Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވާގްނަރ ގްރޫޕް

ވާގްނަރ ގްރޫޕްގެ އަމާޒު އެފްރިކާއަށް

މިހާރުވެސް ވާގްނަރ ގްރޫޕުން އަންނަނީ އެފްރިކާގައި އަސްކަރީ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ހިންގަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 22 ޖުލައި 2023 | ހޮނިހިރު 17:56
ވާގްނަރ ގްރޫޕުގެ ހަނގުރާމަވެެރިން އެގްރޫޕްގެ ލީޑަރު ޔެވްގެނީ ޕްރިގޮޒިން އާއެކު

ވާގްނަރ ގްރޫޕުގެ ހަނގުރާމަވެެރިން އެގްރޫޕްގެ ލީޑަރު ޔެވްގެނީ ޕްރިގޮޒިން އާއެކު

ރަޝިޔާގެ ކުލީ ސިފައިންގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ވާގްނަރ ގްރޫޕުން ދެން ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިނުވާނެކަމަށާއި ކުރިޔަށް އޮތީ އެފްރިކާ ކަމަށް އެގްރޫޕްގެ ލީޑަރ ޔެވްގެނީ ޕްރިގޮޒިން ހާމަކޮށްފިއެވެ.

އެފްރިކާ ގައި އައު ދަތުރެއް ފެށުމަށް ތައްޔާރުވުމަށް ވާގްނަރ ގްރޫޕްގެ ހަނގުރާމަވެރިންނަށް ޕްރިގޮޒިން ގޮވާލާ ވީޑިއޯ އެއް ވަނީ އާންމުކޮށްފައެވެ. އެ ވީޑިއޯގައި އޭނާގެ ހަނގުރާމަވެރިންނަށް ބެލަރޫސް އަށް މަރުހަބާ ކިޔާކަމަށް ބުނެފައިވެއެވެ. ޕްރިގޮޒިން ޕްރެސް ސަރވިސް އިން ޓެލެގްރާމަށް ޕޯސްޓްކުރި މިވީޑިއޯ އަކީ ޖޫން މަހު ޕްރިގޮޒިން ރަޝިޔާގެ އަސްކަރިއްޔާ އާ ދެކޮޅަށް ކުރިޔަށްގެންދިޔަ ނާކާމިޔާބު އަސްކަރީ ހަރަކާތަށްފަހު މިގޮތަށް ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.

ޖޫން 23ން 24ށް ޕްރިގޮޒިން އިސްވެ ހުރެ ވާގްނަރ ގްރޫޕުން ކުރިޔަށްގެންދިޔަ އަސްކަރީ ހަރަކާތުގެ ތެރޭގައި ރަޝިޔާގެ ދެކުނުގެ ސިޓީއެއްކަމުގައިވާ ރޮސްޓޮވް ގިފިއެވެ. އަދި އެއަށްފަހު ރަޝިޔާގެ ވެރިރަށް މޮސްކޯ ހިފުމަށް ދަތުރުފެށިއެވެ. ނަމަވެސް މޮސްކޯ އާއި 200 ކިލޯމީޓަރާއި ހިސާބުން ޕްރިގޮޒިން މިސްރާބު ބަދަލުކޮށްލީ ލޭ އޮހޮރުވުމަކަށް ނުދާންކަމަށް ބުނެއެވެ.

ޕްރިގޮޒިން ބުނެފައިވަނީ އެއީ އިންސާފުގެ ހިނގާލުމެއްކަމަށާއި އެހަރަކާތަކީ ރަޝިޔާގެ އަސްކަރިއްޔާގައި ތިބި ކޮރަޕްޓް ކޮމާންޑަރުން މަގާމުން ދުރުކުރުމަށް ހިންގި ހަރަކާތެއްކަމަށެވެ.

ވާގްނަރ ގްރޫޕުން ރަޝިޔާގެ އަސްކަރިއްޔާ އާ ދެކޮޅަށް ތެދުވުމާއެކު ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ފުރަތަމަ ވަނީ އެގްރޫޕް ނެތިކޮށްލާނެކަމަށް ވައުދުވެވަޑައިގަންނަވާފައެވެ.

ވާގްނަރ ގްރޫޕުން މިސްރާބު ބަދަލުކޮށްލީ ބެލަރޫސްގެ ރައީސް އަލެކްސެންޑަރ ލުކްޝެންކޯ މެދުވެރިއެއްގެ ރޯލު އަދާކުރައްވައިގެންނެވެ. އެއީ ބެލަރޫސް އިން ވާގްނަރ ގްރޫޕަށް ހިމާޔަތްދޭ ގޮތަށެވެ. ނަމަވެސް މިމަހުގެ ކުރީކޮޅު ވާހަކަދައްކަވަމުން ލުކްޝެންކޯ ވިދާޅުވެފައިވަނީ ޕްރިގޮޒިން ވަނީ ބެލަރޫސް އަށް އައުމަށްފަހު އަނބުރާ ރަޝިޔާއަށް ގޮސްފައެވެ.

ފަހުން ކްރެމްލިން އިން ވަނީ ޕްރިގޮޒިން އާއި ޕުޓިން ބައްދަލުކުރެއްވިކަން ހާމަކޮށްފައެވެ. އަދި ބެލަރޫސްގެ ސިފައިން ވާގްނަރ ގްރޫޕުން ތަމްރީން ކުރާނެކަމަށް ބެލަރޫސް އިން ހާމަކުރިއެވެ.

ވީޑިއޯ ގައި ޕްރިގޮޒިން ވަނީ ވާގްނަރ ގްރޫޕްގެ ހަނގުރާމަވެރިން ބެލަރޫސް ގެ ރައްޔިތުންނާ މެދު ރަނގަޅަށް ކަންތައްކޮށް އެފްރިކާ އަށް ދިޔުމަށް ތައްޔާރުވުމަށް އެދިފައެވެ. މިހާރުވެސް ވާގްނަރ ގްރޫޕުން އަންނަނީ އެފްރިކާގައި އަސްކަރީ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ހިންގަމުންނެވެ.

ޕްރިގޮޒިން ބުނީ ފަހުގެ ހިސާބެއްގައި ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިވުމަށް އާދެވިދާނެކަމަށާއި އެއީ އެމީހުން ލަދުގަންނަން ނުޖެހޭ ފަދަ ހާލަތަކަށް ޔޫކްރެއިން މަޝްރަހު ގޮސްފައިވާނަމަ ކަމަށެވެ.

2018 ވަނަ އަހަރުން ފެށިގެން ވާގްނަރ ގްރޫޕުން އަންނަނީ ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ލީބިޔާ އަދި މާލީގައި ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްރާއީލްގެ ވެރިރަށަށް ގުދުސް ހެދުމާ ދެކޮޅަށް އދ. ގެ ގަރާރެއް ފާސްކުރުމަށް ތުރުކީ އިން އަމާޒު ހިފައިިފި

އިސްރާއީލްގެ ވެރިރަށަށް ގުދުސް ހެދުމާ ދެކޮޅަށް އދ. ގެ ގަރާރެއް ފާސްކުރުމަށް ތުރުކީ އިން އަމާޒު ހިފައިިފި

18 ޑިސެމްބަރު 2017
ސައުދީއަށް ހަތިޔާރު ވިއްކަން ނިންމުމުން ގްރީސް ސަރުކާރަށް ފާޑުކިޔުން އަމާޒުވެއްޖެ

ސައުދީއަށް ހަތިޔާރު ވިއްކަން ނިންމުމުން ގްރީސް ސަރުކާރަށް ފާޑުކިޔުން އަމާޒުވެއްޖެ

28 ނޮވެމްބަރު 2017
ޕާކިސްތާނުގެ ކުއެއްތާ ސިޓީގައި ފުލުހުންނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި ފުލުހުންގެ އިސް އޮފިޝަލަކު މަރާލައިފި

ޕާކިސްތާނުގެ ކުއެއްތާ ސިޓީގައި ފުލުހުންނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި ފުލުހުންގެ އިސް އޮފިޝަލަކު މަރާލައިފި

09 ނޮވެމްބަރު 2017
ސޯމާލިއާގައި އައިއެސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް އެމެރިކާގެ އަސްކަރިއްޔާ އިން ވައިގެ ހަަމަލާތަކެއް ދީފި

ސޯމާލިއާގައި އައިއެސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް އެމެރިކާގެ އަސްކަރިއްޔާ އިން ވައިގެ ހަަމަލާތަކެއް ދީފި

04 ނޮވެމްބަރު 2017
ޕާކިސްތާނުގެ ފުލުހުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި މަދުވެެގެން 26 މަރު

ޕާކިސްތާނުގެ ފުލުހުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި މަދުވެެގެން 26 މަރު

25 ޖުލައި 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު