Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްރޮގްރާމް އޮޑިޓް ގަވާއިދު

މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތައް އޮޑިޓްކުރުމުގެ ޤަވާއިދާ ޚިލާފުވެއްޖެނަމަ 8000 ރުފިޔާއިން ޖޫރިމަނާ ކުރާނެ

19 ޖުލައި 2023 | ބުދަ 06:41

ގަވާއިދުގެ މަގުސަދަކީ ޕްރޮގްރާމް އޮޑިޓްކުރުމުގެ ގަވާއިދުތަކާއި އުސޫލުތައް ކަނޑައަޅައި އާންމުކުރުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ޖުލައި 2023 | ބުދަ 06:41
ގަވާއިދުގެ މަގުސަދަކީ ޕްރޮގްރާމް އޮޑިޓްކުރުމުގެ ގަވާއިދުތަކާއި އުސޫލުތައް ކަނޑައަޅައި އާންމުކުރުން

ގަވާއިދުގެ މަގުސަދަކީ ޕްރޮގްރާމް އޮޑިޓްކުރުމުގެ ގަވާއިދުތަކާއި އުސޫލުތައް ކަނޑައަޅައި އާންމުކުރުން

މަތީ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތައް އޮޑިޓް ކުރުމުގެ ޤަވާއިދާ ޚިލާފުވެއްޖެނަމަ 8000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށް ބަޔާންކޮށް، ޕްރޮގްރާމް އޮޑިޓް ޤަވާއިދަށް އިސްލާޙު ގެނެސްފިއެވެ.

މި ގަވާއިދަކީ މަތީ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތައް އޮޑިޓްކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޤަވާއިދެކެވެ.

މި ގަވާއިދުގެ މަގުސަދަކީ ޕްރޮގްރާމް އޮޑިޓްކުރުމުގެ ގަވާއިދުތަކާއި އުސޫލުތައް ކަނޑައަޅައި އާންމުކުރުމެވެ.

ޤަވާއިދަށް ގެނައި އިސްލާޙުގައި ބުނެފައިވަނީ އެމްކިއުއޭއިން އެކްރެޑިޓް ކޮށްފައިވާ އެއްވެސް ޕްރޮގްރާމެއްގެ އޮޑިޓް ކުރުމުގެ އެއްވެސް މަރުޙަލާއެއްގައި ޕްރޮގްރާމް އެކްރެޑިޓްކުރުމުގެ އެއްވެސް މިންގަނޑަކާ ޚިލާފުވެއްޖެނަމަ، ނުވަތަ މި ގަވާއިދާ ޚިލާފުވެއްޖެނަމަ ފިޔަވަޅު އެޅޭނެ ކަމަށެވެ.

އެގޮތުން ބަލާއިރު، އެކްރެޑިޓޭޝަން މިންގަނޑުތަކާ ޚިލާފުވިކަމެއް ނުވަތަ މި ގަވާއިދާ ޚިލާފުވި ކަމެއް 1 މަސްދުވަހުގެ ތެރޭގައި ރަނގަޅުކުރުމަށް އަންގައި އިންޒާރުގެ ސިޓީއެއް ފޮނުވާނެއެވެ.

އޭގެ އިތުރުން، އެ މުއްދަތުގެ ތެރޭގައި އެކަމެއް ރަނގަޅު ނުކޮށްފިނަމަ އެ މަރުކަޒެއް 8,000 ރުފިޔާއިން ޖޫރިމަނާ ކުރުމާއި، އެ ޕްރޮގްރާމެއްގެ އިތުރު ބެޗެއް ނެގުމަށް ހުއްދަ ނުދިނުން ފަދަ ފިޔަވަޅުތައް އަޅާނެއެވެ.

އަދި އިތުރު ބެޗްތަކަށް ދަރިވަރުން ނެގުމަށް ދޭ ހުއްދަ ހުއްޓައިލުމަށްފަހު، އެ ހުއްދަ އަލުން ދެވޭނީ އެކްރެޑިޓޭޝަން މިންގަނޑުތަކާ ޚިލާފުވި ކަމެއް އިޞްލާޙުކުރުމަށް ފަހުގައިކަމަށްވެސް ޤަވާއިދުގައި ބުނެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީމިނިސްޓްރީ އޮފް އެޑިއުކޭޝަން

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
30 ޖޫން 2025

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި
30 ޖޫން 2025

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
05 މެއި 2025

ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ

05 މެއި 2025
ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ
04 ޑިސެމްބަރު 2024

އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި

04 ޑިސެމްބަރު 2024
އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި
24 ނޮވެމްބަރު 2024

މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު

24 ނޮވެމްބަރު 2024
މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު
03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
03 އޮކްޓޯބަރު 2024

ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2024
ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް