Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓައިވާން - އެމެރިކާ ގުޅުންތައް

އެމެރިކާ އިން ޓައިވާން އަށް 345 މިލިއަން ޑޮލަރުގެ އަސްކަރީ ހަތިޔާރު ފޯރުކޮށްދެނީ

ޓައިވާނުން ދަނީ އަސްކަރީ ހަތިޔާރާއި އެކު އަސްކަރީ ހަކަތަ އިތުރުކުރުމުގެ މަސައްކަތް ކުރަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 29 ޖުލައި 2023 | ހޮނިހިރު 01:13
ޓައިވާންގެ އަސްކަރިއްޔާ

ޓައިވާންގެ އަސްކަރިއްޔާ

އެމެރިކާ އިން ޓައިވާން އަށް 345 މިލިއަން ޑޮލަރުގެ އަސްކަރީ ހަތިޔާރު ފޯރުކޮށްދޭން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެމެރިކާ އިން އެކަން ހާމަކުރީ ހުކުރު ދުވަހުއެވެ. އަދި އެެމެރިކާގެ މި ނިންމުމަކީ ޗައިނާ އިން އެ ގައުމާއި މެދު ހިތްހަމަނުޖެހޭނެ ނިންމުމެއް ކަމަށް ބެލެވެއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން މިފަދަ ނިންމުމެއް ނިންމި ނަމަވެސް އަސްކަރީ ހަތިޔާރުގެ އެހީ އާއި ގުޅޭ އިތުރު ތަފްސީލްތައް ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ކޮންގްރެސްއިން ވަނީ 1 ބިލިއަން ޑޮލަރުގެ ހަތިޔާރު ޓައިވާން އަށް ފޯރުކޮށްދިނުމަށް ފާސްކޮށްފައެވެ. ޗައިނާގެ ބެއިޖިން އިން ވަނީ ތަކުރާރުކޮށް އެމެރިކާ އިން ޓައިވާނަށް ވަމުންދާ އަސްކަރީ އެހީތެރިކަން ހުއްޓާލުމަށް ގޮވާލާފައެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެމެރިކާ އިން ޓައިވާނަށް ފޯރުކޮށްދޭ ހަތިޔާރުގެ ތެރޭގައި ޑްރޯން އާއި އަސްކަރީ ވަރުގަދަ ހަތިޔާރުތައް ހިމެނެއެވެ. މި ނިންމުމާއި އެކު ޓައިވާނަށް ފޯރުކޮށްދޭ އަސްކަރީ ހަތިޔާރުތަކުގެ ލިސްޓެއް ރަސްމީކޮށް އާއްމުކުރާނެ ކަމަށް ބެލެވެއެވެ.

ޓައިވާނުން ވަނީ އެމެރިކާ އިން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކޮށް އެކަމަށްޓަކާ ޝުކުރު އަދާކޮށްފައެވެ. ޓައިވާނުން ދަނީ އަސްކަރީ ހަތިޔާރާއި އެކު އަސްކަރީ ހަކަތަ އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި

24 ޖެނުއަރީ 2017
އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
23 ޖެނުއަރީ 2017

ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު

23 ޖެނުއަރީ 2017
ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު