Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު

ސަސް ބަލިކޮށް، އީގަލްސް އަލުން ދެވަނައަށް

އީގަލްސްއަށް ލިބުނީ ހަތަރު މެޗުން، 10 ޕޮއިންޓް

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 15 ޖުލައި 2023 | ހޮނިހިރު 14:22
އީގަލްސްއާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން

އީގަލްސްއާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް، ކްލަބް އީގަލްސްއިން އަލުން އެއްވަނައަށް ޖެހިލައިފިއެވެ.

ހުކުުރު ދުވަހު ހަވީރު ކްލަބް ގްރީން ސްޓްރީޓްސް ކައިރިން 3-0ގެ ނަތީޖާއަކުން މޮޅުވެ، ބުރު ސްޕޯޓްސް ކްލަބު ވަނީ ވަގުތީގޮތުން ދެވަނައަށް ޖެހިލާފައެވެ. ނަމަވެސް، މިއަދު ހަވީރު ސަސް ކައިރިން 7-3ން މޮޅުވެ، އީގަލްސް ވަނީ އެ ޓީމުގެ ޖާގަ އަލުން ހޯދާފައެވެ.

މެޗުގެ ފުރަތަމަ ހާފަކީ ގިނަ ލަނޑުތަކެއް ފެނުނު ހާފެކެވެ. އެގޮތުން، މެޗު ފެށިގެން ހަވަނަ މިނެޓުގައި ނިޝާމް މުހައްމަދު (ޕޮގްބާ) ވަނީ ލަނޑެއް ޖަހައި، އީގަލްސްއަށް ކުރިހޯދަދީފައެވެ. އޭގެ ފަހުން މެޗުގެ 19 ވަނަ މިނެޓުގައި އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ، އިވާން ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ޓީމުގެ ކެޕްޓަން އަހުމަދު ރިޒުވާން (ރިޒޭ) ވަނީ އީގަލްސްއަށް ތިންވަނަ ލަނޑު ޖަހައިދީފައެވެ.

އީގަލްސްގެ ހަތަރުވަނަ ލަނޑު 30 ވަނަ މިނެޓުގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖަހައިދިންއިރު، 38 ވަނަ މިނެޓުގައި ޒުވާން ކުޅުންތެރިޔާ، ޒައިން ޒަފަރު ވަނީ ލަނޑެއް ޖަހައި, ފަސް ލަނޑުގެ ފަރަގެއް ހޯދައިދީފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސަސްއަށް ފަރަގު ކުޑަކޮށްދިނީ އަހުމަދު ހުޝާމްއާއި އަލީ ނަސޫހު (ޕިލާ) އެވެ. ފުރަތަމަ ހާފު ނިމުނީ 5-2ން އީގަލްސް ކުރިހޯދައިގެންނެވެ.

މެޗުގެ 60 ވަނަ މިނެޓުގައި އިވާން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. އަދި 80 ވަނަ މިނެޓުގައި ރިޒޭވެސް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ. މެޗުގެ ފަހު މިނެޓުގައި ސަސްގެ ތިންވަނަ ލަނޑު ޖަހައިދިނީ އިބްރާހީމް އަތީގެވެ.

ދެވަނާގައި އީގަލްސްއަށް ލިބިފައިވަނީ ހަތަރު މެޗުން، 10 ޕޮއިންޓެވެ. ކުޅުނު ހުރިހާ މެޗަކުން މޮޅުވެ މާޒިޔާ އެއްވަނާގައި އޮތީ 12 ޕޮއިންޓާއެކުއެވެ. ސާފް ޗެމްޕިއަންޝިޕަށްފަހު ކުޅުނު ފުރަތަމަ މެޗުގައި މާޒިޔާ ވަނީ 6-0ން ޓީސީ ބަލިކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު