Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެފްއޭއެމް

އެފްއޭއެމް އިސްލާހު ކުރެވޭނީ ކުލަބުތަކަށް، ފައިސާގެ ދަހިވެތިކަމުގައި ކުލަބުތަކަށް ކޮންމެ ގޮތެއް ވެސް އޯކޭ!

އިންތިޚާބާ ދިމާކޮށް ބައްސާމް ކުލަބުތަކަށް ފައިސާ ދޭ ވާހަކަ އަކީ އަބަދުމެ ދެކެވެމުން އަންނަ ވާހަކައެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ޖުލައި 2023 | ހޯމަ 07:35
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

މިހާރު އަނެއްކާ ވެސް މިއީ ދިވެހި ފުޓުބޯޅައިގެ ހާލަތު ދަށްވެފައިވާ ކަމަށް އެންމެން ވެސް ބުނަމުން އަންނަ ދުވަސް ކޮޅެކެވެ. ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލު އަދި އޭނާގެ ޓީމު ފެއިލްވެފައިވާ ކަމަށް ބުނާ ދޫތައް ގިނަ ވެއްޖެ އެވެ. ބައްސާމަށް މިކަން ކުރެެވިދާނެ ކަމަށް މިހާރު ޤަބޫލު ކުރަނީ ވެސް ހަމައެކަނި އޭނާގެ އައުވާނުންނެވެ. ނުވަތަ ކައިރީގައި އުޅޭ ކުދިން ކޮޅެވެ. މިއީ މޮޅު ވާހަކައަކުން ކަންކަން ކުރެވޭނެ ދުވަސްވަރެއް ނޫނެވެ. އަމަލުން ނުދެއްކިއްޖެ ނަމަ، ދެން ހަތިޔާރު ބަހައްޓާފައި ވަޑައިގަންނަވަންވީ އެވެ. ނަމަވެސް ބައްސާމް ވިދާޅުވަނީ އޭނާ އެ މަގާމަށް އައީ ކުލަބުތަކުގެ ތާއީދާއެކު ކަމަށާއި، އެ މަގާމުން ދުރަށް ވަޑައިގަންނަވާނީ ވެސް ކުލަބުތަކުން އެދުމުން ކަމަށެވެ.

ފުޓުބޯޅަ ރަނގަޅު ކުރާ ވާހަކަ ކިތަންމެ އަޑު ހަރުކޮށް އާންމުން ދެއްކި ނަމަވެސް، ނުވަތަ އެފްއޭއެމާ ދެކޮޅަށް ބޮޑު ހަރަކާތެއް ފެށި ނަމަވެސް، ހަގީގަތުގައި އެފްއޭއެމް ބަދަލު ކުރުމުގެ ބާރު އޮންނަނީ ކުލަބު ތަކަށެވެ. އެކަން ކުރަން ޖެހޭނީ ކުލަބުތަކުންނެވެ. މިއަދާ ހަމައަށް އައިއިރު ދިވެހި ފުޓުބޯޅަ އަޑިއަޅާލުމުގެ ޒިންމާ ނަގަން ޖެހޭ އެންމެ ބޮޑު އެއް ބަޔަކީ ކުލަބުތަކެވެ. ތަކުރާރުކޮށް ބައްސާމް ގޯސް ހައްދަވަމުން ގެންދާކަން އެނގިތިބެމެ، ބައްސާމް ދެ ވަނަ ދައުރަކަށް ވެސް ގެނައީ އެވެ. ރަނގަޅެވެ. އެންމެ ފަހުން އޮތް އިންތިޚާބުގައި ބައްސާމާ ވާދަ ކުރާނެ މީހަކު ވެސް ނުވި އެވެ. ނަމަވެސް ބައްސާމުގެ ނަން އެކަނި އޮތޭ ކިޔާފައި، ކުލަބުތަކުން އޭނާ އަށް އާނބަސް ބުނަން ޖެހޭ ހެއްޔެވެ؟ "ނޫނެކޭ" ނުބުނެވެންވީ ސަބަބެއް ނެތެވެ.

ބައްސާމާ ދެކޮޅަށް މީގެ ކުރިން ކުލަބުތަކުން ހަނގުރާމައެއް ފެށި އެވެ. ބައްސާމުގެ އިތުބާރު ނެތް ކަމަށް ނިއުރޭޑިއަންޓާއި ވިކްޓަރީން ސޮއިކުރި އެވެ. މި ދެ ކުލަބުން އޭރު އެފްއޭއެމާ ދެކޮޅަށް ތެދުވީ ވައުދުތަކާ ހިލާފުވުމުންނެވެ. އޭގެ ތެރެއިން އެއް ކަމަކީ ލީގު ޗެމްޕިއަންކަން ހޯދުމުން ލިބެން ޖެހޭ އެއް މިލިއަން ރުފިޔާ ދޭން ފަހުން އެފްއޭއެމުން އެއްބަސްނުވުމެވެ. ނަމަވެސް މިއާއެކު އެފްއޭއެމުގެ ވިސްނުން މި ކުލަބުތަކާމެދު ބަދަލުވެ، އެންމެ ފަހުން ނިއު، ވިކްޓްރީ ކުރިމަތިވީ ސަސްޕެންޝަނެކެވެ. މިހާރު ދެ ވަނަ ޑިވިޝަނުގައި ތިބުމާއެކު މި ކުލަބުތަކުގައި މާބޮޑު ގަދަފަދަ ކަމެއް ނެތެވެ. މިއީ އެފްއޭއެމުން ވެސް ބޭނުންވިގޮތް ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

ފުޓުބޯޅައިގެ މައްސަލައިގައި ތަޖުރިބާކާރުން ބުނާ ގޮތުގައި ޒިންމާ ނަގަން ޖެހޭ ބަޔަކީ ކުލަބުތަކެވެ. ސަބަބަކީ ކުލަަބުތަކުން އިންތިޚާބާ ދިމާކޮށް ބައްސާމު ދޭ ފައިސާ ކޮޅަށް ދީލާލާ ކަމުގެ ތުހުމަތެވެ. މިއީ އަބަދުމެ ދިވެހި ފުޓުބޯޅައިގައި މިހާރު ދެކެވެމުން އަންނަ އެއް ވާހަކަ އެވެ. އަނެއްކޮޅުން މޮޅު ގޮތް ހޯދާލުމަށް ކުލަބުތަކުގެ މީހުން ބައްސާމްގެ އެކްސްކޯ އަށް ލަނީ އެވެ. މަގުމަތީ ބަހުރުވައިން ބުނާނަމަ، ބައްސާމް ކުލަބުތައް ފައި ދަށު ލަނީ އެވެ. ނުވަތަ ބައްސާމަށް ކުލަބުތައް ވިކެނީ އެވެ. ހަގީގަތުގައި މިކަމުގެ އަސަރު ކުރަނީ ދިވެހި ފުޓުބޯޅަ އަށެވެ. ކުލަބު ފުޓުބޯޅަ އަށެވެ. ޤައުމީ ޓީމުގެ ކުޅުމަށެވެ.

ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ކުލަބުތައް އޮތީ ބައްސާމް "ހައިޖެކް" ކޮށްފަ އެވެ. ސަބަބުތައް ވެސް އެ ބޭފުޅުން ދައްކަވަ އެވެ. އޭގެ އެއް ސަބަބަކީ ބައްސާމްގެ އެކްސްކޯ އަށް ވެސް ކުލަބުތަކުގެ މީހުން ލުމެވެ. ހަގީގަތުގަައި ބައެއް ކުލަބުތަކުގެ ކޯޗުން ވެސް މިކަމާ ދެކޮޅު ހަދަ އެވެ. ނަމަވެސް އެއިން މީހަކު އެ ވާހަކަ ދައްކައިފި ނަމަ، އެމީހަކަށް އެތެރެއިން އެހާ ޕްރެޝަރު އާދެ އެވެ. ނުވަތަ އެމީހުން "މަންޒަރުން" ގެއްލުވާލަ އެވެ. މިހާ ހިސާބަށް ފުޓުބޯޅައިގެ ކަންކަން ދިޔައިރު ވެސް ކުލަބުތަކަށް ހަމަ ހިލަމެއް ވެސް ނުވަނީބާ އެވެ؟ ނުވަތަ އެ މަންޒަރު ފެނުނު ނަމަވެސް، އަމިއްލަ އަށް ކަނު ބަޔަކަށް ވެގެން ތިބެނީބާ އެވެ؟

ތެދު ތެދަށް ދަންނަވާނަމަ، ފުޓުބޯޅައިގެ ހާލަތު ބަދަލު ކުރަން މިއަދު ތެދުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާންވީ ޤައުމީ ޓީމުގެ ކުރީގެ މެނޭޖަރު އިބްރާޙީމް އާމިރު (ސަލްސާ އާމިރު)، އެފްއޭއެމްގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ ހާމިދު ޢަބްދުލް ޣަފޫރު، އެފްއޭއެމްގެ ކުރީގެ ހިންގާ ސެކްރެޓަރީ ޙުސެއިން ރަޝީދު ނުވަތަ ދެން ވެސް ފުޓުބޯޅަ އަށް އަގުހުރި ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅުންނެއް ނޫނެވެ. އެންމެ ފުރަތަމަ އެކަމައިގެން ތެދުވާން ޖެހޭނީ ކުލަބުތަކެވެ. ސަލްސާ އާމިރުމެން ފަދަ ބޭބޭފުޅުން އެ ނުކުންނެވީ ކުލަބުތަކަށް އެކަން ނުކުރެވުނީމަ އެވެ. ދިވެހިންގެ އެއް ވަނަ ކުޅިވަރު ފަހަތަށް ސޮއްސާލައިގެން ގޮސް، އަތް ނުފޯރާ ފަށަށް ދާން ކުލަބުތަކުން ވަރިހަަމަ ވެގެން ތިބި ނަމަވެސް، އެ ބޭބޭފުޅުން އެގޮތް ބޭނުންނުވާތީ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްއޭއެމްގެ އެއްބާރުލުން ނުލިބުމުން، ކްލަބްތަކުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަނީ!

އެފްއޭއެމްގެ އެއްބާރުލުން ނުލިބުމުން، ކްލަބްތަކުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަނީ!

28 ފެބުރުއަރީ 2019
އެފްއޭއެމްގެ ރައީސްކަމުން އިތުބާރު ގެއްލިފައިވާ ބައްސާމް ދުރުކުރަންޖެހޭ؟

އެފްއޭއެމްގެ ރައީސްކަމުން އިތުބާރު ގެއްލިފައިވާ ބައްސާމް ދުރުކުރަންޖެހޭ؟

26 ޖެނުއަރީ 2019
ރާއްޖެއަށް އޭއެފްސީ ކަޕްގެ ޖާގަ ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ އެފްއޭއެމް!

ރާއްޖެއަށް އޭއެފްސީ ކަޕްގެ ޖާގަ ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ އެފްއޭއެމް!

24 ނޮވެމްބަރު 2018
އިންވެސްމަންޓް ފޯރަމްތަކަށް ހޭދަކުރި ބޭކާރު ފައިސާގެ މަތިން ހަނދާން ނައްތާލަންވީތޯ؟

އިންވެސްމަންޓް ފޯރަމްތަކަށް ހޭދަކުރި ބޭކާރު ފައިސާގެ މަތިން ހަނދާން ނައްތާލަންވީތޯ؟

29 ޖެނުއަރީ 2018
ފުޓުބޯޅައަށް އިންޤިލާބެއް ގެންނަން ބުނި އެފްއޭއެމްގެ ލީޑަރޝިޕް ފެއިލްވެއްޖެ!

ފުޓުބޯޅައަށް އިންޤިލާބެއް ގެންނަން ބުނި އެފްއޭއެމްގެ ލީޑަރޝިޕް ފެއިލްވެއްޖެ!

08 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު