Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތަހުގީގުކުރުން

ތަހުގީގުކުރުމުގެ ފަންނު އިތުރަށް ތަރައްގީކޮށް ހަރުދަނާ ކުރުމަކީ ވަރަށް ޚާއްސަ އަހަމިއްޔަތުކަމެއް ދެމުން އަންނަ ކަމެއް - ސީޕީ

ޝަހީދުވާ ފުލުހުންނަކީ އެންމެހައި ފުލުހުން، އެ ބައެއްގެ ގުރުބާނީގެ މައްޗަށް އެންމެ މަތީ ދަރަޖައަށް ފަޚުރުވެރިވާ ބައެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 ޖުލައި 2023 | އާދީއްތަ 16:21
ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ތަހުގީގު ކުރުމުގެ ފަންނު އިތުރަށް ތަރައްގީކޮށް ހަރުދަނާ ކުރުމަކީ ވަރަށް ޚާއްސަ އަހަމިއްޔަތުކަމެއް ދެމުން އަންނަ ކަމެއް ކަމަށް، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ތަހުގީގުތަކަށް ޚާއްސަކޮށްގެން ހ. ފޯވިންޑުގައި ހަދަމުންދިޔަ އިމާރާތުގެ މަސައްކަތް ނިންމައި، ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގުގެ ނަމުގައި ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ، އެ އިންވެސްޓިގޭޝަން އިމާރާތުގެ ނަން ޚާއްސަވާ، ޝަހީދު އާދަމް ހަލީމްގެ ލޮބުވެތި އާއިލާ މި ރަސްމިއްޔާތަށް ވަޑައިގެންދެއްވިކަމަށްޓަކައި ވަރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

އަދި މި އިމާރާތާއެކު ފުލުހުންގެ ތަހުގީގުގެ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެން އަންނާނެކަމަށް ވިދާޅުވިއެވެ. އަދި ތަހުގީގު މަސައްކަތަށް އޮތް ދައްޗެއްކަމުގައި ވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށާއި، ހެންވޭރު އަވަށުގެ ރައްޔިތުންނަށް ޚިދުމަތްތައް ދިނުމަށާއި ބްރިޖް އަދި ހައިވޭ ބެލެހެއްޓުމުގެ އިޚްތިސާސް ހަވާލުކުރެވޭ އައު ޕޮލިސް ސްޓޭޝަނެއް ގާއިމުވުމުން ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބި، ހެންވޭރު އަވަށަށް ދޭ ސަމާލުކަން އިތުރުވެގެން ދާނެކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު މި އިމާރާތް ހުޅުވިގެން މިދަނީ ޝަހީދު ސާޖަންޓް އާދަމް ހަލީމުގެ ހަނދާނުގައި ފުލުހުންގެ މެމޯރިލް ޑޭގައި ކަން ފާހަގަކުރައްވައި، ފުލުހުންގެ "މެމޯރިއަލް ޑޭ" ނިސްބަތްކުރެވިފައި ވަނީ ޝަހީދު ސާޖަންޓް އާދަމް ހަލީމުގެ ކެރުމާއ،ި ހިތްވަރުގަދަކަމާއ،ި ވާޖިބަށް ބެހެއްޓެވި ތެދުވެރިކަން އެންމެހައި ފުލުހުންނަށް ހުރި އިބުރަތާއި ނަމޫނާއެއްގެ ގޮތުގައި ފާހަގަކުރުމަށާއި، ފުލުހުންގެ ތެރެއިން ވާޖިބު އަދާކުރުމުގައި ލިބޭ އަނިޔާގައި ޝަހީދުވާ އެންމެހައި ބަތަލުންގެ ޒިކުރާ އާކުރުމުގެ ގޮތުންކަމަށް ވިދާޅުވިއެވެ.

އަދި ފުލުހުންގެ ތެރެއިން ޝަހީދުވާ ފުލުހުންނަކީ އެންމެހައި ފުލުހުން އެބައެއްގެ ގުރުބާނީގެ މައްޗަށް އެންމެ މަތީ ދަރަޖައަށް ފަޚުރުވެރިވާ ބައެއްކަމާއި އެހެންކަމުން ފުލުހުންގެ ޚިދުމަތުގައި އުޅެނިކޮށް އެކިއެކި ކާރިސާތަކާއި ހާދިސާތަކުގައި ޝަހީދުވެ ގޮސްފައިވާ ފުލުހުންގެ ޒިކުރާ އައުކުރައްވައި، އާއިލާތަކަށް ތައުޒިޔާވިދާޅުވިއެވެ.

އަދި ފުލުހުންގެ މެމޯރިއަލް ދުވަހެއް ފާހަގަކުރަމުންދާއިރު ސާޖަންޓް އާދަމް ހަލީމް ފަދަ ޚިދުމަތްތެރި އެތައް ފުލުހުންނެއް މިއަދު މިދުނިޔެއާ ވަކިވެގެން ގޮސްފައިވާކަން ފާހަގަކުރައްވައި، އެ ފުލުހުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުއާކުރެއްވިއެވެ.

އަދި ފުލުހުންގެ މަސައްކަތަށް އިތުރުކުރެވިގެންދާ މިފަދަ ކޮންމެ އައު ވަސީލަތަކީ ރައްޔިތުންގެ ޖީބުންކުރާ  ޚަރަދެއްކަން ހަނދާންކޮށް، ފުލުހުންނާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތަކީ ގާނޫނީ ހުކޫމަތުގެ ތެރެއިން ކުށާއި ކުށުގެ ބިރުވެރިކަން ނައްތާލުންކަން އަބަދުވެސް ހަނދާން ބަހައްޓަންވާނެކަމަށް ވިދާޅުވިއެވެ. 

އަދި ކޮންމެ ވަގުތެއްގައިވެސް ޒިންމާއަކަށްވާނީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ރައްޔިތުން ހަވާލުކޮށްފައިވާ ޒިންމާ ވީ އެންމެ ފުރިހަމައަކަށް އަދާކުރަން ކަމަށާއި، ފުލުހުންގެ މަސައްކަތަކީ ބާރުތަކަކާއެކު އިޚްތިޔާރުތަކެއް ވަކިވަކި ފުލުހުންނަށް ހަވާލުކުރެވިފައިވާ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. އަދި ފުލުހުން އަދާކުރާ ދައުރުތަކުގެ ތެރެއިން, ތަހުގީގުކުރުމުގެ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި، ތަހުގީގު ކުރުމުގެ ފަންނު އިތުރަށް ތަރައްގީކޮށް ހަރުދަނާ ކުރުމަކީ ވަރަށް ޚާއްސަ އަހަމިއްޔަތުކަމެއް ދެމުން އަންނަ ކަމެއް ކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު ތަހުގީގުކުރާ މުވައްޒަފުން ބިނާކުރުމާއި ހަރުދަނާ އޮނިގަނޑުތައް އެކުލަވާލައި ވަސީލަތްތައް އިތުރުކުރުމަކީ، ފުލުހުންގެ ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭނުގެ ވޮލިއުމް އެންޑް ހައި ކްރައިމް އިމްޕެކްޓް ކްރައިމްގެ ޕްރައިއޯރިޓީއާ ގުޅިފައިވާ ވަރަށް މުހިންމު ބައިތަކެއް ކަމަށް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

ރިޔާޒްގެ ޝަރީއަތް އިތުރަށް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުން އާދިއްތަ ދުވަހު!

22 އެޕްރީލު 2017
ރިޔާޒްގެ ޝަރީއަތް އިތުރަށް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުން އާދިއްތަ ދުވަހު!
09 އެޕްރީލު 2017

އެމްޑީޕީ މާފަންނު ބޮޑު ދިދަ ނެގުމާއި ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތް ފަށައިފި

09 އެޕްރީލު 2017
އެމްޑީޕީ މާފަންނު ބޮޑު ދިދަ ނެގުމާއި ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތް ފަށައިފި
09 އެޕްރީލު 2017

މާފަންނު ގެއެއްގައި އަލިފާން ރޯވެއްޖެ

09 އެޕްރީލު 2017
މާފަންނު ގެއެއްގައި އަލިފާން ރޯވެއްޖެ
30 މާރިޗު 2017

ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު

30 މާރިޗު 2017
ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު
09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު