Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސްގެ މީމު ދަތުރުފުޅު

ރައީސްގެ ވައުދުފުޅު ކޮޅުފުއްޓަށް: އިތުރު ހައުސިންގ ޔުނިޓްތަކާއި، މަގު ހެދުމާއި މުހިންމު އިތުރު ކަންކަން

15 ޖުލައި 2023 | ހޮނިހިރު 06:34

2013ން 2018ށް ރާއްޖެ ތަރައްގީކުރުމުގައި ކޮޅުފުއްޓާ ދޭތެރޭގައި އެއްވެސް އުއްމީދެއް ނެތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 ޖުލައި 2023 | ހޮނިހިރު 06:34
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިިނަމަ، ކޮޅުފުއްޓަށް މުހިންމު އިތުރު ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހު ހެދުނު މ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ފުރަތަމަ ކޮޅުފުއްޓަށް ވަޑައިގެން އެރަށުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ކޮޅުފުށީގެ އާބާދީ ކުޑަވިޔަސް ތަރައްގީ ގެންނަން ޖެހޭ ކަމަށެވެ. 2013ން 2018ށް ރާއްޖެ ތަރައްގީކުރުމުގައި ކޮޅުފުއްޓާ ދޭތެރޭގައި އެއްވެސް އުއްމީދެއް ނެތް ކަމަށެވެ. "ތިމަންނަ މެންގެ އަމާޒަކީ ވަކިވަރަކަށް އާބާދީ ދިރިއުޅޭ ރަށްރަށަށް ތަރައްގީ ގެނަައުންކަމަށް" އެބޭފުޅުން ވިދާޅުވަމުންދިޔަ ކަމަށާއި، ނަމަވެސް، އެމަނިކުފާނުގެ އަމާޒަކީ އެ ރައްޔިތަކަށް ހައްގުވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދެއްވުން ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ 2 މަޝްރޫއެއްގެ މަސައްކަތް ނިމުން ފާހަގަކޮށްފައިވާ އިރު، ސްކޫލަށް ބޭނުންވެފައި ހުރި 8 ކްލާސްރޫމާއި، މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ނިމި އެތަން ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. ފެނުގެ ނިޒާމް ނިމި ގިރާ ސަރަހައްދުގެ ފުރަތަމަ ފޭސްގެ މަސައްކަތް ނިިމިފައިވާ ކަމަށެވެ. އަދި އެތަނުގައި ކުރަން ޖެހޭ ބައެއް އިތުރު މަސައްކަތްތައް އެބަހުރި ކަމަށާއި، ކުރިއަށް އޮތް ދައުރުގައި ކޮޅުފުށީ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް އިތުރު ތޮށިޖަހާ މުޅި ރަށް ހިމާޔަތްކޮށްދެއްވާނެކަމަށެވެ.

ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަށްޓަކައި 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެށިފައިވާ ކަމަށާއި، ކުރިއަށް އޮތް ދައުރުގައި އޭގެ ތެރެއަށް އިތުރު 50 ހައުސިން ޔުނިޓް އިތުރުކޮށް ރައްޔިތުން ބޭނުންވާވަރަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ. ފެނާ ނަރުދަމާ ނިޒާމް ގާއިމްކޮށް ނިމިފަައިވާ ކަމަށާއި، ކުރިއަށް އޮތް ދައުރުގައި މަގުތައް ހަދާ ރަށްތަކުގެ ތެރޭގައި އެ މަސައްކަތް ހިމަނުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށާ ކައިރިން ވަޒީފާ ލިބޭނެ ގޮތް ހޯދަން ޖެހޭ ކަމަށެވެ. ރަށާކައިރިން ރިސޯޓް ހެދުމަށްޓަކައި ކުރީ ސަރުކާރުން ވަކި ފަރާތަކަށް އެއް ރަށުގެ ގޮތުގައި 3 ރަށް ދީފައިވާ ކަމަށާއި، އެތަންތަނުގައި މިހާތަނަށް ވެސް އެއްވެސް މަސައްކަތް ނުކުރެވޭ ކަމަށެވެ. ކުރީ ސަރުކާރުުން ރަށްތައް ދެމުން ދިޔަ ގޮތް ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި މިއީ އެއް ރަށުގެ ގޮތުގައި 3 ރަށް ދީފައިވާ ދާއިރާއެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކޮޅުފުށީ ރައްޔިތުން އެދޭގޮތަށް ރަށާ ކައިރިން ރިސޯޓް ތަރައްގީކުރައްވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް