Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފުޅަނދުބުރު

ފުޅަނދުބުރަށް ބޮޑު ތަރުހީބެއް

ފުޅަނދުބުރު ބޭއްވީ ތިން އަހަރުގެ މެދުކެނޑުމަކަށްފަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 ޖުލައި 2023 | ހުކުރު 02:14
ފުޅަނދުބުރު

ފުޅަނދުބުރު

މިނިވަން ދުވަހު ހަމަގައިމު ވެސް ކުޑަކުދިން އިންތިޒާރު ކުރަމުންދާނެ ވަގުތަކީ "ބޭން" ބަލަންދިޔުމާއި ފުޅަނދުބުރު ބަލާލެވޭނެ ވަގުތަށެވެ. 

ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ރާއްޖޭގައި މިވަނީ ފުޅަނދުބުރު ބާއްވާފައެވެ. މިފަހަރުގެ ފުޅަނދުބުރުގައި ޖުމްލަ 8 ކުންފުނީގެ ފަރާތުން 15 ފުޅަނދު ފެނިގެންދިޔައެވެ. 

މާލޭ ސިޓީގައި ބުރާސްފަތި ދުވަހު ފުޅަނދުބުރު ބެލުމަށްޓަކައި ވަރަށް ގިނަ އަދަދެއްގެ އާއިލާތައް މަގުތަކަށް ނުކުތެވެ. ބައެއް ބެލެނިވެރިން ކުޑަކުދިން ކޮނޑުމައްޗަށް އަރުވައިގެން އެ ކުދިންނަށް ފުޅަނދުތައް ދެއްކުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. އަނެއްބައި މީހުން ތިބީ އެކި ތަންތަނުގެ މައްޗަށް އަރައި ސަފު ހަދާލާފައެވެ. ކުދި ބޮޑު އެންމެން ދިޔައީ އެމީހުންގެ ފޯނުތައް ނަގައިގެން ފުޅަނދުބުރުގެ ވީޑިއޯ ކުރަމުންނެވެ. ނުވަތަ ސްނެޕް ކުރަމުންނެވެ. ނޫނީ ސްޓޯރީއަށް ލަމުންނެވެ.

ފުޅަނދުތަކުން ރާއްޖޭގެ ހިތްގައިމު ޖަޒީރާވަންތައް ދިރިއުޅުން ދައްކުވައިދީފައިވާއިރު އަނެއްބައި އުޅަނދުތަކުން ވަނީ ކާޓޫން ކެރެކްޓަރުތަކާއި ބޮޑުބެރުގެ ހަރަކާތްތައް ވެސް ދައްކާލާފައެވެ. ކުޑަކުދިންނަށް އެ ކާޓޫން ކެރެކްޓަރުންތައް ފެނުމުން އުފަލުން އެ މީހުންނަށް ގޮވާ ހަދައެވެ. އަދި ސަލާމް ކުރުމަށްޓަކައި ވެސް މަސައްކަތް ކުރެއެވެ. ފުޅަނދުބުރު ކައިރީގައި ނަލަހެދިލައިގެން ތިބި މީހުންނާއެކު ދަރިންގެ ފޮޓޯ ނެގޭތޯ ބައެއް ބެލެނިވެރިން ދިޔައީ މަސައްކަތް ކުރަމުންނެވެ. ކުޑަކުދިންގެ މޫނުމަތިން ފެނުނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. މިއީ ނުހަނު އުފާވެރި މަންޒަރެކެވެ.

އަޅުގަނޑުމެން އެންމެން ދެކެން ބޭނުންވަނީ ވެސް ރާއްޖެއިން މިފަދަ އުފާވެރި މަންޒަރުތަކެކެވެ. އާއިލާތައް އެކީގައި ކުޑަކުދިން މިފަދަ ހަރަކާތްތަކުގައި ބައިވެރިވެ، އެންމެންގެ މެދުގައި އެއްބައިވަންތަކަމުގެ ގުޅުން އާލާވެ ބަދަހިވެގެންދާ މަންޒަރެވެ. 

ހަމަގައިމު ވެސް މި ފުޅަނދުބުރުން ކުޑަކުދިންގެ ހިތްތަކަށް އުފާވެރިކަން އިންތިހާއަށް ގެނުވައިފިކަން ޔަޤީނެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ
01 އެޕްރީލު 2017

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟
16 މާރިޗު 2017

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު