Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު

އިދިކޮޅަށް "ކޮމަން ކެނޑިޑޭޓް"އެއް ނެރެވިދާނެހެން ހީނުވޭ، "ކޮމަން ކެނޑިޑޭޓަށް" ހަދަންވީ ރައީސް ޞާލިހު - ނާއިބްރައީސް ފައިސަލް

21 ޖުލައި 2023 | ހުކުރު 07:11

ރަނގަޅު ގޮތަކީ ފުންކޮށް ވިސްނުމަށް ފަހު އިތުރު ދައުރަކަށް ރައީސް ޞާލިހަށް ފުރުސަތު ދެއްވުން ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 21 ޖުލައި 2023 | ހުކުރު 07:11
ނާއިބުރައީސް ފައިސަލް ނަސީމް

ނާއިބުރައީސް ފައިސަލް ނަސީމް

އިދިކޮޅު ފަރާތްތަކުން ގުޅިގެން އެއް ކެނޑިޑޭޓެއް ނެރޭނެ ކަމަށް ބުނި ނަމަވެސް އެއީ ކުރެވިދާނެކަމެއް ކަމުގައި ހީފުޅުނުވާ ކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނާއިބްރައީސް ފައިސަލް މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ނާއިބްރައީސް ވިދާޅުވީ 2018ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމަށް ކުރި މަސައްކަތާއި މިއަދުގެ ހާލަތާއި އަޅާ ނުކިޔޭނެ ކަމަށެވެ. އޭރު އެއް ކެނޑިޑޭޓެއް ނެރުނު އިރު އޭރު މަސައްކަތް ކުރީ އެ ސަރުކާރުގައި އޮތް ބިރުވެރިކަމުން އަރައިގަނެ، ސަލާމަތަށް ދާން ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ މިއަދު ޖަލުގެ ބިރުވެރިކަން ފަދަ ބިރުވެރިކަމެއް ނެތް ކަމަށެވެ. އެހެންވީމަ މިއަދު ކުރިން އޮތް ފަދަ ހާލަތެއް ނެތް ކަމަށް ނާއިބްރައީސް ފައިސަލް ވިދާޅުވިއެވެ. ނާއިބްރައީސް ފައިސަލް ވިދާޅުވީ ރަނގަޅު ގޮތަކީ ފުންކޮށް ވިސްނުމަށް ފަހު އިތުރު ދައުރަކަށް ރައީސް ޞާލިހަށް ފުރުސަތު ދެއްވުން ކަމަށެވެ. އެންމެންނަށް އެއްބަސްވެވޭނެ ފަދަ ކޮމަން ކެނޑިޑޭޓަކީ އެމަނިކުފާނު ކަމަށް ނާއިބްރައީސް ފައިސަލް ވިދާޅުވިއެވެ.

ނާއިބްރައީސް ފައިސަލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގެ އަޖުމަ ބަލާލެވިފައިވާ ކަމަށާއި، އެމަނިކުފާނަށް އިތުރު ދައުރެއް ދޭން ޖެހޭ ކަަމަށެވެ. ރައީސަކީ ހިތްޕުޅު ހެޔޮ ސާދާ ބޭފުޅެއް ކަމަށް ނާއިބްރައީސް ފައިސަލް ވިދާޅުވިއެވެ. އަދި ރައީސް އަބަދުވެސް މަސައްކަތްޕުޅު ކުރައްވަނީ ރައްޔިތުންނަށް ހެޔޮ ގޮތްވުން އެދިގެން ކަމަށާއި ރައީސާއެކުގައި ގާތުން މަސައްކަތް ކުރައްވާ އިރު ވަރަށް ކައިރިން އެކަން ފެނިވަޑައިގަންނަވާ ކަމަށް ނާއިބްރައީސް ފައިސަލް ފާހަގަކުރެއްވިއެވެ.

މިދިޔަ ވެރިކަމުގައި ރާއްޖެ އޮތް ހާލަތާމެދުގައި ނާއިބްރައީސް ފައިސަލް ވަނީ ވާހަކަފުޅުދައްކަވާފައެވެ. ނާއިބްރައީސް ފައިސަލް ވިދާޅުވީ އޭރު ރާއްޖޭގެ ވިޔަފާރިތައް އޮތީ ފުނޑިފައި ކަމަށާއި ޤައުމުގައި ހަމަޖެހުމެއް ނެތް ކަމަށެވެ. އަދި އޭރު ސިޔާސީ އެތައް ބަޔަކާއި އެ މީހުންގެ އާއިލާ މީހުން ވެސް ތިބެން ޖެހުނީ ޖަލުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ޤާސިމް އިބްރާހީމް ފަދަ ޚިދުމަތްތެރި ބޭފުޅުން ޖަލަށްލައި، ޤާސިމްގެ ދަރިކަލުން ފަދަ އަޚުލާގު ރަނގަޅު ކުއްޖަކު ވެސް ޖެހުނީ ޖަލަށް ދާން ކަމަށް ނާއިބްރައީސް ވިދާޅުވިއެވެ. އަދި ނާއިބްރައީސް ފައިސަލްގެ ވާހަކަފުޅުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ އިތުރުން އެހެން ބޭފުޅުން ވެސް ޖަލަށް ލީކަން ފާހަގަކުރެއްވިއެވެ. ނާއިބްރައީސް ފައިސަލް ވިދާޅުވީ އެމަނިކުފާނު ވެސް ޖަލަށް ނުގޮސް ސަލާމަތްވެވަޑައިގެންނެވީ ހަމަ ކިރިޔާ ކަމަށާއި، ޖަލަށް ނުގޮސް ސަލާމަތްވެވެވަޑައިގަތީ ހަނި ގޮތަކަށް ކަމަށެވެ.

އެހެންނަމަވެސް މިހާރު އެ މަންޒަރު ބަދަލުވެފައިވާ ކަމަށް ނާއިބްރައީސް ފައިސަލްވަނީ ވިދާޅުވެފައެވެ. މި 5 އަހަރުގެ ތަޖުރިބާ އަށް ފަހު ރައީސް އަށް އިތުރު ދައުރެއް ދޭން ޖެހޭ ކަމަށެވެ.

ނާއިބްރައީސް ފައިސަލް ވިދާޅުވީ ރައީސާއެކު ނައިބެއްގެ ގޮތުގައި މި 5 އަހަރު މަސައްކަތް ކުރެއްވީ ހަވާލުކުރެވިފައިވާ ޒިންމާ ވީ އެންމެ ފުރިހަމަ އެއްކޮށް އަދާކުރެއްވޭތޯ ކަމަށެވެ. ނާއިބްރައީސް ފައިސަލް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސަށް ދެވަނަ ދައުރެއް ދިނުން މުހިންމު ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

20 މެއި 2017

ކޮމަންޑޫ ދެވަނަ ބުރު ކާމިޔާބު ކުރީ އެމްޑީޕީ ކެންޑިޑޭޓު އާރިފު!

20 މެއި 2017
ކޮމަންޑޫ ދެވަނަ ބުރު ކާމިޔާބު ކުރީ އެމްޑީޕީ ކެންޑިޑޭޓު އާރިފު!
20 މެއި 2017

ށ. ކޮމަންޑޫ އާއި ތ. މަޑިފުށި ކައުންސިލްގެ އިންތިހާބުގެ ދެވަނަ ބުރު މިއަދު

20 މެއި 2017
ށ. ކޮމަންޑޫ އާއި ތ. މަޑިފުށި ކައުންސިލްގެ އިންތިހާބުގެ ދެވަނަ ބުރު މިއަދު
18 މެއި 2017

މަޑިފުއްޓާއި ކޮމަންޑޫ ކައުންސިލް އިންތިހާބަށް ކަރުދާސް މާދަމާ ފޮނުވަނީ

18 މެއި 2017
މަޑިފުއްޓާއި ކޮމަންޑޫ ކައުންސިލް އިންތިހާބަށް ކަރުދާސް މާދަމާ ފޮނުވަނީ
17 މެއި 2017

މަޑިފުއްޓާއި ކޮމަންޑޫގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުބައިލައިފި

17 މެއި 2017
މަޑިފުއްޓާއި ކޮމަންޑޫގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުބައިލައިފި
16 މެއި 2017

މަޑިފުއްޓާއި ކޮމަންޑޫގެ އިންތިހާބު ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި

16 މެއި 2017
މަޑިފުއްޓާއި ކޮމަންޑޫގެ އިންތިހާބު ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި
13 މެއި 2017

ދެ ވަނަ ބުރެއް މިހާތަނަށް ބާއްވަން ޖެހެނީ ކުރިނބި އާއި ކޮމަންޑޫގައި:އީސީ

13 މެއި 2017
ދެ ވަނަ ބުރެއް މިހާތަނަށް ބާއްވަން ޖެހެނީ ކުރިނބި އާއި ކޮމަންޑޫގައި:އީސީ
11 މެއި 2017

އިދިކޮޅަށް 57 މެމްބަރުން ހަމަވާނެ، ރައީސް ޔާމިން މަގާމުން ވެސް ދުރުކުރެވޭނެ: ނަޝީދު

11 މެއި 2017
 އިދިކޮޅަށް 57 މެމްބަރުން ހަމަވާނެ، ރައީސް ޔާމިން މަގާމުން ވެސް ދުރުކުރެވޭނެ: ނަޝީދު
14 މާރިޗު 2017

ފިލްމީތަރި ކޮމަންޑޫ އައްޔަ މަރުވި މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

14 މާރިޗު 2017
ފިލްމީތަރި ކޮމަންޑޫ އައްޔަ މަރުވި މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
13 މާރިޗު 2017

ފިލްމީތަރި ކޮމަންޑޫ އައްޔަ ހެންވޭރު ގެެއެއްގައި މަރުވެފައި އޮއްވާ ފެނިއްޖެ

13 މާރިޗު 2017
ފިލްމީތަރި ކޮމަންޑޫ އައްޔަ ހެންވޭރު ގެެއެއްގައި މަރުވެފައި އޮއްވާ ފެނިއްޖެ
13 މާރިޗު 2017

އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު

13 މާރިޗު 2017
އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް