Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއަރ ލީގު

ގްރީން ސްޓްރީޓްސް ކައިރިން އީގަލްސްއަށް މުހިންމު މޮޅެއް

29 ޖުލައި 2023 | ހޮނިހިރު 19:39

މާޒިޔާ އާ ބައްދަލުކުރާ މެޗުން މޮޅުވެގެން އީގަލްސްއަށް އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތް

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 29 ޖުލައި 2023 | ހޮނިހިރު 19:39
އީގަލްސް އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން

އީގަލްސް އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން

ދިވެހި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ 6-1 ން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ކްލަބް އީގަލްސް އިން މުހިންމު މޮޅެއް ހޯދައިފިއެވެ.

މި ސީޒަނުގައި ލީގު ތައްޓަށް މާޒިޔާއާ އެންމެ ގާތުން ވާދަކުރާ ޓީމަކަށް އޮތީ އީގަލްސްއެވެ. އެއްވެސް މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ދެ ޓީމަކީވެސް މާޒިޔާ އާއި އީގަލްސް އެވެ. ހޮނިހިރު ދުވަހު ހަވީރު ވެލެންސިއާ މެޗު ލިބުމުން، މާޒިޔާއަށް ވަނީ ހަ މެޗުން 18 ޕޮއިންޓު ލިބިފައެވެ. އަދި ގްރީން ސްޓްރީޓްސް ބަލިކޮށް އީގަލްސް އަށް ވަނީ ހަ މެޗުން 16 ޕޮއިންޓު ލިބިފައެވެ. މިއާއެކު، މާޒިޔާއާ ބައްދަލުކުރާ މެޗުން މޮޅުވެގެން އީގަލްސްއަށް އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

މެޗުގެ ބޮޑުބައި ޑޮމިނޭޓް ކޮށްގެން ކުޅުނީވެސް އީގަލްސް އިންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި ބިދޭސީ ކުޅުންތެރިޔާ އިވާން ވަނީ އީގަލްސްގެ ފުރަތަމަ ލަނޑު ޖަހައިދީފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން އިސްމާއިލް އީސާ (މެސީ) ވަނީ އީގަލްސްއަށް ލީޑު ފުޅާކޮށްދީފައެވެ. އޭގެ ފަހުން 37 ވަނަ މިނެޓުގައި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އީގަލްސްގެ ތިންވަނަ ލަނޑު ޖަހާފައިވާއިރު، ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އަހުމަދު ރިޒުވާން (ރިޒޭ) ވަނީ އެ ޓީމަށް ހަތަރު ވަނަ ލަނޑު ޖަހައިދީފައެވެ. އީގަލްސް އިން ފުރަތަމަ ހާފު ނިންމާލީ ހަތަރު ލަނޑުގެ ފަރަގަކާއެކު ހަމަޖެހިލަިގެނެވެ.

ދެވަނަ ހާފުގައި ގްރީން ސްޓްރީޓްސް އިން ކުޅުން ރަނގަޅު ކުރިނަމަވެސް، 66 ވަނަ މިނެޓުގައި އިވާން ވަނީ އޭނާގެ ދެވަނަ ލަނޑު އަދި އީގަލްސްގެ ފަސްވަނަ ލަނޑު ޖަހާފައެވެ. އޭގެ ތިން މިނެޓު ފަހުން ފޭދޫ އިއްބެވެސް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ. ގްރީން ސްޓްރީޓްސްގެ ހަމައެކަނި ލަނޑު، މެޗު ނިމެން ކައިރިވެފައިވަނިކޮށް ޖަހައިދިނީ އިބްރާހީމް ހުމެއިދެވެ.

ތާވަލުގެ ދެވަނައިގައި އީގަލްސް އޮތް އިރު، ގްރީން ސްޓްރީޓްސް އޮތީ ހަތްވަނައިގައެވެ. އެ ޓީމަށް ހަ މެޗުން ލިބުނީ އެންމެ މޮޅެކެވެ.

ދިވެހި ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހު ހަވީރު ކުޅޭނީ ޓީސީ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބައްދަލުކުރާ މެޗެވެ. އަދި އާދިއްތަ ދުވަހުގެރޭ ކުޅޭނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

12 މާރިޗު 2017

ޕްރެކްޓިކަލް ޓްރެއިނިން ހެދުމަށް ގްރީން ސްޓްރީޓުގެ ކޯޗު ސޮބާ ބަސާ އަށް

12 މާރިޗު 2017
ޕްރެކްޓިކަލް ޓްރެއިނިން ހެދުމަށް ގްރީން ސްޓްރީޓުގެ ކޯޗު ސޮބާ ބަސާ އަށް
10 މާރިޗު 2017

މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން

10 މާރިޗު 2017
މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން
10 މާރިޗު 2017

މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް

10 މާރިޗު 2017
މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް
05 މާރިޗު 2017

ގްރީން ސްޓްރީޓް މޮޅުވިޔަ ނުދީ ވެލެންސިޔާއިން ހިފަހައްޓައިފި

05 މާރިޗު 2017
ގްރީން ސްޓްރީޓް މޮޅުވިޔަ ނުދީ ވެލެންސިޔާއިން ހިފަހައްޓައިފި
25 ފެބުރުއަރީ 2017

މާލޭ ލީގު: ފުރަތަމަ ޑިވިޝަނަށް އަލަށް އައި ގްރީން ސްޓްރީޓުން ވިކްޓަރީ ސިއްސުވާލައިފި

25 ފެބުރުއަރީ 2017
މާލޭ ލީގު: ފުރަތަމަ ޑިވިޝަނަށް އަލަށް އައި ގްރީން ސްޓްރީޓުން ވިކްޓަރީ ސިއްސުވާލައިފި
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
03 ފެބުރުއަރީ 2017

ޝަކްޓާ ޑޮނެސްކޭގެ މިޑްފީލްޑަކާއި ތަޖިކިސްތާން ލީގް ޗެމްޕިއަންގެ ޑިފެންޑަރެއް ގްރީން ސްޓްރީޓަށް

03 ފެބުރުއަރީ 2017
ޝަކްޓާ ޑޮނެސްކޭގެ މިޑްފީލްޑަކާއި ތަޖިކިސްތާން ލީގް ޗެމްޕިއަންގެ ޑިފެންޑަރެއް ގްރީން ސްޓްރީޓަށް
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް