Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖައިލަމްގެ މަރު

ޖައިލަމްގެ މަރު: އިރުފާނަށް ޗިޓް ރައްދު ނުކުރެވޭތީ އިސްތިއުނާފު އަޑުއެހުން ކުރިއަށް ނުގެންދެވުނު

ޖައިލަމް މަރާލާފައިވަނީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 30 ޖުލައި 2023 | އާދީއްތަ 06:54
ޖައިލަމްގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ 4 މީހުންގެ މައްޗަށްވެސް ކުށް ސާބިތުނުވާކަމަށް ވަނީ ޙުކުމްކޮށްފައި

ޖައިލަމްގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ 4 މީހުންގެ މައްޗަށްވެސް ކުށް ސާބިތުނުވާކަމަށް ވަނީ ޙުކުމްކޮށްފައި

ހ. ހަންޑްރެޑް ފްލާވަރސް, ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ 4 މީހުންގެ މައްޗަށްވެސް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާއިރު، އެ ޙުކުމުގެ އިސްތިއުނާފު އަޑުއެހުން ކެންސަލްވެއްޖެއެވެ.

އެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާކުރި ހަތަރު މީހުންނަކީ ނަސީބު ސައީދު، ވީނަސްވިލާ، ސ. ފޭދޫ، އިސްމާއިލް އަނީގު، ވ. ސިނަމާލެ، އަލީ އިރުފާން، ޖަމްނާ، ފުވައްމުލަކު އަދި މުހައްމަދު ހުމައިދު، ފިޔަޖަހާގެ، ގއ. ވިލިނގިލިއެވެ.

Advertisement - newsAdvertisement

އޭގެ ތެރެއިން ހުމައިދު ފިޔަވައި ދެން ތިބި 3 މީހުންގެ ބައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ.

މި އަޑުއެހުން ހައިކޯޓުގައި ތާވަލު ކޮށްފައި އޮތީ އާދިއްތަ ދުވަހުގެ ހެނދުނު 11:15 އަށެވެ. ނަމަވެސް އަޑުއެހުން ކެންސަލްވެފައިވަނީ މި މައްސަލައިގައި ހިމެނޭ އަލީ އިރުފާނަށް ޗިޓް ރައްދުކޮށްދެވިފައިނުވާތީއެވެ.

ޖައިލަމް މަރާލާފައިވަނީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގެ ރެއެވެ. އޭނާއަށް ހަމަލާދިނީ ދަރުބާރުގެ ކައިރީގައި ހުންނަ އޭނާގެ ގެ, ހ. ހަންޑްރެޑްފްލާވަރސް ކައިރީގައެވެ. އޭނާގެ ހަށިގަނޑުގެ 12 ތަނަކަށް ވަޅި ހަރާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ދައުލަތުން ހުށައެޅި ހެކިވެރިން ބުނާ ގޮތުގައި ޖައިލަމް އޭޑީކޭއަށް ގެންދިޔައިރުވެސް ހަރަކާތެއް ނެތެވެ. އޭނާގެ ފުއްޕާމެއާއި، ބޮޑެތި ލޭނާރުތަކަަށް އަނިޔާވެފައިވެއެވެ. ތޫނު އެއްޗަކުން ހަމަލާދީ ގިނަ ޒަޚަމްތަކެއް ދީފައިވާތީ، ޝޮކެއް ޖެހި މީހާ މަރުވާ ވަރަށް ހަށިގަނޑުން ލޭ ބޭރުވެފައި ހުއްޓެވެ. ހެކިތަކުން ދައްކާ ގޮތުގައި ޖައިލަމް މަރުވީ "ހައިޕޯވޮލެމިކް ޝޮކް"އެއް ޖެހިގެންނެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވާ 4 މީހުންގެ މައްޗަށްވެސް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 10 މާރޗު 2022ގައެވެ.

މި މައްސަލައިގައި ދައުލަތުން 8 ސިއްރު ހެކިވެރިއަކު ހުށައެޅި ނަމަވެސް އޭގެ ތެރެއިން 5 ހެކިވެރިއަކު ހާޒިރުވެފައެއް ނުވެއެވެ.

އެކި ފަހަރު އެމީހުން ހާޒިރު ކުރުމަށް މަސައްކަތްވެސް ކުރެވުނެވެ. ވުމާއެކު، އެމީހުން ތަހުގީގަށް ދީފައިވާ ބަޔާނަށްވެސް ޝަރީއަތުން ރިއާޔަތް ކޮށްފައެއް ނުވެއެވެ.

ހާޒިރުވި 3 ހެކިންގެ ތެރެއިންވެސް 2 މީހުން ބުނެފައިވަނީ ހާދިސާ ހިނގި މަންޒަރު ނުފެންނަކަމާއި، ދައުވާލިބޭ ފަރާތްތައް އައިޑެންޓިފައި ކުރަން ނޭނގޭކަމަށެވެ.

ދެން ހުރި ހެކިވެރިޔާވެސް ފަހުން ވަނީ އެއީ އޭނާ މަސްތުގެ ހާލަތުގައި ހުރެ ދިން ހެކިބަހެއްކަމަށް ބުނެ ކޯޓަށް ސިޓީއެއް ހުށައަޅާފައެވެ. އެކަން އިތުރަށް ކަށަވަރުކުރުމަށް އެ ހެކިވެރިޔާ ހާޒިރު ކުރުމަށް މަސައްކަތް ކުރި ނަމަވެސް އޭނާ ހާޒިރުވެފައެއްވެސް ނުވެއެވެ.

އިންޓެލިޖެންސް ރިޕޯޓަކީ އޭގެ ޒާތުގައި ދައުވާލިބޭ މީހުންނަށް އޭގައި ހުރި މައުލޫމާތު ބަލައި ސުވާލު ކުރުމުގެ ފުރުސަތު އޮތް އެއްޗަކަށް ނުވާއިރު، އެ ރިޕޯޓު ތައްޔާރުކުރުމަށް މައުލޫމާތު ދިން ފަރާތްތައް ހާޒިރު ކުރެވިފައިނުވާތީ މައްސަލައިގެ ނިންމުމަށް ވާސިލުވުމަށް އިންޓެލިޖެންސް ރިޕޯޓަށް ޝަރީއަތުން ރިއާޔަތެއް ނުކުރެއެވެ.

ގާޒީ ވިދާޅުވާ ގޮތުގައި އެމީހުން ހާޒިރު ކުރެވުނު ނަމަ އެ ހާލަތު ތަފާތުވީހެވެ.

ދައުލަތުން ހާދިސާ ހިނގިއިރު ދައުވާ ލިބޭ ފަރާތްތަކުގެ އަމަލުތައް ފެންނަ އަދި އެއާ ގުޅުންހުރި 19 ސީޑީއެއް ހުށައަޅާފައިވާއިރު، އޭގެ މައްޗަށް 4 "ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓް"އެއް ހުށައަޅާފައިވެއެވެ.

އެހެންނަމަވެސް، ފުޓޭޖްތައް ނެގި ލޮކޭޝަންއާއި، ފުލުހުންގެ މުއައްސަސާއާ ހަމައަށް އެ ފުޓޭޖްތައް އައި ގޮތް ބަޔާންކޮށްދޭ ޗެއިން އޮފް ކަސްޓަޑީއެއް އެއްވެސް ސީޑީއަކާއި ގުޅިގެން ފުލުހުން ހުށައަޅާފައެއް ނުވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު