Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

44 އަހަރަށްފަހު ބާސެލޯނާ ހުދު ކުލަ ލަނީ ރެއާލަށް ޖެއްސުން ކުރަންތަ؟

26 ޖުލައި 2023 | ބުދަ 23:56

ބާސެލޯނާއިން އެންމެ ފަހުން ހުދު ޖާޒީގައި ކުޅުނީ 1979 ވަނަ އަހަރު

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 26 ޖުލައި 2023 | ބުދަ 23:56
ބާސެލޯނާއިން ތައްޔާރުކުރި ހުދު ޖާޒީ ޓީމުގެ 2 ކުޅުންތެރިއަކު ދައްކާލަނީ

ބާސެލޯނާއިން ތައްޔާރުކުރި ހުދު ޖާޒީ ޓީމުގެ 2 ކުޅުންތެރިއަކު ދައްކާލަނީ

ސްޕޭނުގެ ބާސެލޯނާއިން 44 އަހަރަށްފަހު ފުރަތަމަ ފަހަރަށް ހުދު ޖާޒީގައި ކުޅެން ނިންމައިފި އެވެ.

ހުދަކީ ބާސެލޯނާއާ އެންމެ ވާދަވެރި ރެއާލް މެޑްރިޑްގެ ރަސްމީ ކުލަ އެވެ. ބާސެލޯނާގެ ކުލަތަކަކީ ގަދަ ނުލާއި ރަތާއި ރީނދޫ ކުލަ އެވެ. ކުރިއަށް އޮތް ސީޒަނުގައި ބާސެލޯނާއިން ހުދު ޖާޒީ ބޭނުންކުރާނީ އެ ޓީމުގެ ތިން ވަނަ ޖާޒީގެ ގޮތުގަ އެވެ.

އެކުލަބުގެ ރައީސް ހުއާން ލަޕޯޓާ ބުނީ ހުދުކުލަ ލާން ނިންމީ ބާސެލޯނާ އެ ކުޅުންތެރިއަކަށްޓަކައި އަބަދުވެސް ފަހުރުވެރިވާ ނެދަލޭންޑްސްގެ ޔޯހަން ކްރައިފްގެ ހަނދާނުގައި ކަމަށެވެ. އަދި މިއީ ވާދަވެރި ރެއާލް މެޑްރިޑަށް ކުރި ޖެއްސުމެއްނޫން ކަމަށެވެ. ބާސެލޯނާ އަށް ކުޅުނު ފަހުން ކޯޗުކަން ވެސް ކުރި ކްރައިފް އަކީ ބާސެލޯނާގައި ހުދު ޖާޒީގައި ކުޅުނު އެންމެ ވިދުންގަދަ ތަރި އެވެ. އޭނާ އަކީ މި ޒަމާނުގެ ފުޓްބޯޅަ އަށް ބާސެލޯނާ އަނބުރާލައި ކާމިޔާބީތަކުގެ ފެށުމަކަށްވި ފަރާތެވެ.

ބާސެލޯނާއިން ތައްޔާރުކޮށްފައިވާ ހުދު ޖާޒީގައި ދެ އަތުގައިވަނީ ރަތާއި ނޫ ބޭންޑެއް އަޅާފަ އެވެ. ސޯޓުގެ ކުލަ އަކީ ނޫކުލަ އެވެ. ސްޓާކީނުގެ ކުލަ އަކީ ނުލާއި ރަތެވެ. މިއީ ކްރައިފް ބޭނުންކުރި ހުދު ޖާޒީގެ ސޯޓާއި ސްޓާކީނުގެ ވެސް ކުލަތަކެވެ.  

ލަޕޯޓާ ބުނީ ކްރައިފް ބޭނުންކުރި ހުދި ޖާޒީ ނަމޫނާ އަކަށް ބަލައިގެން އައު ޖާޒީއެއް ފަރުމާކުރީ މާކެޓިން އާއި އެނޫން ވެސް ގިނަ ކަންކަމަށް ބަލާފައި ކަމަށެވެ. އަދި މި ޖާޒީގެ ހުދު ކުލައަކީ އެއްވެސް ބަޔަކަށް ތިމަންމެންގެ އެއްޗެކޭ ނުބުނެވޭނެ ކަމަށެވެ.

ބާސެލޯނާއިން އެންމެ ފަހުން ހުދު ޖާޒީގައި ކުޅުނީ 1979 ވަނަ އަހަރު ޔޫރަޕިއަން ކަޕް ވިނާސް ކަޕުގައި އިސްޕިޗް ޓައުންއާ ދެކޮޅަށެވެ. އެއަށްފަހު ހުދު ޖާޒީގައި ބާސެލޯނާ ކުޅޭ ފުރަތަމަ މެޗަށްވާނީ އަންނަ މަހު ފަށާ ސީޒަނަށް ތައްޔާރުވާން އާސެނަލްއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
03 ފެބުރުއަރީ 2017

ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި

03 ފެބުރުއަރީ 2017
ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
31 ޖެނުއަރީ 2017

ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

31 ޖެނުއަރީ 2017
ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
11 ޖެނުއަރީ 2017

ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

11 ޖެނުއަރީ 2017
ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް