Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ސިޓީ

އައްޑޫގައި ކްރޫޒް ޓާމިނަލަކާއި ޔޮޓް މެރީނާއެއް ހަދައިދޭނެ ބަޔަކު ހޯދަނީ

14 ޖުލައި 2023 | ހުކުރު 07:05

ކްރޫޒް ޓާމިނަލާއި ޔޮޓު މެރިނާ ހަދާނީ ފޭދޫގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 14 ޖުލައި 2023 | ހުކުރު 07:05
އައްޑޫ ސިޓީ

އައްޑޫ ސިޓީ

އައްޑޫ ސިޓީގައި ކްރޫޒްލައިނާތަކަށް ހާއްސަ ޓާމިނަލަކާއި ޔޮޓް މެރީނާއެއް ހަދައިދޭނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ވަނީ އެ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ފުރުސަތު މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 1:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

Advertisement - newsAdvertisement

އެ ކައުންސިލުން ބުނެފައިވާ ގޮތުގައި މި ކްރޫޒް ޓާމިނަލާއި ޔޮޓް މެރީނާ ހަދާނީ ފޭދޫގައެވެ. މި ޓާމިނަލާއި މެރީނާ ހަދަން ދިވެހި ކުންފުނިތަކަށާއި ބޭރުގެ ކުންފުނިތަކަށް ވެސް ޝައުގުވެރިކަން ހުށަހެޅޭނެއެވެ. އެގޮތުން އީއައިއޯ ހުށަހަޅާއިރު ތަރައްގީގެ ޕްލޭނެއް ވެސް ހުށަހަޅަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. މީގެ ތެރޭގައި ކްރޫޒް ޓާމިނަލާއި ޔޮޓު މެރީނާ ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރުމާއި ކޮމާޝަލް އޭރިއާ އާއި އެޑްމިނިސްޓްރޭޝަން ޚިދުމަތް ދެވޭނެހެން މަދުވެގެން 100 ކޮޓަރީގެ ޓޫރިސްޓް ހޮޓެލް ފަދަ ފެސިލިޓީތައް ހެދުން ވެސް ހިމެނެއެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތަކީ ކުންފުންޏަކީ 10 އަހަރުގެ ތަޖުރިބާ ހުރި ފަރާތަކަށް ވާން ޖެހޭނެއެވެ. އަދި އެ ފަރާތުން ފާއިތުވި ތިން އަހަރުގެ މާލީ ބަޔާން ވެސް ހުށަހަޅަންޖެހެއެވެ.

މީގެ އިތުރުން މި ކްރޫޒް ޓާމިނަލާއި ޔޮޓު މެރިނާއިން ކްރޫޒްލައިނާތަކުންނާއި ޔޮޓުތަކުން އަންނަ ފަތުރުވެރިންނަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ވެސް ފޯރުކޮށްދެވެން ވާނެ ކަމަށް ވަނީ ބުނެފައެވެ.

އައްޑޫސިޓީ އަދި ދެކުނުގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެ ސިޓީގައި މިހާރު ގިނަ މަޝްރޫއުތަކެއް ވަނީ ފަށައިފައެވެ. އެގޮތުން، އެ ސިޓީގައި މިހާރު ކުރިއަށްދާ އުމްރާނީ ތަރައްގީގެ ކޮންމެ މަޝްރޫއެއްގެ ސަބަބުން ވެސް ފަތުުވެރިކަމާއި އިގްތިސާދު ކުރިއެރުވުމަށް ދޮރުހުޅުވިގެންދާނެ ކަމަށް ކައުންސިލުން ވަނީ މީގެ ކުރިން ފާހަގަކޮށްފައެވެ. އެގޮތުން، ގަން އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތަކީ ދެކުނުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ހިންގާ އެންމެ ބޮޑު މަޝްރޫއެވެ.

މީގެ އިތުރުން ހަންކެނޑެ މަޝްރޫއާއި އައްޑޫގެ ބިންހިއްކުމުގެ މަޝްރޫއުގެ ސަބަބުން ވެސް އެ ސަރަހައްދުގައި ޓޫރިސްޓް އެނދުގެ އަދަދު އިތުރުވެގެންދާނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

06 ޖުލައި 2017

ސާކް ސަމިޓަށް އައްޑޫގައި ބެހެއްޓި ދޮންދީނި މޮނިއުމެންޓް ހައުސިން އިން ނަގައިފި

06 ޖުލައި 2017
ސާކް ސަމިޓަށް އައްޑޫގައި ބެހެއްޓި ދޮންދީނި މޮނިއުމެންޓް ހައުސިން އިން ނަގައިފި
27 ޖޫން 2017

އައްޑޫގައި ހިނގާ އެކްސިޑެންޓްތަކަށް ހައްލެއް ހޯދުމުގެ މަޝްވަރާތައް ފަށަނީ

27 ޖޫން 2017
އައްޑޫގައި ހިނގާ އެކްސިޑެންޓްތަކަށް ހައްލެއް ހޯދުމުގެ މަޝްވަރާތައް ފަށަނީ
23 ޖޫން 2017

އައްޑޫގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ދެ ޒުވާނުން މާލެ ގެނެސްފި

23 ޖޫން 2017
އައްޑޫގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ދެ ޒުވާނުން މާލެ ގެނެސްފި
22 ޖޫން 2017

އައްޑޫގައި ސައިކަލަކާއި ޕިކަޕެއް ޖެހި ދެ މީހަކަށް އަނިޔާވެއްޖެ

22 ޖޫން 2017
އައްޑޫގައި ސައިކަލަކާއި ޕިކަޕެއް ޖެހި ދެ މީހަކަށް އަނިޔާވެއްޖެ
19 މެއި 2017

އައްޑޫގައި ގެއްލުންވި އާއިލާތަކަށް ރަމްޟާން މަހުގެ ކުރިން އާންމު ހާލަތަށް އާދެވޭނެ: ޑިފެންސް މިނިސްޓަރު

19 މެއި 2017
އައްޑޫގައި ގެއްލުންވި އާއިލާތަކަށް ރަމްޟާން މަހުގެ ކުރިން އާންމު ހާލަތަށް އާދެވޭނެ: ޑިފެންސް މިނިސްޓަރު
05 މެއި 2017

އައްޑޫގައި އަންހެން ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ

05 މެއި 2017
އައްޑޫގައި އަންހެން ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ
22 މާރިޗު 2017

ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފި

22 މާރިޗު 2017
ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފި
18 މާރިޗު 2017

އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ

18 މާރިޗު 2017
އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް