Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

މެގުއާ އާ އެއްވެސް މައްސަލައެއް ނެތް: ފެނާންޑޭސް

މެގުއާ އަތުން ކެޕްޓަން ބޭންޑު އަތުލުމަށްފަހު، ކުރިއަށް އޮތް ސީޒަނަށް ކެޕްޓަނެއްގެ ގޮތުގައި ފެނާންޑޭސް ހަމަޖެއްސީ ކޯޗު އެރިކް ޓެން ހާގް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖުލައި 2023 | އާދީއްތަ 02:51
މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ކެޕްޓަން މެގުއާ އަދި މިހާރުގެ ކެޕްޓަން ފެނާންޑޭސް

މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ކެޕްޓަން މެގުއާ އަދި މިހާރުގެ ކެޕްޓަން ފެނާންޑޭސް

މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ކެޕްޓަން ހެރީ މެގުއާ އާ އެއްވެސް މައްސަލައެއް ނެތް ކަމަށް، އެ ކުލަބުގެ އައު ކެޕްޓަން ބްރޫނޯ ފެނާންޑޭސް ބުނެފި އެވެ.

މެގުއާ އަތުން ކެޕްޓަން ބޭންޑު އަތުލުމަށްފަހު، ކުރިއަށް އޮތް ސީޒަނަށް ކެޕްޓަނެއްގެ ގޮތުގައި ފެނާންޑޭސް ހަމަޖެއްސީ ކޯޗު އެރިކް ޓެން ހާގް އެވެ. ޓެން ހާގް ބުނީ ކުޅުންތެރިޔެއްގެ ހައިސިއްޔަތުން އެއީ މެގުއާ އަށް އުނދަގޫ ކަމަކަށް ވާނެ ކަމަށާއި، ނަމަވެސް އެއީ ޔުނައިޓެޑާއި މެގުއާ އަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށެވެ. މެގުއާ އަތުން ކެޕްޓަން ބޭންޑު އަތުލި ނަމަވެސް، އޭނާ އަކީ ޔުނައިޓެޑުގައި މުހިންމު ކުޅުންތެރިޔެއްކަން ފާހަގަކޮށް ޓެން ހާގް ބުނީ، އަމިއްލަ މަސައްކަތުން ކުރިއަށް ދިޔުމުގެ ފުރުސަތު އޭނާ އަށް ވެސް އޮންނާނެ ކަމަށެވެ.

އެކަމާ ގުޅިގެން މެގުއާ އާއި ފެނާންޑޭސްއާ ދެމެދު ނުތަނަވަސްކަމެއް އޮތް ކަމަށް ބޭރުގެ ބައެއް މީޑިއާތަކުގައި ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން ފެނާންޑޭސް ބުނީ، އައު ކެޕްޓަނެއްގެ ގޮތުގައި އޭނާ ހަމަޖެއްސުމާއެކު މެގުއާ މަރުހަބާ ކިޔާފައިވާ ކަމަށާއި، މެގުއާގެ ހިތުގައި އެއްވެސް ނުތަނަވަސްކަމެއް ނެތްކަން ބުނި ކަމަށެވެ. ފެނާންޑޭސް ބުނީ މިވަގުތު މެގުއާ ހުންނާނެ ގޮތް އޭނާ އަށް ޤަބޫލު ކުރެވޭ ކަމަށާއި، މިއީ އެންމެ ރަނގަޅު ވަގުތަށް ވެސް ނުވެދާނެ ކަމަށެވެ. މެގުއާ އަށް މިއީ އުނދަގޫ ވަގުތަކަށްވީ ނަމަވެސް، ދެމީހުންގެ ގުޅުމަށް ބަދަލެއް ނާންނަ ކަމަށް ވެސް ފެނާންޑޭސް ވަނީ ބުނެފަ އެވެ.

ލެއިސްޓަރ ސިޓީގައި ހުރުމަށްފަހު މެގުއާ ޔުނައިޓެޑަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އޭރު ޔުނައިޓެޑުން އޭނާ ހޯދީ ދުނިޔޭގެ އެންމެ އަގު ބޮޑު ޑިފެންޑަރުގެ ގޮތުގަ އެވެ. ޔުނައިޓެޑުގެ ކެޕްޓަން ބޭންޑު މެގުއާ އަށް ލިބުނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހު އެވެ.

އިތުރަށް ކިޔާލަން

02 މެއި 2017

ތާރީޚަކުން ފައިދާއެއް ނެތް، ނުކުންނާނީ އާ ސްޓައިލެއްގައި: ޒިދާން

02 މެއި 2017
ތާރީޚަކުން ފައިދާއެއް ނެތް، ނުކުންނާނީ އާ ސްޓައިލެއްގައި: ޒިދާން
26 އެޕްރީލު 2017

ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ

26 އެޕްރީލު 2017
ވާދަވެރި ކްލަބަކަށް ސަންޗޭޒް ވިއްކާލަންވީ ސަބަބެއް ނެތް: ވެންގާ
24 އެޕްރީލު 2017

ފުޓުބޯޅަ އަކީ ފާޑެއްގެ އެއްޗެއް، ކޮންމެ ފަދަ ނަތީޖާއެއްވެސް ނިކުމެދާނެ: ސާންތި

24 އެޕްރީލު 2017
ފުޓުބޯޅަ އަކީ ފާޑެއްގެ އެއްޗެއް، ކޮންމެ ފަދަ ނަތީޖާއެއްވެސް ނިކުމެދާނެ: ސާންތި
04 އެޕްރީލު 2017

ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

04 އެޕްރީލު 2017
ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު
22 މާރިޗު 2017

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު