Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕިއޭ އެމެރިކް އޮބާމަޔަން

އޮބާމަޔަން މާސޭއަށް ސޮއިކޮށްފި

ޗެލްސީއަށް ކުޅުނު 22 މެޗުގައި އޭނާއަށް ކާމިޔާބު ކުރެވުނީ އެންމެ ތިން ލަނޑު

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 22 ޖުލައި 2023 | ހޮނިހިރު 02:00
ޕިއޭ އެމެރިކް އޮބާމަޔަން

ޕިއޭ އެމެރިކް އޮބާމަޔަން

ޗެލްސީގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަން މާސޭއަށް ސޮއިކޮށްފިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބާސެލޯނާއިން 10.3 މިލިއަން ޕައުންޑުގެ އެއްބަސްވުމެއްގެ ދަށުން ގުޅުނު އުމުރުން 34 އަހަރުގެ ފޯވާޑަށް، ޗެލްސީއަށް ކުޅުނު 22 މެޗުގައި ކާމިޔާބު ކުރެވުނީ އެންމެ ތިން ލަނޑެވެ. ފްރާންސަށް އުފަން ކުޅުންތެރިޔާގެ ފީއެއް މާސޭއިން ދެއްކި ކަމެއް އެއްވެސް ކްލަބަކުން ހާމަކޮށްފައެއް ނުވެއެވެ.

2018 ވަނަ އަހަރުން ފެށިގެން އާސެނަލްގައި ހަތަރު އަހަރު ހޭދަކޮށް، 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު އޭނާ ވަނީ ބާސާއާ ގުޅިފައެވެ. މިއީ އޮބަމަޔަން 18 މަސް ދުވަހުގެ ތެރޭގައި ޕްރިމިއާ ލީގުން ވަކިވި ދެވަނަ ފަހަރެވެ.

ބާސެލޯނާގައި ހޭދަކުރި ހަ މަސް ދުވަހުގެ ތެރޭގައި 23 މެޗުން 13 ލަނޑު ކާމިޔާބުކުރި ނަމަވެސް، ސްޓެމްފޯޑް ބްރިޖުގައި ސީޒަން ދިގު މުއްދަތަކަށް ހޭދަކުރިއިރު ތަފާތު ތިން މެނޭޖަރުންގެ އިރުޝާދުގެ ދަށުން އެ ފޯމް ތަކުރާރެެއް ނުކުރެވުނެވެ. 2015 ވަނަ އަހަރުގެ އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯ ނިމުމުން އައިސް، ތޯމަސް ޓުޗޭލްގެ އިރުޝާދުގެ ދަށުން ކުޅެފައިވަނީ އެންމެ މެޗެކެވެ.

މިދިޔަ އޮކްޓޯބަރު މަހު ކުޅުނު ތިން މެޗުގައި ތިން ލަނޑު ޖެހުމުން ފޯމަށް އެނބުރި އައުމުގެ އިޝާރާތެއް ލިބުނު ނަމަވެސް، އޮބާމަޔަންއަށް އޭގެ ފަހުން ލަނޑެއް ނުޖެހެއެވެ. މިއާއެކު ޗެމްޕިއަންސް ލީގު ގަދަ 16އަށް ނެގި ޓީމުން އޭނާއަށް ޖާގަ ގެއްލުނެވެ.

ޗެލްސީގެ ކޯޗު ކަމުން ޕޮޓާސް ވަކިކުރުމަށްފަހު، ވަގުތީ ގޮތުން ޓީމާ ހަވާލުވި ލަމްޕާޑު ވަނީ އަނެއްކާވެސް އޮބާމަޔަންއަށް ފުރަތަމަ 11އިން ޖާގަ ދީފައެވެ. ނަމަވެސް، އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ފަރާތުން ދަށް ކުޅުމެއް ފެނި، ހާފު ގަޑީގައި ބަދަލުކުރިއެވެ. އެ މެޗުން ޗެލްސީ ވަނީ 3-1ން ބަލިވެފައެވެ.

މިއީ އޮބާމަޔަން ފްރާންސް ލީގުގައި ކުޅޭ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އޭނާ ވަނީ ޑިޖޯން، ލިލް، މޮނާކޯ އަދި ސެއިންޓް އެޓިއެންއަށް ކުޅެފައެވެ.

އޮބާމަޔަންއަކީ ޕޮޗެޓީނޯ ހަވާލުވި ފަހުން ޗެލްސީން އެންމެ ފަހުން ދޫކޮށްލި ކުޅުންތެރިޔާއެވެ. ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލާފައިވާއިރު، އެ ޓީމުން ސޮއިކުރީ އެންމެ ތިން ކުޅުންތެރިންނެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ކުންފުނިތަކާއެކު ތިން ކްލަބަކުން އެއްބަސްވުމުގައި ސޮއިކޮށްފި

03 އެޕްރީލު 2017
ކުންފުނިތަކާއެކު ތިން ކްލަބަކުން އެއްބަސްވުމުގައި ސޮއިކޮށްފި
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
09 މާރިޗު 2017

ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް

09 މާރިޗު 2017
ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
30 ޖެނުއަރީ 2017

މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ

30 ޖެނުއަރީ 2017
މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު