Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފޮނަދޫ ހޮސްޕިޓަލް އިމާރާތްކުރުން

ފުނަދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފި

540 ދުވަހުން މަސައްކަތް ނިންމަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 24 ޖުލައި 2023 | ހޯމަ 08:32
އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން

އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން

ށ.ފުނަދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

540 ދުވަހުން ނިންމާ ގޮތަށް މި މަސައްކަތް ކުރުމަށް ހަވާލުކުރީ ސިތުރަމާސް ހެވީ އިންޑަސްޓްރީސްއާއި ފްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑަށެވެ.

Advertisement - newsAdvertisement

މި މަސައްކަތުގެ ޖުމްލަ 135,877,224.39 ރުފިޔާ (ސަތޭކަ ތިރީސްފަސް މިލިއަން އައްސަތޭކަ ހަތްދިހަ ހަތްހާސް ދުއިސައްތަ ސައުވީސް ރުފިޔާ ތިރީސް ނުވަލާރި) ހޭދަވާނެއެވެ.

މީގެ އިތުރުން 15 މެއި 2023 ގައި ކުވެއިތް ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭ.އެފް.އޭ.އީ.ޑީ)ގެ އެހީގެ ދަށުން އިމާރާތްކުރާ 30 އެނދުގެ 7 ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް 2 ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. 7 ހޮސްޕިޓަލް އިމާރާތްކުރުމަށް ކުވައިތު ފަންޑުން ޖުމްލަ 686،089،524.22 (ހަސަތޭކަ އަށްޑިހަ ހަ މިލިއަން އައްޑިހަ ނުވަހާސް ފަސްސަތޭކަ ސައުވީސް ރުފިޔާ، ބާވީސް ލާރި) ދިނުމަށް ވަނީ ހަމަޖެހިފައެވެ. ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިނގިލި، ވ. ފެލިދޫ އަދި ތ. ވިލުފުށީގައެވެ. މިތަނުން ހދ. ހަނިމާދޫ، އދ. މާމިނގިލި، ވ. ފެލިދޫ އަދި ތ. ވިލުފުށީގައި ހޮސްޕިޓަލް އެޅުމަށް ހަވާލުކޮށްފައިވަނީ ޑްޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. ށ. މިލަންދޫ، ނ. ވެލިދޫ އަދި ކ. ތުލުސްދޫގެ ހޮސްޕިޓަލްތައް އެޅުމަށް ހަވާލުކޮށްފައިވަނީ އާނަންޑް ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑާއެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހެލްތު މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 4 އަހަރުގެ ތެރޭގައި ސިއްހީ ދާއިރާގައި ހިމެނޭ ޕީ.އެސް.އައި.ޕީ މަޝްރޫއުތަކުގެ ތެރެއިން 21 މަޝްރޫއެއް ވަނީ ނިމިފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު