Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރްޓީއެލްގެ ޚިދުމަތް

ކަސްޓަމަރެއްގެ ބޭންކު ކާޑުގެ މަޢުލޫމާތު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ނެގޭފަދަ މަޢުލޫމާތެއް ކުންފުނީގައި ރައްކާކޮށްފައި ނުހުންނާނެ - އެމްޓީސީސީ

އެ ކުންފުނިން ދޭ އިލްތިމާސްއަކީ ހަޤީގަތް އޮޅޭ ފަދަ ގޮތްގޮތަށް ފަތުރާ މިފަދަ މަޢުލޫމާތުތަކާ މެދު ސަމާލުވުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 17 ޖުލައި 2023 | ހޯމަ 02:20
އާރްޓީއެލް ފެރީތައް

އާރްޓީއެލް ފެރީތައް

ކަސްޓަމަރެއްގެ ބޭންކު ކާޑުގެ މަޢުލޫމާތު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ނެގޭފަދަ މަޢުލޫމާތެއް އެ ކުންފުނީގެ ސިސްޓަމްތަކުގައި ރައްކާކުރެވިފައި ނުހުންނާނެކަމުގެ ޔަޤީންކަން ދޭ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން މަސައްކަތްކުރަމުން ދަނީ ދިވެހި ރައްޔިތުންގެ ޢާންމު ދިރިއުޅުމަށް ހެޔޮބަދަލެއް ގެނެސްދިނުމަށްޓަކައި ދިވެހި ސަރުކާރުން އެކަށައަޅާފައިވާ އިސްތިރާޖީ ރޭވުންތައް ތަންފީޒުކުރުމަށް ކަމަށެވެ. އެގޮތުން މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް އުތުރާއި ދެކުނުގައި ފަށާފައިވާ ފެރީ އަދި ބަހުގެ ޚިދުމަތުން ރާއްޖެ ޓްރާންސްޕޯޓް ލިންކަށް ލިބެމުންދާ ބޮޑު ތަރުހީބަށް ދިވެހި ރައްޔިތުންނަށް އެ ކުންފުނިން ޝުކުރު އަދާކޮށްފައިވެއެވެ.

އާރްޓީއެލް ޚިދުމަތް ފެށުނީއްސުރެ މި ޚިދުމަތް އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމަށްޓަކައި އެކިއެކި ފަރާތްތަކުން ލިބެމުންދާ ޚިޔާލުތަކާއި މަޢުލޫމާތުތަކަށް އެ ކުންފުނިން އަބަދުވެސް ރިޢާޔަތްކުރާނެކަމަށް އެ ބަޔާނުގައިވެއެވެ. އެ ބަޔާނުގައި ބުނެފައިވަނީ އާރްޓީއެލް އެޕްގައި ސެކިޔުރިޓީ ވަލްނަރަބިލިޓީއެއް އުޅޭކަމުގެ ރިޕޯޓް ޖުލައި މަހުގެ ކުރީކޮޅު އެ ކުންފުންޏަށް ލިބުނު ކަމަށެވެ. އަދި އެ ކުންފުނިން މި މައްސަލަ އިތުރަށް ބެލުމަށްފަހު ބޭނުންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި މިކަން ވާނީ ވަގުތުން ހައްލުކޮށްފަ ކަމަށެވެ.

މީގެ އިތުރުން ސިސްޓަމް ސެކިޔުރިޓީ އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތްތައް ވެސް އެ ކުންފުނިން ކުރަމުންދާ ކަމަށާއި އެއްވެސް ކަސްޓަމަރެއްގެ ބޭންކު ކާޑުގެ މަޢުލޫމާތު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ނެގޭފަދަ މަޢުލޫމާތެއް އެ ކުންފުނީގެ ސިސްޓަމްތަކުގައި ރައްކާކުރެވިފައި ނުހުންނާނެކަމުގެ ޔަޤީންކަން އެ ކުންފުނިން ވަނީ ދީފައެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ކަސްޓަމަރުންގެ ބޭންކިންގ މަޢުލޫމާތު ސެކުޔަރ ޕޭމަންޓްއެއް ހަދަން ބޭނުންވާ މިންވަރަށް އަދި މިންގަނޑަށް މެނުވީ ރައްކާ ކޮށްފައެއް ނުބަހައްޓައެވެ. މިގޮތުން އާރްޓީއެލް ސިސްޓަމްގައި ބޭންކު ކާޑު ބޭނުންކުރެވޭނީ ޕާޓްނަރިންގ ބޭންކުގެ ސެކިޔުރިޓީ ސްޓޭންޑަޑުތަކާއި އެއްގޮތަށް ކަމުގައިވަނީ ބުނެފައެވެ. އަދި އާރްޓީއެލް ސިސްޓަމްގައި ކާޑު ޓްރާންސެކްޝަން ހެދުމަށް ބޭނުންކުރާ ޑިޖިޓަލް އާލަތްތަކަކީ ވެސް ބައިނަލްއަޤްވާމީ ޕޭމަންޓް ކާޑު އިންޑަސްޓްރީގެ ސްޓޭންޑަޑްއަށް ސަރޓިފައިކޮށްފައިވާ ވަސީލަތްތަކެއްކަމުގައި ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޓީސީސީން އިތުރަށް ބުނީ ފައިސާ ބަލައިގަތުމަށް ވެސް އެ ކުންފުނިން ބޭނުންކުރަމުން ދަނީ ބޭންކް އޮފް މޯލްޑިވްސްގެ ޕޭމަންޓް ގޭޓްވޭކަމުން ކަސްޓަމަރުންގެ ހުރިހާ ބޭންކިން މަޢުލޫމާތެއް ހިއްސާކުރާނީ ބީއެމްއެލްގެ ސެކުޔަރ ޕްލެޓްފޯމެއްގައި ކަމަށެވެ. އެހެންކަމުން އާރްޓީއެލް އެޕް ބޭނުންކޮށްގެން ފައިސާ ދެއްކުމުގައި ކަސްޓަމަރުން ބޭނުންކުރާ އެއްވެސް ބޭންކިންގ މަޢުލޫމާތެއް އެ ކުންފުނީގެ ސިސްޓަމްގައި ރައްކާކުރެވިފައި ނުހުންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ކަސްޓަމަރުންނަށް ވަނީ ދީފައެވެ. އަދި އެ ބަޔާނުގައި ބުނެފައިވަނީ ހަޤީގަތް އޮޅޭ ފަދަ ގޮތްގޮތަށް ފަތުރާ މިފަދަ މަޢުލޫމާތުތަކާ މެދު ސަމާލުވުމަށެވެ.

އެމްޓީސީސީއާރްޓީއެލް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު