Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓްރީ އޮފް އެޑިއުކޭޝަން

"ތައުލީމަށް 4 ބިލިއަން ރުފިޔާ ދައުލަތުން ހޭދަކުރާއިރު، ތައުލީމީ ފެންވަރު ދަނީ ދުވަހެއް ދުވަހަކަށް ދަށަށް"

21 ޖޫން 2025 | ހޮނިހިރު 14:25

ތައުލީމީ ދާއިރާ ކުރިއެރުވުމަށް ދައުލަތުން ހަތަރު ބިލިއަނެއްހާ ރުފިޔާ ހޭދަކުރާއިރު ވެސް ހާސިލުކުރަން ބޭނުންވާ ނަތީޖާ ހާސިލު ނުވި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 21 ޖޫން 2025 | ހޮނިހިރު 14:25
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު: ވިދާޅުވީ ތައުލީމީ ދާއިރާ ކުރިއެރުވުމަށް ދައުލަތުން ހަތަރު ބިލިއަނެއްހާ ރުފިޔާ ހޭދަކުރާއިރު ވެސް ހާސިލުކުރަން ބޭނުންވާ ނަތީޖާ ހާސިލުވަމުން ނުދާކަމުގަ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު: ވިދާޅުވީ ތައުލީމީ ދާއިރާ ކުރިއެރުވުމަށް ދައުލަތުން ހަތަރު ބިލިއަނެއްހާ ރުފިޔާ ހޭދަކުރާއިރު ވެސް ހާސިލުކުރަން ބޭނުންވާ ނަތީޖާ ހާސިލުވަމުން ނުދާކަމުގަ

ތައުލީމީ ދާއިރާ ކުރިއެރުވުމަށް ދައުލަތުން ހަތަރު ބިލިއަނެއްހާ ރުފިޔާ ހޭދަކުރާއިރު ވެސް ހާސިލުކުރަން ބޭނުންވާ ނަތީޖާ ހާސިލު ނުވެ، ދަރިވަރުންގެ ތައުލީމީ ފެންވަރު ދަށަށް ދާކަމަށް ވިދާޅުވެ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގަ އެވެ.

Advertisement - newsAdvertisement

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ 2013 ވަނަ އަހަރާއި 2014 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުގެ ނަތީޖާއަށް ބެލި ނަމަވެސް މުޅި އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ 50 އިންސައްތަ ވެސް ފަސް މާއްދާއިން ފާސްވެފައި ނުވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ފަސް މާއްދާއިން 'ސީ' ފާސް ހޯދުމަކީ ދަރިވަރުން ފާސްވާންޖެހޭ އެންމެ ދަށް މިންވަރު ކަމަށް ޝަފީއު ވިދާޅުވިއެވެ.

ހަމައެއާއެކު 2023 އަދި 2024ގެ ނަތީޖާއަށް ބަލާއިރު ވެސް ފެންނަނީ ހަމަ އެ މަންޒަރު ކަމަށާއި، 50 އިންސައްތަ ދަރިވަރުން ފަސް މާއްދާއިން ފާސްވެފައި ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ގާތްގަނޑަކަށް ހަތަރު ބިލިއަނެއްހާ ރުފިޔާ ދައުލަތުން ތައުލީމަށް ހޭދަކުރަމުން ދާއިރު، އަދި އަޅުގަނޑުމެންގެ ހީވާގި މުދައްރިސުން އެތައް ގަޑިއިރެއް ކިޔަވައިދިނުމުގަ ހޭދަކުރަމުންދާއިރު، އަދި ބެލެނިވެރިން ކުރާ މަސައްކަތާ އެކުގަ، މި ހުރިހާ މަސައްކަތެއް ގުޅިގެން ވެސް އަޅުގަނޑުމެން އެންމެ ދާން ބޭނުންވާ މަންޒިލަށް އަދި ވާސިލެއް ނުވެވެއޭ،
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

އޯލެވެލް ނަތީޖާ ދަށްވުމުގެ މައިގަނޑު ސަބަބެއް ކަމަށް ވަޒީރު ފާހަގަކުރެއްވީ ޕްރައިމަރީ މަރުހަލާގެ ނަތީޖާ ދަށްވުމެވެ. ދައުލަތުން ތައުލީމީ ދާއިރާއަށް ބޮޑެތި ހަރަދުތަކެއް ކުރަމުންދާއިރު އެކަށީގެންވާ ނަތީޖާއެއް ނުފެންނަކަމަށް ވަޒީރު ވިދާޅުވި އެވެ.

އެގޮތުން ނޭޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްގެ ޑޭޓާތަކަށް ބަލާއިރު، ކީ ސްޓޭޖް އެކެއް އަދި ދޭއްގެ ނަތީޖާ ވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަރަމުން ނުދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވީމާ، މި ހަގީގަތް ގަބޫލުކޮށްގެން ނޫނީ ދަރިވަރުންގެ ނަތީޖާ ކުރިއެރުވޭނެ ގޮތެއް ނުފެންނާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. މި ކަންކަން ހައްލުކުރުމަށް، މުދައްރިސުންގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްތައް ކުރެވެމުންދާ ކަމަށާއި، ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނަށް ލީޑަޝިޕް ޓްރެއިނިން ދިނުމުގެ އިތުރުން ކަރިކިއުލަމާއި ކޮންޓެންޓަށް ބަދަލުތައް ގެނެވޭނެކަމަށްވެސް ވަޒީރު ޝަފީއު ވިދާޅުވި އެވެ.

ތައުލީމީ ދާއިރާއަކީ މި ސަރުކާރުން ޚާއްސަ އަހައްމިއްޔަތުކަމެއް ދޭ ދާއިރާއަކަށް ވާއިރު، ތައުލީމީ ދާއިރާ ރަނގަޅު ކުރުމަށް 'ތައުލީމަށް އިންގިލާބީ ބަދަލު' ގެ ނަމުގައި 9.5 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއެކު ކުރިއަށް ގެންދާ ބޮޑު މަޝްރޫއެއް މިދިޔަ އަހަރު ސަރުކާރުން ފެށިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް