2019

ކޮރަޕްޝަނާ ދެކޮޅަށް ފެށި ކެމްޕެއިނަށް މައުމޫނުގެ ތައުރީފާއި ޝުކުރު ރައީސަށް!

13 ފެބުރުއަރީ 2019
ކޮރަޕްޝަނާ ދެކޮޅަށް ފެށި ކެމްޕެއިނަށް މައުމޫނުގެ ތައުރީފާއި ޝުކުރު ރައީސަށް!
01 ފެބުރުއަރީ 2019

އެމްޑީޕީ ކެނޑިޑޭޓުންނަށް ރައީސްގެ ނަސޭހަތްޕުޅު: ތެދުބަހުން ވާހަކަ ދައްކަވާ، ފުއްދޭނެ ވައުދުތައް ވެވަޑައިގަންނަވާ!

01 ފެބުރުއަރީ 2019
އެމްޑީޕީ ކެނޑިޑޭޓުންނަށް ރައީސްގެ ނަސޭހަތްޕުޅު: ތެދުބަހުން ވާހަކަ ދައްކަވާ، ފުއްދޭނެ ވައުދުތައް ވެވަޑައިގަންނަވާ!
27 އޮކްޓޯބަރު 2018

އެޗްޑީސީން ޕީޕީއެމްގެ ކެމްޕެއިނަށް ކުރި ޚަރަދުތަކާ ގުޅޭ މައްސަލައިގެ ތަހުގީގު އޭސީސީން ފަށައިފި

27 އޮކްޓޯބަރު 2018
އެޗްޑީސީން ޕީޕީއެމްގެ ކެމްޕެއިނަށް ކުރި ޚަރަދުތަކާ ގުޅޭ މައްސަލައިގެ ތަހުގީގު އޭސީސީން ފަށައިފި
03 އޮކްޓޯބަރު 2018

އިންތިހާބުގެ ކެމްޕެއިނަށް ރައީސް ހެއްދެވީ ވަކި އެކައުންޓެއް، ގާނޫނާ ހިލާފު ކަމެއް ނޫޅޭނެ: މުއާޒު

03 އޮކްޓޯބަރު 2018
އިންތިހާބުގެ ކެމްޕެއިނަށް ރައީސް ހެއްދެވީ ވަކި އެކައުންޓެއް، ގާނޫނާ ހިލާފު ކަމެއް ނޫޅޭނެ: މުއާޒު
01 ސެޕްޓެމްބަރު 2018

ކެމްޕެއިނަށް ފައިސަލް އިންޑިއާއަށް ވަޑައިގެންފި

01 ސެޕްޓެމްބަރު 2018
ކެމްޕެއިނަށް ފައިސަލް އިންޑިއާއަށް ވަޑައިގެންފި
26 އޯގަސްޓު 2018

ކެމްޕެއިނަށް ފައިސަލް ށ.އަތޮޅުގެ ރަށްތަކަށް

26 އޯގަސްޓު 2018
ކެމްޕެއިނަށް ފައިސަލް ށ.އަތޮޅުގެ ރަށްތަކަށް
30 ޖުލައި 2018

ޕީޕީއެމުން ކެމްޕެއިނަށް ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރާ މައްސަލަ މުއައްސަސާތަކަށް ހުށަހަޅައިފި

30 ޖުލައި 2018
ޕީޕީއެމުން ކެމްޕެއިނަށް ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރާ މައްސަލަ މުއައްސަސާތަކަށް ހުށަހަޅައިފި
22 ޖޫން 2018

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

22 ޖޫން 2018
ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
23 ޖެނުއަރީ 2018

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ތައްޔާރުވުމަށް ޕީޕީއެމުން ޓްރޭނިން ސެޝަންތަކެއް ކުރިއަށް ގެންދަނީ

23 ޖެނުއަރީ 2018
ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ތައްޔާރުވުމަށް ޕީޕީއެމުން ޓްރޭނިން ސެޝަންތަކެއް ކުރިއަށް ގެންދަނީ
22 ޖެނުއަރީ 2018

ކެމްޕެއިނަށް ބޭނުންވާ ފައިސާ ރައީސް ޔާމީނަށް ނުދޭ ކޮންމެ ރިސޯޓަކަށް އަރާނެ: ގުޅިފައިވާ ޕާޓީތައް

22 ޖެނުއަރީ 2018
ކެމްޕެއިނަށް ބޭނުންވާ ފައިސާ ރައީސް ޔާމީނަށް ނުދޭ ކޮންމެ ރިސޯޓަކަށް އަރާނެ: ގުޅިފައިވާ ޕާޓީތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު