Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަން

ޑިމާންޑް ބޮޑުވެ، ޗައިނާގެ އިތުރު އެއަރލައިނަކުން ރާއްޖެއަށް ދަތުރު ފަށަނީ

22 ޖުލައި 2023 | ހޮނިހިރު 07:38

މި ދަތުރުތަކުގައި ބޭނުންކުރަން ނިންމާފައިވަނީ އެއަރބަސް އޭ320

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 22 ޖުލައި 2023 | ހޮނިހިރު 07:38
ސިޗުއާން އެއަރލައިންސްގެ ބޯޓެއް ނައްޓާލަނީ

ސިޗުއާން އެއަރލައިންސްގެ ބޯޓެއް ނައްޓާލަނީ

ޗައިނާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް ޑިމާންޑު އިތުރުވެ, އެ ގައުމުގެ އިތުރު އެއަރލައިނަކުން ރާއްޖެއަށް ދަތުރު ފަށަން ނިންމައިފިއެވެ.

ޗައިނާގެ ދެ އެއަރލައިނަކުން މިހާރު ވެސް ރާއްޖެއަށް ދަތުރުކުރެއެވެ. އެއީ ޗައިނާ އީސްޓަރންއާއި ކެޕިޓަލް އެއަރލައިންސްއެވެ. މި ދެ އެއަރލައިންގެ އިތުރުން ރާއްޖެއަށް ދަތުރު ފަށަން ނިންމީ އެ ގައުމުގެ ހުޅަނގު ސަރަހައްދުގެ އެންމެ ބޮޑު އެއަރލައިން ކަމަށްވާ ސިޗުއާން އެއަރލައިންސްއިންނެވެ.

Advertisement - newsAdvertisement

އެ އެއަރލައިނުން ބުނެފައިވާގޮތުގައި ރާއްޖެއާ ޗައިނާއާ ދެމެދު ޝެޑިއުލް ދަތުރުތައް ފަށާނީ އަންނަ އޮގަސްޓް މަހުގެ 29ގައެވެ. މި ދަތުރުތައް ފެށުމާއެކު، ކޮންމެ ހަފުތާއެއްގެ ތިން ދުވަހު ދަތުރުތައް އޮންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ. މި ދަތުރުތަކުގައި ބޭނުންކުރަން ނިންމާފައިވަނީ އެއަރބަސް އޭ320 ބޯޓުތަކެވެ.

ސިޗުއާން އެއަރލައިނުން ބުނިގޮތުގައި އެ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށަން ތާވަލުކުރީ އެ ގައުމުގައި ރާއްޖެއަށް އޮންނަ ޑިމާންޑު އިތުރުވުމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުގެ ހަތަރުވަނާގައި އޮތީ ޗައިނާއެވެ. އެ ގައުމުން މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް 80،769 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ޗައިނާގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވައި، ރާއްޖެއަށް އެ ގައުމުގެ ފަތުރުވެރިން އަންނަންފެށީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް 1،016،719 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއަހަރު 1.9 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް މިހާރު ލަފާކޮށްފައި ވާއިރު، އެކި މާކެޓުތަކުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް