Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވޯގް ފްރާންސް

އެމްއެމްޕީއާރުސީއިން "ވޯގް ފްރާންސް" އާއެކު ދިވެހިރާއްޖެ އިޝްތިހާރު ކުރުމުގެ ކެންޕޭނެއް

21 ޖުލައި 2023 | ހުކުރު 10:18

މި ކެމްޕެއިންގެ މަގުސަދަކީ ފަރަންސޭސިވިލާތުގެ ފަތުރުވެރިންނަށް އަމާޒުކޮށް ދިވެހިރާއްޖޭގެ ބްރޭންޑް ޕްރެޒެންސް ހަރުދަނާކުރުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 ޖުލައި 2023 | ހުކުރު 10:18
ވޯގް ފްރާންސް

ވޯގް ފްރާންސް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން ފަރަންސޭސިވިލާތުގައި ދިވެހިރާއްޖޭގެ ތަފާތު ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ޕްރޮމޯޓް ކުރުމަށް ވޯގް ފްރާންސާއެކު ޑިޖިޓަލް އަދި ޕްރިންޓް މާކެޓިންގް ކެމްޕޭނެއް ކުރިއަށް ގެންގޮސްފިއެވެ. 30 މެއި 2023 ގައި ފެށުނު މި ކެމްޕެއިން ކުރިއަށްދިޔައީ އެއް މަސް ދުވަހުގެ މުއްދަތަށެވެ. މި ކެމްޕެއިންގެ މަގުސަދަކީ ފަރަންސޭސިވިލާތުގެ ފަތުރުވެރިންނަށް އަމާޒުކޮށް ދިވެހިރާއްޖޭގެ ބްރޭންޑް ޕްރެޒެންސް ހަރުދަނާކޮށް، މި މާކެޓުން ރާއްޖެއަށް އަންނަ ފަ ތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.

ވޯގް ފްރާންސް އަކީ ފަރަންސޭސިވިލާތުގެ މާކެޓުގައި 90 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޕްރިމިއާ މަންތްލީ ފެޝަން ނިއުސް އެންޑް ޓްރެންޑްސް މެގަޒިން އެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި މަޝްހޫރު ނަމެއް ކަމަށްވާ ވޯގް އަކީ ފަރަންސޭސިވިލާތުގެ ބާޒާރުގައި ރާއްޖެއާ މެދު ދެކޭ ގޮތާ އެއްގޮތަށް އަޕްސްކޭލް އަދި "ގްލެމަރަސް" ނަމެކެވެ.

ފަރަންސޭސިވިލާތުގައި ވޯގް ބްރޭންޑްގެ ވަރުގަދަކަމުން އެމްއެމްޕީއާރުސީއަށް މި ކެމްޕޭނުން ނީޝް އެފްލުއެންޓް ފްރެންޗް މާކެޓުގެ އިތުރުން އެހެނިހެން ފަރަންސޭސިވިލާތުގެ ދަތުރުވެރިންނަށް ވެސް ވާސިލްވުމަށް ފަސޭހަ މަގެއް ލިބިގެންދާ ކެމްޕޭނެކެވެ. ވޯގްގެ ޓާގެޓް އޯޑިއެންސްގެ %46 އަކީ މަތީ ފަންތީގެ ފަތުރުވެރިންނެވެ. އަދި ޑިޖިޓަލް އޯޑިއެންސްއަކީ މަހަކު 8.9 މިލިއަން ޔުނިކް ވިޒިޓާސްއެވެ.

ވޯގްއަކީ އެކި ފަންތީގެ ކިޔުންތެރިންނަށް އެންމެ ރަނގަޅު އައު އުފެއްދުންތަކާއި ހިދުމަތްތަކާއި އޮފާތަކާ ބެހޭ ގޮތުން ޚަބަރުތައް ފޯރުކޮށްދޭ އެންމެ މަޝްހޫރު އެއް މަޖައްލާއެވެ. އެގޮތުން، ވޯގްއާއެކު އެމްއެމްޕީއާރުސީއިން ކުރިއަށް ގެންދިޔަ މި ކެމްޕޭނަކީ ފަރަންސޭސިވިލާތުގެ މާކެޓުގައި އެންމެ މަތީ ދަރަޖައިގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ބްރޭންޑް ހަރުދަނާ ކުރުމަށް އެހީތެރިވެދިން ކެމްޕޭނެކެވެ.

މި ކެމްޕޭނުގައި ޕްރިންޓް އަދި ޑިޖިޓަލް ކޮމްޕޮނެންޓެއް ހިމެނުނެވެ. މި ޕްރިންޓް ކޮމްޕޮނެންޓްގެ ދަށުން، ދިވެހިރާއްޖެ އަކީ އެންމެ މަގުބޫލް ލަގްޒަރީ މަންޒިލެއްގެގޮތުގައި ދައްކައިދޭ ފޮޓޮއެއް، އޭޕްރީލް މަހުގެ މަޖައްލާގެ ބޭރު ކަވަރުގައި ޝާއިޢު ކުރިއެވެ. އަދި ޑިޖިޓަލް ކޮމްޕޮނެންޓްގައި ދިވެހިރާއްޖޭގެ ފޮޓޯތައް، ވޯގް ފްރާންސްގެ އިންސްޓަގްރާމް އަދި ފޭސްބުކްގައި ޝާއިޢުކުރިއެވެ.

މަދުވެގެން 300،000 މީހުނަށް މި ކޮންޓެންޓް ފޯރިއެވެ. މި ކެމްޕޭންގައި އިސްކަންދީފައި ވަނީ ދިވެހިރާއްޖޭގެ ލަގްޒަރީ އަދި އާއިލީ ޕްރޮޑަކްޓްތަކާއި ތަޖުރިބާތައް އިޝްތިހާރުކުރުމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ ސިގްނެޗާ އޯވާވޯޓާ ބަންގަލޯތަކާއި ލިވަބޯޑެއްގައި ރާއްޖޭގެ ކަނޑުތަކުގައި ޕްރައިވެޓް ކްރޫޒްތަކަށް ދިޔުން ފަދަ އުފެއްދުންތައް ހިމެނުނެވެ. މީގެ އިތުރުން، ލަގްޒަރީ 'އޯލް އެމެނިޓީސް އިންކްލޫޑަޑް' ބަބުލް ޓެންޓެއްގައި ރެއެއް ހޭދަކުރުމާއި، ފްލޯޓިން ޓްރޭއެއްގައި ޕްރައިވެޓް ޕޫލްތަކުގައި ހެނދުނުގެ ނާސްތާ ކެއުމާއި، ރާއްޖެއިން ލިބެންހުރި ސްޕާ އަދި ވެލްނެސްގެ އެކިއެކި ހިދުމަތްތައް ވެސް މި ކެމްޕޭނުގައި ވަނީ ފާހަގަކޮށްފައެވެ.

03 ޖުލައި 2023 ގެ ނިޔަލަށް ފްރާންސުން ދިވެހިރާއްޖެއަށް 30،770 ފަތުރުވެރިން އައިސްފައިވެއެވެ. މި އަހަރު ފަރަންސޭސިވިލާތަކީ ދިވެހިރާއްޖެއަށް 8 ވަނަ ޓޮޕް ސޯސް މާކެޓެވެ. ފްރާންސުން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަމަހައްޓާ އިތުރުކުރުމަށް އެމެމްއެމްޕީއާރްސީއިން ދަނީ ދިވެހިރާއްޖޭގެ ޕްރޮޑަކްޓްތަކާއި ތަޖުރިބާތަކާއި ސެގްމެންޓްތައް އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

އިތުރަށް ކިޔާލަން

08 ޖޫން 2017

ދިވެހިރާއްޖެ އދ. ގެ ހިޔުމަންރައިޓްސް ކައުންސިލްގެ އެޖެންޑާގައި ހިމެނޭ ހާލަތަށް ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: އެމްޑީޕީ

08 ޖޫން 2017
ދިވެހިރާއްޖެ އދ. ގެ ހިޔުމަންރައިޓްސް ކައުންސިލްގެ އެޖެންޑާގައި ހިމެނޭ ހާލަތަށް ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: އެމްޑީޕީ
05 ޖޫން 2017

ޤަތަރާއި ގުޅުން ކަނޑާލަން ދިވެހިރާއްޖެއިން ވެސް ނިންމައިފި

05 ޖޫން 2017
ޤަތަރާއި ގުޅުން ކަނޑާލަން ދިވެހިރާއްޖެއިން ވެސް ނިންމައިފި
19 މެއި 2017

ފެނަކައިގެ މުވައްޒަފަކު ޗުއްޓީއާއެކު ވަޒީފާއިން ވަކިކޮށްފި

19 މެއި 2017
ފެނަކައިގެ މުވައްޒަފަކު ޗުއްޓީއާއެކު ވަޒީފާއިން ވަކިކޮށްފި
09 މެއި 2017

ފްރާންސްގެ އިންތިހާބީ ރައީސަށް ރައީސް ޔާމީން ތަހުނިޔާ ވިދާޅުވެއްޖެ

09 މެއި 2017
ފްރާންސްގެ އިންތިހާބީ ރައީސަށް ރައީސް ޔާމީން ތަހުނިޔާ ވިދާޅުވެއްޖެ
23 އެޕްރީލު 2017

ގާސިމްގެ ޝަރީއަތް: ގާޒީ ބާރީއާއެކު ބެންޗެއް، އަދަލުވެރި ހުކުމެއް ކޮށްފާނެ ކަމާ މެދު ޝައްކު!

23 އެޕްރީލު 2017
ގާސިމްގެ ޝަރީއަތް: ގާޒީ ބާރީއާއެކު ބެންޗެއް، އަދަލުވެރި ހުކުމެއް ކޮށްފާނެ ކަމާ މެދު ޝައްކު!
08 މާރިޗު 2017

ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު

08 މާރިޗު 2017
ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް