Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންސްޕެކްޓަރ ކޯސް ނިންމުން

ފުލުހުންގެ މަސައްކަތުގައި ކުރިއަށްދެވޭނީ މަސައްކަތާމެދު ޚާއްސަ ލޯތްބަކާއި ޝައުގެއް ބަހައްޓައިގެން: ސީޕީ ހަމީދު

މަސައްކަތަށް ބޭނުންވާ އިލްމާއި ހުނަރާއި ގާބިލުކަން ހޯދުމުގައި ކޮންމެ މުވައްޒަފެއްގެ ވެސް ވަރަށް މުހިންމު ޒިންމާއެއް އޮވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 20 ޖުލައި 2023 | ބުރާސްފަތި 10:57
ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދު

ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދު

ފުލުހުންގެ މަސައްކަތުގައި ކުރިއަށްދެވޭނީ މަސައްކަތާ ދޭތެރޭ ވަރަށް ޚާއްސަ ލޯތްބަކާއި ޝައުގެއް ބަހައްޓައި، އެ ޝައުގުވެރިކަން ދަމަހައްޓައިގެން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ  ދެވަނަ ''އިންސްޕެކްޓަރ ކޯސް'' ނިންމުމުގެ ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

އެ ރަސްމިއްޔާތުގައި ކޮމިޝަނަރުގެ ވާހަކަފުޅު ފެއްޓެވުމުގެ ގޮތުން، އިންސްޕެކްޓަރ ކޯހުން ދަސްވެނިވި ފުލުހުންނަށާއި އެ ފުލުހުން ނިސްބަތްވާ ބަހާތަކުގެ ވެރިންނަށާއި އަދި އެ ފުލުހުންގެ އާއިލާތަކަށް ތަހުނިޔާއާއި މުބާރަކުބާދީ ފޮނުއްވާފައެވެ. އަދި ކޯހުން ވަނަތައް ހާސިލުކުރި ފުލުހުންނަށް އޭނާ މަރުހަބާ ވިދާޅުވިއެވެ. އަދި ފުލުހުންގެ ކެރިއަރުގައި އެ ހުރިހާ ފުލުހުންވެސް ހޯދީ ވަރަށްވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެއްކަމަށާއި، މިކާމިޔާބީއަކީ ހަމަ އެ ފުލުހުން ކުރި މަސައްކަތުގެ ނަތީޖާކަމަށް ވިދާޅުވިއެވެ. އަދި މަސައްކަތު މާހައުލާއި އާއިލާއާއި އަދި އެނޫންވެސް އަމިއްލަ އެތައްކަމެއް ދޫކޮށް، އައްޑޫ ސިޓީގައި ގާއިމުކޮށްފައި ހުރި ތަމްރީނު މަރުކަޒަށް އައިސް ދަސްކުރި އެންމެހައި އިލްމަކީ ދިވެހި ފުލުހެއްގެ ހައިސިއްޔަތުން މަސައްކަތުގެ މާހައުލުގައި ފުރިހަމައަށް ތަންފީޒުކުރާނެ ކަންކަމަށް ވުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ މި ތަމްރީނަކީ އަދި މިނޫންވެސް ފުލުހުންނަށް ފޯރުކޮށްދެވޭ ކޮންމެ ތަމްރީނަކާއި އުނގެނުމުގެ ފުރުސަތަކީ، އެ ތަމްރީނެއް ފުރިހަމަކުރާ މުވައްޒަފަށާއި މުޅި މުއައްސަސާއަށްވެސް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމެއް ކަން ޔަގީންކުރައްވާކަމަށް ވިދާޅުވިއެވެ.

ހަމަ މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އިތުރަށް ވިދާޅުވީ، މަސައްކަތަށް ބޭނުންވާ އިލްމާއި ހުނަރާއި ގާބިލުކަން ހޯދުމުގައި ކޮންމެ މުވައްޒަފެއްގެވެސް ވަރަށް މުހިންމު ޒިންމާއެއް ވާކަމާއި ދެފުށް ފެންނަ ނިޒާމެއްގެ ދަށުން ތަމްރީނުތަކަށް މުވައްޒަފުން ހޮވިގެން ދިއުމަކީ ވަރަށް އިސްކަންދެއްވާ ކަމެއްކަމަށެވެ. އަދި ފުލުހުންނަށް ދެވޭ ތަމްރީނުތަކުގެ ތެރެއިން އިންސްޕެކްޓަރ ކޯސް ޚާއްސަވާ މުހިންމު ސަބަބަކީ މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމަށް ފުރިހަމަކުރަން ކަނޑައެޅިފައިވާ ތަމްރީނެއްކަމަށާއި، މި ތަމްރީނާއި މި ގިންތީގެ ރޭންކުތަކަށް ބޭނުންވާ ލީޑަރޝިޕާއި މެނޭޖްމަންޓުގެ ހުނަރު ކޯހުގެ ބައިވެރިންނަށް ދެވިފައިވާތީކަމަށެވެ. އަދި ކޯސް ނިންމި ފުލުހުންގެ ތެރެއިން މި ޚާއްސަ ކްލަބަށް ވަނުމުގެ ފުރުސަތު މުސްތަގުބަލުގައި ލިބިގެންދާ ފުލުހުންނަށް އެ ލިބެނީ ވަރަށް ޚާއްސަ ޝަރަފެއްކަމަށާއި، ފުލުހުންގެ ޚިދުމަތުގެ މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި، ކޯސް ނިންމި ފުލުހުންނަށްވެސް ތަފާތު ފުރުސަތުތަކާއި ތަޖުރިބާތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި، އަދި ގަދައަޅައި މަސައްކަތްކުރާ ފުލުހުންނަށް އެ މީހަކަށް ހައްގު ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

މިގޮތުން، އިންސްޕެކްޓަރ ކޯހުން މަތީ ވަނަ ހޯދާ ފުލުހުންނަށް، ކޮމިޝަނަރ އޮފް ޕޮލިސްގެ ޚާއްސަ ފެލޯޝިޕެއް ތައާރަފުކުރެއްވުމަށް ނިންމަވާފައިވާކަމަށާއި، މި ފެލޯޝިޕް ލިބޭ ފުލުހުންނަށް، އެ ފުލުހެއްގެ މަސައްކަތުގެ ދާއިރާއިން ބޭރުގައުމެއްގެ ފުލުހުންގެ އިދާރާއެއްގައި ކަނޑައެޅޭ މުއްދަތަކަށް ތަޖުރިބާ ހޯދުމަށް އެޓޭޗްމަންޓުގެ ފުރުސަތު ފަހިކޮށްދެވޭނެކަމަށް ވިދާޅުވިއެވެ. އަދި މި ފެލޯޝިޕާ ގުޅޭ އިތުރު ތަފްސީލު އެކަމާ ގުޅޭ ބަހާއިން ވަރަށް އަވަހަށް އިއުލާނުކުރާނެކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ކޮންމެ ފުލުހަކީވެސް އެ ފުލުހެއްގެ މަގާމުގެ ނިސްބަތުން، އަދާކުރާ މަސްއޫލިއްޔަތުގައި ލީޑަރޝިޕް ދައްކަންޖެހޭނެ މުވައްޒަފުންކަމަށާއި، ޒަމާނީ ޕޮލިސިންގގެ އޮނިގަނޑުތަކާއި އިންތިޒާމުތައް ފުލުހުންގެ ތެރޭގައިވެސް އެބަހުރިކަން ފާހަގަކުރެއްވިއެވެެ. އަދި ފުލުހުންގެ މަސައްކަތުގައި މަސައްކަތުގެ ޕެޝަން ވަރަށް މުހިންމުކަމަށާއި، ފުލުހުންގެ މަސައްކަތަކީ ވަރަށް ޑިމާންޑިންގ މަސައްކަތެއްކަމަށް ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި ޕެޝަނާއެކު ދިގުމުއްދަތެއްގައި މަސައްކަތްކުރުމަށް ރަނގަޅު ޕޮޒިޓިވް އެޓިޓިއުޑެއްގައި ހުރުން އެއީ ވަރަށް މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.

އަދި މިއަދު ފުލުހުންގެ މުއައްސަސާއަށްވެސް ބޭނުންވަނީ މުސްތަގުބަލުގެ ތުރެޓްތަކާއި އާންމު ރައްކާތެރިކަމަށް ހުރި ރިސްކުތައް ދަށްކުރުމަށް ހައްލު ހޯދޭނެ ގާބިލުކަމާއި ހުނަރު ހުރި ފުލުހުންކަމަށް ވިދާޅުވިއެވެ. އަދި ބަވަނަވަމުން، ބަދަލުވަމުންދާ ދުނިޔެއެއްގައި އަލަށް ތައާރަފުވަމުން އަންނަ ކުށްތަކަށްވެސް އުފެއްދުންތެރި އައު ހައްލުތައް ހޯދުމަށާއި، މިއަދު ފުރިހަމަކުރި ތަމްރީނުގެ އަލީގައި އެފަދަ އައު ހައްލުތައް ހުށަހަޅައި ތަންފީޒުކުރާނެ ފުލުހުންކަމުގައި ކޯހުގެ ބައިވެރިން ވާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިންސްޕެކްޓަރ ކޯސްކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް, މުހައްމަދު ހަމީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ކުޑަކުދިން އޮންލައިންކޮށް އެކްސްޕްލޮއިޓްކުރުން: ރާއްޖޭގައި ކޮންމެ 10،000 މީހުންގެ ތެރެއިން 94 މީހަކީ މިފަދަ މައްސަލަތަކުގައި ހިމެނޭ މީހެއް

ކުޑަކުދިން އޮންލައިންކޮށް އެކްސްޕްލޮއިޓްކުރުން: ރާއްޖޭގައި ކޮންމެ 10،000 މީހުންގެ ތެރެއިން 94 މީހަކީ މިފަދަ މައްސަލަތަކުގައި ހިމެނޭ މީހެއް

30 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު