Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަތުރުވެރިކަން

ގިނަ ޓޮޕް ސޯސް މާކެޓްތަކުން މިހާރުވެސް ވަނީ ޕްރީ ޕެންޑެމިކް އެރައިވަލްސް ފަހަނައަޅައި ގޮސްފައި - އެމްއެމްޕީއާރުސީ

މިހާރު އޮތީ 2023 ވަނަ އަހަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ކަނޑައަޅުއްވާފައިވާ 1.8 މިލިއަން ފަތުރުވެރިންގެ ޤައުމީ ޓާގެޓު ހާސިލްކުރުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 ޖުލައި 2023 | ހުކުރު 10:10
ސަވާދިއްތަ ދަތުރުފެ ތެރެއިން ރާއްޖެ އައި ފަތުރުވެރިން

ސަވާދިއްތަ ދަތުރުފެ ތެރެއިން ރާއްޖެ އައި ފަތުރުވެރިން

ގިނަ ޓޮޕް ސޯސް މާކެޓްތަކުން މިހާރުވެސް ޕްރީ ޕެންޑެމިކް އެރައިވަލްސް ފަހަނައަޅައި ގޮސްފައިވާ ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފިއެވެ.

އެމްއެމްޕީއާރުސީން ވަނީ 2023 ވަނަ އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ޖުލައި 16 ވަނަ ދުވަހު މަރުހަބާކިޔާފައެވެ. ވޭތުވެދިޔަ އަހަރު މި އަދަދު ހާސިލުކުރެވިފައި ވަނީ އޮގަސްޓުމަހުގެ 12 ވަނަ ދުވަހުއެވެ. މި އަހަރުގެ އެއް މިލިއަން ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ފަހު، ރާއްޖެ މިހާރު އޮތީ 2023 ވަނަ އަހަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ކަނޑައަޅުއްވާފައިވާ 1.8 މިލިއަން ފަތުރުވެރިންގެ ޤައުމީ ޓާގެޓު ހާސިލްކުރުމުގެ އުންމީދުގައެވެ. ކެމްޕޭން ދަތުރުފުޅުގެ ތެރެއިން މ. މުލަކުގައި ރައީސް ވަނީ ރާއްޖެއަށް މިއަހަރު 1.9 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ކަނޑައަޅާފައިވާ ކަަން ހާމަ ކުރައްވާފައެވެ.

މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި މުހިންމު އެކި މާކެޓްތަކުގައި ރާއްޖެ ޕްރޮމޯޓުކުރުމަށާއި، ޑެސްޓިނޭޝަން ޕްރެޒެންސް ދެމެހެއްޓުމުގައި 360 ޑިގްރީ މާކެޓިންގ އެޕްރޯޗަކާއެކު އެމްއެމްޕީއާރުސީއިން ކުރިއަށްގެންދިޔަ ގިނަ މާކެޓިންގ މަސައްކަތް މި ކާމިޔާބީގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. ކޮވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަމުން ދިޔަ އެއް މާކެޓް ކަމަށްވާ ޗައިނާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ވަނީ ފަށައިފައެވެ. ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައިވަނީ 18 ޖެނުއަރީ 2023 ގައެވެ. މިއާއެކު، މި އަހަރުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ހަތަރު ސޯސް މާކެޓުގެ ތެރޭގައި ޗައިނާ ހިމެނިފަައިވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ފާހަގަކޮށްލެވޭ ހެޔޮ އަސަރުތަކެއް ކުރަމުންދެއެވެ. ކޯވިޑް-19ގެ ކުރިން ޗައިނާ މާކެޓަކީ ރާއްޖޭގެ އެރައިވަލް ޗާޓްތަކުގެ އެއްވަނައެވެ. 2021 ވަނަ އަހަރު ޗައިނާ މާކެޓް މުޅިން ބަންދުވެފައި ވާއިރު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑު ކުރިއެރުމެއް މި މާކެޓުން ހާސިލުކުރެވިފައިވެއެވެ.

އެމްއެމްޕީއާރުސީއިން މި އަހަރު ހިންގި މުހިންމު މާކެޓިންގ އިވެންޓްތަކުގެ ތެރޭގައި 30 މެއި 2023ން 02 ޖޫން 2023ށް ކުރިއަށް ގެންދިޔަ 'ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލާރސް ކޮންފަރެންސް 2023' ފާހަގަކޮށްލެވެއެވެ. މި އިވެންޓް ލޯ ސީޒަން އާ ދިމާކޮށް ބާއްވާފައިވަނީ އެރައިވަލްސް ބޫސްޓް ކުރުމުގެ މަގުސަދުގައެވެ. އަދި މި އިވެންޓާ ގުޅިގެން ކުރިއަށް އޮތް މަސްތަކުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ލަފާކުރެވެއެވެ. އާންމުކޮށް ހިންގާ ހަރަކާތްތަކާ މުޅިން ތަފާތު މި އިވެންޓުގައި ރާއްޖޭގެ 8 ސަރަޙައްދެއް ވަނީ ވަރަށް ތަފްސީލުކޮށް މުޅި ދުނިޔެއަށް ޕްރޮމޯޓުކޮށްފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖޭގެ ބްރޭންޑް ޕްރެޒެންސެ ވަރުގަދަކުރުމަށް، މި އިވެންޓް މެދުވެރިކޮށް ހިންގި ހަރަކާތްތަކުގައި ވަނީ ހަމައެކަނި ވިޒިޓް މޯލްޑިވްސްގެ ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުން 89,517,434ގެ ރީޗްއެއް ހާސިލުކުރެވިފައެވެ. މި އިވެންޓުގައި ރާއްޖޭގެ 8 ސަރަޙައްދެއްގައި ފަތުރުވެރިންނަށް ހުރި ފުރުސަތުތަކާއި ލިބެން ހުރި ޚާއްޞަ ތަޖުރިބާތައް ޕްރޮމޯޓްކުރުމަށް ހިންގި ހަރަކާތްތަކުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމުގައި މުހިންމު ދައުރެއް އަދާކުރާނެކަމަށް ބެލެވެއެވެ.

އެމްއެމްޕީއާރުސީއިން މިއަހަރުގެ މާކެޓިންގ ހަރަކާތްތައް ސްޓްރެޓެޖައިޒްކޮށްފައިވަނީ ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުކޮށް، ރައީސުލްޖުމްހޫރިއްޔާ މިއަހަރަށް ކަނޑައަޅުއްވާފައިވާ 1.8 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމަށެވެ. މިގޮތުން، އެރައިވަލް ފިގަރސް އިތުރުކުރުމަށް އެއަރލައިންސް، ޓީއޯސް، އަދި ޓީއޭސް ފަދަ ގްލޯބަލް ސްޓޭކްހޯލްޑަރުންނާ ގުޅިގެން ތަފާތު ބާވަތްތަކުގެ މާކެޓިންގް ހަރަކާތްތައް ބާއްވާ، ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް އެމްއެމްޕީއާރުސީއިން މެދުކެނޑުމެއް ނެތި މަސައްކަތްކުރަމުންދެއެވެ. އަޅުގަނޑުމެންގެ ގިނަ ޓޮޕް ސޯސް މާކެޓްތަކުން މިހާރުވެސް ވަނީ ޕްރީ ޕެންޑެމިކް އެރައިވަލްސް ފަހަނައަޅައި ގޮސްފައެވެ. މި އަހަރުގެ މިހާތަނަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަަތްކޮށްފައިވާ 5 މާކެޓަކީ ރަޝިޔާ، އިންޑިއާ ،އިނގިރޭސިވިލާތް، ޗައިނާ އަދި ޖަރުމަނުވިލާތެވެ.

15 ޖުލައި 2023ގެ ނިޔަލަށް ރަޝިޔާއިން ރާއްޖެއަށް 117,198 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މި އަހަރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިންޑިއާއިން 117,131 ފަތުރުވެރިންވަނީ ރާއްޖެއަށް ދަތުރުކޮށްފައެވެ. ކޯވިޑް-19 އަށް ފަހު، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓްގެ ގޮތުގައި އޮތީ އިންޑިޔާއެވެ. 2021 ވަނަ އަހަރު އިންޑިޔާއިން ރާއްޖެއަށް ދަތުރުކުރި ފަތުރުވެރިންގެ އަދަދަކީ ޕެންޑަމިކްގެ ކުރިން އެ ގައުމުން ރާއްޖެއަށް ދަތުރުކުރި ފަތުރުވެރިންގެ އަދަދަށް ވުރެ އިތުރު އަދެދެއްކަން ފާހަގަކޮށްލެވެއެވެ. މި އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަަތްކޮށްފައިވާ ފަސް މާކެޓްގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތުން 84،763 ފަތުރުވެރިން، ޗައިނާއިން 77،202 ފަތުރުވެރިން އަދި ޖަރުމަނުވިލާތުން 69،074 ފަތުރުވެރިން ރާއްޖެއަށް މިހާތަނަށް ޒިޔާރަތްކޮށްފައިވެއެވެ. އިނގިރޭސިވިލާތާއި ޖަރުމަނުވިލާތުގެ މާކެޓް ވެސް 2022 ވަނަ އަހަރުގެ ނިޔަލަށް ވަނީ ޕެންޑަމިކްގެ ކުރީގެ އަދަދަށް ވުރެ ކުރިއަށްޖެހިފައެވެ. އަދި މި އަހަރަކީ ރާއްޖެއަށް އެންމެ ވަރުގަދަ އެއް މާކެޓް ކަމަށްވާ ޗައިނާ، ކޯވިޑް-19 ގެ ފަހުން ޓޮޕް 5 އެރައިވަލްސް ލިސްޓަށްއެރި ފުރަތަމަ އަހަރެވެ.

2022 ވަނަ އަހަރު އެމްއެމްޕީއާރުސީއިން ވަނީ މާކެޓިންގ 178 ހަރަކާތް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާފައެވެ. މީގެ ތެރޭގައި 90 އަށް ވުރެ ގިނަ މާކެޓިންގ ކެމްޕޭން، 44 ފެއަރގައި ބައިވެރިވުން، 6 ރޯޑްޝޯ ހޯސްޓްކުރުމުގެ އިތުރުން 10 ވަރޗުއަލް އިވެންޓާއި، 18 ފެމިލިއަލައިޒޭޝަން ޓްރިޕް އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރު 10 އިވެންޓެއް ބޭއްވުން ހިމެނެއެވެ. މުހިންމު އެކި މާކެޓްތަކުގެ މުހިންމު ސެގްމަންޓްތައް ފާހަގަކޮށް، އެންމެ ފަހުގެ ދަތުރުފަތުރުގެ ޓްރެންޑްތަކަށް ބަލައިގެން ތަފާތު ހަރަކާތްތައް، އެމްއެމްޕީއާރުސީއިން މި އަހަރުވެސް ހިންގަމުން ދެއެވެ. މި އަހަރުގެ މިހާތަނަށް 113 ތަފާތު މާކެޓިންގ ހަރަކާތް ކުރިއަށް ގެންގޮސްފައިވާއިރު، 2023 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ޖުމްލަ ރީޗް އަކީ 4،168،605،812 އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު