Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަތޮޅުތެރޭގެ ރަށްތައް ތަރައްގީކުރުން

5 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ، ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދޭ: ރައީސް ސާލިހު

ކުރިއަށް އޮތް ދައުރުގައި މަޑުއްވަރީގެ ގިރާ ސަރަހައްދު ހިމާޔަތްކޮށްދޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 16 ޖުލައި 2023 | އާދީއްތަ 11:23
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވާހަކަފުޅު ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވާހަކަފުޅު ދައްކަވަނީ

އަތޮޅުތެރޭގެ ރަށްރަށުގައި 5 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ، ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ މަޑުއްވަރީއަށް ވަޑައިގެން ރައީސް ވިދާޅުވީ، މީގެ ކުރީ ސަރުކާރުތަކުން ބައެއް ރަށްތަކަށް އަޅާނުލައި ދޫކޮށްލާފައިވާކަމަށެވެ. އެގޮތަށް ދޫކޮށްލާފައި އޮތް އެއް އަތޮޅަކީ މ އަތޮޅުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް މިސަރުކާރުގައި އެއްވެސް ރަށެއް ބާކީނުކޮށް ރައްޔިތުން އެދޭ ތަރައްގީ ގެނެސްދެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 141 ރަށެއްގައި 5 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ، ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މިއީ އެއްވެސް ސަރުކާރަކުން ނުހިންގާވަރުގެ މަޝްރޫއު ކަމަށެވެ. އަދި އޭރުގެ ސަރުކާރުގެ ޕްލޭނާ އެއްގޮތަށް މިކަން ކުރަން ތިބިނަމަ މިމަޝްރޫއުތައް ފެށިގެންދާނީ 20 ނުވަތަ 15 އަހަރު ފަހުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަޑުއްވަރީއަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އެރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއު ނިމި އަންނަ މަސްތެރޭގައި ޚިދުމަތް ލިބޭނެ ކަމަށެވެ. ކުރިއަށް އޮތް ދައުރުގައި އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށްދިނުމާއި، ކުނީގެ މައްސަލަ ހައްލުކޮށްދިނުމުގެ އިތުރުން މަސްވެރިންނަށް ޚާއްސަކޮށްގެން 30 މޭލު ދުރުގައި އިތުރު ކަނދުފައްޗެއް އަަަޅާނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އުމްރާނީ މަސައްކަތްތަކާއެކު، މީހުން ބިނާކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް ހިލޭ ޑިގްރީ 17858 ދަރިވަރުން ކިޔަވަމުންދާ ކަމަށާއި، 6540 ދަރިވަރުން ކިޔަވައި ނިމިފައިވާ ކަމަށެވެ. ސްޓޫޑެންޓް ލޯނުގައި 3000 ގިނަ ދަރިވަރުން ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ކަމަށާއި، 1265 ދަރިވަރަކު ސްކޯލަރޝިޕްގެ ދަށުން ކިޔަވަމުންދާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި ވިދާޅުވީ 5600 ދަރިވަރުން ޓެކްނިކަލް ދާއިރާއަށް ނެރެވިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ އުފާވެރި ރާއްޖެއެއް ހޯއްދަވައިދެއްވާނެ ކަމަށާއި، ރައްޔިތުން އެދޭ ތަރައްގީ ގެނެސްދެއްވާނެ ކަމަށެވެ.

ރައީސް މ.އަށްރައީސް ސާލިހު

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2023

ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި

05 އޮކްޓޯބަރު 2023
ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި
02 އޮކްޓޯބަރު 2023

އައު ސަރުކާރުގެ ކިބައިން ރައީސް ސާލިހު ދެ ކަމަކަށް އެދިވަޑައިގެންފި

02 އޮކްޓޯބަރު 2023
އައު ސަރުކާރުގެ ކިބައިން ރައީސް ސާލިހު ދެ ކަމަކަށް އެދިވަޑައިގެންފި
02 އޮކްޓޯބަރު 2023

''ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު، އެއީ އަޅުގަނޑު ދެރަވާ ކަމެއް''

02 އޮކްޓޯބަރު 2023
''ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު، އެއީ އަޅުގަނޑު ދެރަވާ ކަމެއް''
14 ސެޕްޓެމްބަރު 2023

ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދެއްވަން ރައީސް ނިންމަވައިފި

14 ސެޕްޓެމްބަރު 2023
ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދެއްވަން ރައީސް ނިންމަވައިފި
11 ސެޕްޓެމްބަރު 2023

ރައީސް ސާލިޙުގެ އިލްތިމާސް ދިވެހި ރައްޔިތުންނަށް؛ ޤައުމު އަނދަވަޅަކަށް ވެއްޓުނަ ނެދޭތި!

11 ސެޕްޓެމްބަރު 2023
ރައީސް ސާލިޙުގެ އިލްތިމާސް ދިވެހި ރައްޔިތުންނަށް؛ ޤައުމު އަނދަވަޅަކަށް ވެއްޓުނަ ނެދޭތި!
11 ސެޕްޓެމްބަރު 2023

އިންތިޚާބުގެ ކެންޕޭނާއި ގުޅިގެން އިދާރީ ގޮތުން ކުރަންޖެހުނު ބައެއް ކަންތައްތަކަށް ފަރުވާ ކުޑަކުރެވިފައިވޭ: ރައީސް ސާލިހު

11 ސެޕްޓެމްބަރު 2023
އިންތިޚާބުގެ ކެންޕޭނާއި ގުޅިގެން އިދާރީ ގޮތުން ކުރަންޖެހުނު ބައެއް ކަންތައްތަކަށް ފަރުވާ ކުޑަކުރެވިފައިވޭ: ރައީސް ސާލިހު
11 ސެޕްޓެމްބަރު 2023

ބޭރުގެ ސިފައިންނާއި ގުޅުވައިގެން ދައްކަނީ ދޮގުވާހަކަ، މިފަހަރުގެ ކެންޕޭންގައި މިކަންކަން ރައްޔިތުންނަށް ސާފުކޮށްދޭނަން: ރައީސް ސާލިހު

11 ސެޕްޓެމްބަރު 2023
ބޭރުގެ ސިފައިންނާއި ގުޅުވައިގެން ދައްކަނީ ދޮގުވާހަކަ، މިފަހަރުގެ ކެންޕޭންގައި މިކަންކަން ރައްޔިތުންނަށް ސާފުކޮށްދޭނަން: ރައީސް ސާލިހު
01 ސެޕްޓެމްބަރު 2023

އިންތިޚާބުގައި ވޯޓުލާއިރު އަންހެނުން ބާރުވެރިކުރުވައި ތައުލީމަށް ޚިދުމަތް ކުރެއްވުމުގެ ރިކޯޑު އޮތް ވެރިއެއް އިޚުތިޔާރު ކުރަންޖެހޭ: ދިޔާނާ

01 ސެޕްޓެމްބަރު 2023
އިންތިޚާބުގައި ވޯޓުލާއިރު އަންހެނުން ބާރުވެރިކުރުވައި ތައުލީމަށް ޚިދުމަތް ކުރެއްވުމުގެ ރިކޯޑު އޮތް ވެރިއެއް އިޚުތިޔާރު ކުރަންޖެހޭ: ދިޔާނާ
01 ސެޕްޓެމްބަރު 2023

ރައީސް ސާލިހަކީ ފޮޓޯ ނަންގަވާ ކަންކަން ދައްކަވަން އުޅުއްވާ ރައީސެއް ނޫން، އެއީ ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވާ ރައީސެއް: އަސްލަމް

01 ސެޕްޓެމްބަރު 2023
ރައީސް ސާލިހަކީ ފޮޓޯ ނަންގަވާ ކަންކަން ދައްކަވަން އުޅުއްވާ ރައީސެއް ނޫން، އެއީ ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވާ ރައީސެއް: އަސްލަމް
28 އޯގަސްޓު 2023

އެއްބޭފުޅަކު ގޮވަނީ ވަގަށް، އަނެއް ބޭފުޅަކު ކުރައްވަނީ އިހްތިރާމް

28 އޯގަސްޓު 2023
އެއްބޭފުޅަކު ގޮވަނީ ވަގަށް، އަނެއް ބޭފުޅަކު ކުރައްވަނީ އިހްތިރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު