Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުދައްރިސުންނަށް ލައިސަންސް ދިނުމުގެ ގަވާއިދު

މުދައްރިސުންނަށް ލައިސަންސް ދިނުމުގެ ގަވާއިދު އާއްމުކޮށްފި

މުދައްރިސުންގެ ލައިސަންސް ހޯދުމަށްޓަކައި ފީތަކެއްވެސް ވަނީ ކަނޑައަޅާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 25 ޖުލައި 2023 | އަންގާރަ 12:22
މުދައްރިސުންތަކެއް

މުދައްރިސުންތަކެއް

މުދައްރިސުން ރަޖިސްޓްރީކޮށް، ލައިސަންސް ދިނުމުގެ ގަވާއިދެއް އެކުލަވާލުމަށްފަހު އަންގާރަ ދުވަހު އާއްމުކޮށްފިއެވެ.

މި ގަވާއިދަކީ ރާއްޖޭގައި ހިންގާ ސްކޫލްތަކާއި، އަދި ކިޔަވައިދޭ އެހެނިހެން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުން ރަޖިސްޓްރީކުރުމާއި، މުދައްރިސުންނަށް ލައިސަންސް ދިނުމާއި އަދި އެއާގުޅޭ ކަންކަން ބަޔާންކުރުމަށްޓަކައި އޮގަސްޓު 2021ގައި އަމަލުކުރަން ފެށި ތައުލީމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާގޮތުގައި މި ގަވާއިދުގެ މަގުސަދަކީ، ރާއްޖޭގައި ކިޔަވައިދިނުމަށް އުޅޭ މުދައްރިސުންނަކީ ގާބިލު އެކަށީގެންވާ ބައެއްކަމަށް ކަށަވަރުކުރުމާއި، މުދައްރިސުންނަށް ލައިސަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށް ފެތޭ ބައެއްކަމަށް ކަށަވަރުކުރުމެވެ.

Advertisement - newsAdvertisement

ރާއްޖޭގައި ކިޔަވައިދޭ ސްކޫލްތަކާއި އަދި އެހެނިހެން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުން ރަޖިސްޓްރީކުރުމާއި، މުދައްރިސުންނަށް ލައިސަންސް ދިނުމާގުޅޭ އިޖުރާއަތުތައް ބަޔާންކުރުމާއި، މުދައްރިސެއްގެ ގޮތުގައި ރަޖިސްޓްރީވެ، ލައިސަންސް ލިބުން ލާޒިމްވާ ފަރާތްތަކާއި، އެކަމުން އިސްތިސްނާވާ ފަރާތްތައް ބަޔާންކުރުމަކީވެސް މި ގަވާއިދުގެ މަގުސަދެކެވެ.

މި ގަވާއިދުގެ ދަށުން މުދައްރިސުންނަށް ލައިސަންސް ދޫކުރާނީ އެކަމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީގައި ގާއިމްކުރާ ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑުންނެވެ. އެ ބޯޑުން ތިން ބާވަތެއްގެ ލައިސަންސް ދޫކުރާނެއެވެ. އެއީ ޓީޗިންގ ލައިސަންސާއި ސްކޫލް ލީޑަރޝިޕް ލައިސަންސާއި ސްކޫލް ޕްރޮފެޝަންސްގެ ލައިސަންސެވެ.

މި ގަވާއިދުގައި ވާގޮތުން، (ބިދޭސީ މުދައްރިސުންވެސް ހިމެނޭހެން) މުދައްރިސުންގެ އިތުރުން ޓިއުޝަން ދޭ ފަރާތްތަކާއި، ޓިއުޓަރުންވެސް މި ލައިސަންސް ނަގަންޖެހެއެވެ. މި ލައިސަންސް ދޫކުރެވޭނީ 5 ރޭންކަކަށް ބަހާލައިގެންނެވެ. އެއީ؛ ޓީޗަރ، ގްރެޖުއޭޓް ޓީޗަރ، ޕްރޮފިޝަން ޓީޗަރ، އެކޮމްޕްލިޝްޑް ޓީޗަރ އަދި ޑިސްޓިންގްއިޝް ޓީޗަރގެ ރޭންކެވެ.

މުދައްރިސުންގެ ލައިސަންސް ހޯދުމަށްޓަކައި ފީތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ލައިސަންސް ދޫކުރުމާއި، ލައިސަންސްގެ ރޭންކު ބަދަލުކުރުމަށް ކަނޑައަޅާފައިވަނީ 400 ރުފިޔާގެ ފީއެކެވެ. އަދި ކިޔަވައިދިނުމުގެ ވަގުތީ ލައިސަންސާއި، ޕްރޮވިޝަނަލް ޓީޗިންގ ލައިސަންސް ދޫކުރުމަށްޓަކައި 200 ރުފިޔާގެ ފީއެއް ވަނީ ކަނޑައަޅާފައެވެ.

މި ގަވާއިދުގެ ދަށުން، ލައިސަންސްގެ މުއްދަތު ހަމަވުމުން ލައިސަންސް އައު ކުރުމާއި، ބޯޑަށް ބޭނުންވާނެ ހުރިހާ ލިޔެކިޔުމަކާއި މައުލޫމާތު ހުށަހެޅުމާއި، ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކުރުން ފަދަ ކަންކަމަކީ މުދައްރިސުންގެ ބޮލުގައި އެޅޭ ޒިންމާތަކެވެ.

މި ގަވާއިދަށް އަންގާރަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެއެވެ. އެގޮތުން، ގަވާއިދަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ޚިދުމަތުގައި ތިބި މުދައްރިސުން، ބޯޑުން އަންގާ ގޮތެއްގެ މަތިން ރަޖިސްޓްރީވެ، ލައިސަންސް ހޯދަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
24 ޖެނުއަރީ 2017

އެއަރޕޯޓު ޓެކުހާއި ފީ ނެގުމުގެ ގަވާއިދު ގެޒެޓުކޮށްފި

24 ޖެނުއަރީ 2017
އެއަރޕޯޓު ޓެކުހާއި ފީ ނެގުމުގެ ގަވާއިދު ގެޒެޓުކޮށްފި
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު